ލައިފްސްޓައިލް / ދުޅަހެޔޮ ދިރިއުޅުން

އުފާވެރިކަމުގެ ފެށުމަކީ އަވަހަށް ހޭލުން

ހެނދުނު ހެނދުނާ ހޭލުމުގެ ފައިދާތައް ވަރަށް ގިނަ.

ދުވަހުގެ ފެށުން ބާއްޖަވެރި ކުރަން ބޭނުން ނަމަ އޮތް އެންމެ ރަނގަޅު ހައްލަކީ ރޭގަނޑު އަވަހަށް ނިދާފައި ފަތިހާ ހޭލުމުވެ. އިންސާނާގެ ހަށިގަނޑު ބައްޓަންވެ، ގުދުރަތީ ގޮތުން ތަރުތީބުވެފައި ވަނީ ވެސް ރޭގަނޑުގެ ހަމަ ނިންޖާ އެކު، ދުވާލުގެ ވަގުތު ހަރަކާތްތެރިކޮށް އުޅެވޭ ގޮތަވެ.

މި އުސޫލާ އިދިކޮޅަށް ދިރިއުޅުން ބައްޓަންކުރާ ނަމަ ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާނެ އެވެ. އެއާ އެކު ޑިޕްރެޝަނާ އެކު ނަފުސާނީ ގިނަ މައްސަލަތައް ވެސް ކުރިމަތިވާކަން ދާދި ފަހުން އެކްޒެޓާ ޔުނިވަސިޓީން ހެދި ދިރާސާއަކުން ވެސް ދައްކަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ރޭގަނޑުގެ ހަމަ ނިދި ފުރިހަމަނުކުރާ މީހުންނަށް ދިމާވާ މައްސަލަތަކާ އެކު މީހުންގެ ދިރިއުޅުމުގެ އުފާވެރިކަމާއި އާރޯކަން ގެއްލެ އެވެ. މިއާ އާ އެކި ޑިޕްރެޝަން ފަދަ މައްސަލަތާ އެކު ހާސްކަމާއި ފިކުރުތަކާއި ކަންބޮޑުވުންތައް ފަދަ އެތައް މައްސަލައެއް ފެންމަތިވެ އެވެ.

އެެހެންވެ އާދަކުރަންނީ "ނެޗްރަލް ބޮޑީ ކްލްކޮ" އަށް ތަބާވެގެން ކުރިއަށް ދާށެވެ.

ލަހުން ނިދާ ނަމަ ފަތިހު ހޭލަން އުނދަގުވާނެ އެވެ. އެކަމަކު އަވަހަށް ނިދާފައި އަވަހަށް ހޭލަން މަސައްކަތްކޮށްފި ނަމަ އެކަން ވަރަށް އަވަހަށް އާދަވެދާނެ އެވެ. ނޫން ނަމަ އެކަން ކުރަން އުނދަގޫ ނަމަ ކުރެވިދާނެ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރެއިން ބެެއް ކަމަށް ކަމަށް ބަލައިލަމާ ހިނގާށެވެ.

* ގަޑި އެލާމްކުރުން

ފަތިހު ނުވަތަ ހެނދުނު ހެނދުނާ ހޭލަން ބޭނުން ނަމަ ގަޑި އެލާމްކޮށްގެން ނިދާށެވެ. ތެދުވާނީ ފަތިސް ނަމާދަށް ކަމަށް އަޒުމް ކަނޑައަޅާ ނަމަ ބަންގީގެ ފަސް ވަރަކަށް މިނިޓްކުރި އަށް ގަޑީގެ އެލާމް ސެޓްކޮށްލެވިދާނެ އެވެ. އޭރުން އަވަހަށް ތެދުވެ، ދުރާލައި ނަމާދަށް ތައްޔާރުވެލާނެ ފުރުސަތު ވެސް ލިބޭނެ އެވެ.

މީގައި މުހިއްމު ކަމަކީ ހޭލާނެ އަވަސް ގަޑިއެއް ކަނޑައަޅައި، އެ ޓާގެޓަށް އާދަކުރުމެވެ. މިކަން ތަކުރާރުކުރަން ފެށުމާ އެކު އިސާހިތަކު އާދަވެދާނެ އެވެ. އެއާ އެކު އެލާމެއްގެ ބޭނުމެއް ވެސް ހަގީގަތުގައި ނޯންނާނެ އެވެ.

* އެލާމް ގަޑި ނުވަތަ ފޯނު އަތުޖެހޭ ހިސާބުގައި ބޭއްވުން

އެލާމަކަށް މިހާރު ކޮންމެހެން ގަޑިއެއް ބޭނުމެއް ނުވާނެ އެވެ. ގެންގުޅޭ ފޯނުން އެކަން ކޮށްލެވިދާނެ އެވެ. އެހެންވެ އެލާޓް ސެޓްކޮށްފައި ނިދާ އިރު، ފޯނު އަތްފޯރާ ހިސާބުގައި ބާއްވާށެވެ. އޭރުން އެލާމް އެޅުމާ އެކު، ހޭލެވި ތެދުވަން ހިތްވަރު ލިބޭނެ އެވެ. އެލާމް ޑިވައިސް ދުރުގައި ބާއްވައިފި ނަމަ ރުޅިގަދަވެގެން ގޮސް އެލާމް ކަނޑާލައި އަނެއްކާ ވެސް ނިދަން ބޭނުންވެދާނެ އެވެ.

* އަވަހަށް ހޭލުމުން ކަންކަމަށް ވަގުތު ލިބޭ

ގަޑިއަކަށް އޮފީހަކަށް ދާ މީހެއް ނަމަ އަވަހަށް ހޭލުމުގެ އެންމެ ބޮޑު ފައިދާއަކަށް ވާނީ އޮފީހަށް ދިއުމުގެ ކުރިން ގޭގައި ކޮށްލަން ހުންނަ ކަންކަން ކުރަން ވެސް ވަގުތު ލިބުމެވެ. އެހެންވެ އެކަންކަން ނިންމާލައި ދުރާލައި ތައްޔާރުވެގެން މަސައްކަތްތަށް ދާނެ ވަގުތު ލިބޭނެ އެވެ.

އަވަހަށް ހޭލުމުގެ އަނެއް ފައިދާ އަކީ ކަސްރަތެއްކޮށްލާނެ ރަނގަޅު ދަނޑިވަޅަކަށް ވެސް އެކަންވުމެވެ. އެހެންވެ ހެނދުނުގެ އަރާމު ހިތްގައިމުގެ ވަގުތުގެ ބޭނުން ނިންޖަށް ހޭދަކުރުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. ދުޅަހެޔޮ ދިރިއުޅުމަށް އެދޭ ނަމަ ހެނދުނުގެ ބޭނުން ހިފަންވީ ފައިދާ ހުރި ގޮތުގަ އެވެ. ހެނދުނުގެ ނާސްތާގެ ފައިދާ އޮތީ ވެސް ހެނދުނު ހޭލާ މީހުންނަށެވެ.

* ނިދާ ތަނުގެ އައްޔަކީ ވެސް މުހިއްމު އެއްޗެއް

ނިދާ އިރު ކޮޓަރީގެ އަލި މަޑު ކުލައެއްގައި ބަހައްޓާށެވެ. އޭރުން ހޭލަން ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ. އަނދިރި ކުލަކުލައިގެ އަލީގެ ތެރޭގައި ނިދާ ނަމަ ހޭލަން އުނދަގޫވާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަނދިރިކަން ގަދަ އަލީގެ ތެރޭގައި ނިދާ ނަމަ ނިންޖަށް މީހާ އިތުރަށް ގެންދަން ބޭނުންވާ ހޯމޯނެއް ކަމަށް މެލޮޓީން އަށް ބާރު އަޅައިދޭނެ އެވެ.

ހަނދާނުގައި ބަަހައްޓަންވީ އަނެއް ކަމަކީ ނިދާ ތަނުގައި ފޯނާއި ޓީވީ އާއި ކޮމްޕިއުޓަރު ފަދަ އެއްޗެހި ބޭނުން ކުރާ ނަމަ އޭގެ ސަބަބުން ވެސް ނުދަން އުނދަގޫވާނެ ކަމެވެ. އެހެންވެ ހަމަޖެހިލައިގެން ނިދަން އޮށޯންނާނަން ވާނީ އެފަދަ ހުރިހާ އެއްޗަކާ ވަކިވުމަށް ފަހު އެވެ. ބުއްދިވެރި ގޮތަކަކީ ޓީވީ ފަދަ އެއްޗެހި ނިދާ ކޮޓަރީގައި ނުބެހެއްޓުމެވެ.

ހެނދުނު ހެނދުނާ ހޭލުމުގެ ފައިދާތައް ވަރަށް ގިނަ.

ހެނދުނު އަވަހަށް ހޭލާ މީހުންނަކީ ދުވާލުގެ ވަގުތުގެ ބޭނުން އެންމެ ރަނގަޅަަށް ހިފާ މީހުންނެވެ. އަދި ދިރިއުޅުން ބާއްޖަވެރިކޮށް ފެންނަ މީހުންނެވެ.

އަވަހަށް ނިދާފައި އަވަހަށް ހޭލާ އިރު މީހާ ހުންނާނީ ވަރަށް ތާޒާކޮށެވެ. އެއާ އެކު ހެނދުނު ކަސްރަތުކޮށްލައި، ރަނގަޅަށް ނާސްތާކުރެވޭ ނަމަ ދުވަހުގެ ފެށުން ދާނީ ވަރަށް ރަނގަޅަށެވެ. ނަތީޖާ އަކީ ކުރާ މަސައްކަތަށް ސަމާލުކަން ދެވުމާއި މީހާގެ އުފެއްދުންތެރިކަން ވެސް ރަނގަޅުކޮށް ދިނުމެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454