އަފްޣާނިސްތާނުގައި ސިފައިންތަކެއް ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ
18 ޖޫން 2021 - 13:26
ހަނގުރާމާގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ، އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށްލާފައިވާ އަލީ ޝާފިއުގެ ހަތަރު ދަރިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އަފްޣާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާ ކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ޝާފިއުގެ އާއިލާގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޝާފިއު އާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިންނާ ބެހޭ ގޮތުން މީޑިއާގައި ދައުރުވާ މައްސަލަ އެ ކޮމިޝަނަށް ޑިސެމްބަރު 12، 2019 ގައި ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން އަފްޣާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް، ޝާފިއުގެ އާއިލާ އަށް ޒިޔާރަތް ކުރުމަށް އެދުނު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
"ކޮމިޝަނުގެ އެދުމުގެ މަތިން އަފްޣާނިސްތާނު އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުން އެ އާއިލާއަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށްފަހު، ފާހަގަވި ކަންކަން ކޮމިޝަނާ ވަނީ ހިއްސާކޮށްފަ އެވެ. އަދި މި މައްސަލާގައި ހިމެނޭ ހަތަރު ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކޮމިޝަނުގެ އެދުމުގެ މަތިން އެ މުއައްސަސާ އިން މަސައްކަތް ކޮށްފައިވެ އެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް، ކުދިން ބަހައްޓާ މަރުކަޒުތަކަށް އެ ކުދިން ގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާ ކަމަށާއި އެކަން އަދި ހަމަޖެހިފައި ނުވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައި ހިސާބުން އެކަމަށް ވަރަށް އިސްކަމެއްދީގެން ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށް އެކަން އަންގައި، މައްސަލައާ ގުޅޭ މައުލޫމާތު ހޯދަމުން އައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
ޝާފިއުގެ އާއިލާ އާއި އެކޮމިޝަނުން އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލަ ތަހުގީގުކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން ޝާފިއު އަދި އޭނާގެ އަންހެނުންގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި ދެމަފިރިންގެ ހަތަރު ދަރިން ވެސް ތިބީ ޖަލުގައި ކަމަށާއި، މި ހާދިސާ ހިނގިތާ ކުރީކޮޅު އެ ހަތަރު ކުޑަކުދިން ރާއްޖެ ގެނައުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ވެސް ދެކޮޅު ނޫން ކަމަށް ކޮމިޝަނުގެ ބަޔާނުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް
"ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓުނުކަން ކަމާބެހޭ ފަރާތްތަކުން މި ކޮމިޝަނާ ހިއްސާކުރި މައުލޫމާތުން ފާހަގަ ކުރެވުނެވެ." އެޗްއާރުސީއެމް އިން ބުންޏެވެ.
މި ކުދިންނަކީ ކުށެއް ނެތި ޖަލުގައި ތިބޭ ކުދިންތަކެއް ކަމުން އެ ކުދިން ގެނައުމާ ގުޅޭ ގޮތުން ކޮމިޝަނުން އިސްވެ އާއިލާއާ މަޝްވަރާ ކުރުމުން، ކުދިންގެ ބެލެނިވެރިން ކުދިން ގެނައުމަށް، ފަހުން އެއްބަސްވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ހިއްސާކުރި ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ. އަދި އެ ކޮމިޝަނުން ވަގުތުން އެކަން ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރި ކަމަށާއި ކުދިން ގެނައުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރިއަށްގެންދާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށް އެކޮމިޝަނުން ބުނެ އެވެ.
ޝާފިއު އާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރުބަހުން މުއާމަލާތްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން ވަނީ ރޭ ބަޔާނެއް ނެރެފަ އެވެ. ފުލުހުން ވަނީ މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
20 June 2021
ސަރުކާރުން މާނާކަމެއް ކޮއްގެން ތިބި ބަޔަކައް އަދިވެސް އެހީތެރި ވާން ވިއްޔާ ޖަލުގާތިބި ބޮޑެތި ކުއްވެރިން ވެސް ދޫކޮއްލަންވީ.
މުލޭ
19 June 2021
ދަރިންނާ ދޭތރރޭ މައިންބަފައިން ނުބެހެއްޓި ކުލުނެއް، އޯގާތެރިކަމެއް، އަޅާލުމެއް ބަހައްޓާނީ ދެން ކާކު!؟
އަހްމަދު ބަޝީރު
19 June 2021
ޝާފިއު ގެންނާނެ ކަމެއް ނެތް. ސިކުނޑި ދޮވެލީ ކާކު ކަމެއް ހޯދާނެ ކަމެއްނެތް. އެއީ ވަކި މީހައްގެ ބޮލައް ކަނޑާލެވޭނެ ދޮވެލުމެއްނޫން!
ޖަމަލު
19 June 2021
މިސާލަކަށް ބަންގުލަދޭސް މީހެއް އޭނާގެ އަނބިމީހާ އައި ހަތަރު ދަރިން ގޮވައިގެން ރާއްޖެއަށް ވަގަށް އެތެރެވެ ޓެރަރިސްޓު ޖަމާއަތަކާ ގުޅިގެން ދިވެހި ސިފައިންނާ އާންމު ރައްޔިތުން މެރުމުގަ އުޅެފިއްޔާ ތިޔަ ސަފީއުގެ އާއިލާއިން ސޯށަލް މީޑިޔާގަ ލިޔާނީ ކީކޭބާ!؟
ހާމިދު ޝާހިދު
19 June 2021
އެއްކަމެއްވެސް ކުރާނެކަމެއްނެތް. ދައުލަތުން އެންމެ ބޮޑު ލާރިއެއްވެސް ހޭދަކުރާނެކަމެއްނެތް. އެބައިމީހުން އަމިއްލެއަށް އިހުތިޔާރު ކުރި މަގެއްތީ. އެކުދިން ނިކަމެތިކަމާއެކު އެތަނުގައި ބޮޑުވެ ހަނގުރާމަވެރިންނަށްވިއަސް، ނޫނީ، ޖިންސީ ޝިކާރަވެރިންނަށް ވީނަމަވެސް މަހުޝަރު ދުވަހުން ސުވާލު ކުރެވޭނީ އެކުދިންގެ މައިންބަފައިންނަށް، އެކުދިންނަށް އިހުމާލުވެ މިހާލު ޖެއްސުމުން. ސަރުކާރުން އެކަމާ އުޅޭނެކަމެއްނެތް. އަދި ހަނގުރާމައަށް ދާމީހުންގެ ސިޓިޒަންޝިޕް ނަގަންވީ
އަޤީދާ
19 June 2021
މިހާރު ނިކަން ބަލާބަލަ ހަރުކަށި ފިކުރުގެ މީހުން މިކަން ސްޕިންކޮށްލިގޮތް. އެމީހުންނަށް ދިވެހި ފުލުހުން އަނިޔާކުރީއޭ ކިޔައިގެން ހަޤީޤީ މައްސަލަ އޮޅުވާލަން! އަސްލު މައްސަލައަކީ ދީނީ ހައްދުފަހަނައެޅި ޓެރަރިސްޓުންތަކެއް ތުއްތު މައުސޫމު ކުދިންތަކެއް ގޮވައިގެން ބައެއްގެ ފުރާނަދުއްވާލަން ހަނގުރާމައަށް ދިޔައީ!
ހށނ
18 June 2021
19 ވަނަ ގަރުނުގަ، ޔޫރަޕްގެ މީހުން މުސްލިމުން ނިކަމެތިކޮށްލަން ފަނޑުކޮށްގެން މުސްލިމުންގެ ތެރެއިން މުސްލިމުންާ ދެކޮޅު ދީނީ ފިކުރުތައް އުފައްދައި ގެރިއްލާ ހަގުރާމަވަނީ ތައާރަފުކޮށްދީފަ. މިއަދު އެޖީހާދީންގެ ކިބައިން މުސްލިމު ގައުމުތައް ހިމާޔަތްކޮށްދީ ބަލަހައްޓައިދެނީ ހުޅަގުން.
ބުރުހާނ
18 June 2021
ހައިރާންވެއެވެ. ދީނޭ ޖިހާދޭ ކިޔައިގެން ހަނގުރާމައިގެ ސަރަހައްދުތަކަށްގޮސް، ބޮޑުއަމާނާތެއްކަމަށްވާ މައުސޫމު ކުދި ދަރިންކޮޅު ހައްގުތަކުން މަހުރޫމުކޮށް، ނުރައްކާތެރި ދަންތުރައެއްގަ ޖައްސާ ކުދިން ބިކަ ކޮށްލުމަކީ އިސްލާމްދީނުގައި އޮތް ގޮތް ހެއްޔެވެ؟ ތިޔަ ދަރިންކޮޅު ޔޫއެން ގެ އޭޖެންސީ އަކާ ހަވާލުކޮށްގެން ވިޔަސް ތިޔަތަނުން ނެރެ ހިމާޔަތެއް ދެވޭތޯ ބައްލަވާށެވެ. ހިތްހަލާކުވާވަރު ވެއެވެ.
ކަކުނިބޯ
18 June 2021
ޝަފިޔު ގެނެސް މިޤައުމުގައި ތަހްޤީޤްކޮށް އޭނާ ބްރެއިން ވޮޝްކުރި މީހުން ހޯދަން ބާރަކަށްވުމާއި ކުރިޔަށްއޮތްތަނުގައި މިކަންކޮށްފިނަމަ ހަނގުރާމަޔަށް ރެކެރޫޓްކުރެވޭއަދަދު ދަށްވެދާނެތީވެ ޤައުމީސަލާމަތަށްޓަކައި މިކަންކުރެވޭކަށްނެތެވެ. ޢަދި މިވަރުކަމެއްހިގާއިރު އެއެވެސްރައްޔިތަކަށް ހިލަމެއްވެސްނުވެއެއްނޫންތޯ. ސޯ ޗިއަރސް
އަހުމަދުފުޅު
18 June 2021
ޑިސެމްބަރު 2019 ގައި ހުށަހެޅުނީ. 1 އަހަރާ 6 މަސް ވީއިރު ކުރީ ކޮން މަސައްކަތެއް؟އެކަށީގެންވާގޮތަށް މަސައްކަތްކުރެވުނުނަމަ އެ 4ކުދިން ޖަލުގައި ތިބެންޖެހޭނެތަ؟ އެޗްއާރސީއެމް ފެއިލްވެއްޖެ.
ހަސަނު
18 June 2021
އެޗްއާސީއެމެއް ނޫން އެ ކުދިންގެ މައިން ބަފައިންނާ އެ އާއިލާ ފެއިލްވީ.. މިހާރު ދޮގު ތަކެއް ހަދައިގެން މަސައްކަތް ކުރަނީ އެކުދިންގެ މައިންބަފައިން ސަލަމަތް ކުރެވޭތޯ...