ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ މެމްބަރުން އެމްއެންޑީއެފްގެ ހެޑްކުއާޓާގައި: އެ ބޭފުޅުން ވަޑައިގަތީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ހޯދަން --- ފޮޓޯ/މަޖިލިސް
19 ޖޫން 2021 - 20:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިންގާ ތަހުގީގުގައި އެ ކޮމެޓީން އެމްއެންޑީއެފްގެ ހެޑްކުއާޓަރަށް މިއަދު ޒިޔާރަތްކޮށްފި އެވެ.
މިދިޔަ މަހު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިންގާ ތަހުގީގުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިންގެ އިތުރުން ވަކިވަކި ސިފައިން ވެސް އެ ކޮމެޓީއަށް ކުރިން ވަނީ ހާޒިރުކޮށްފަ އެވެ.
އެމްއެންޑީއެފްގެ ހެޑްކުއާޓަރަށް މިއަދު ޒިޔާރަތްކުރެއްވީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި އެ ކޮމެޓީގެ މެމްބަރުން ކަމަށްވާ ހަސަން ލަތީފާއި އަލީި ނިޔާޒެވެ. މަޖިލީހުން ބުނީ އެ ބޭފުޅުން އެމްއެންޑީއެފްގެ ހެޑްކުއާޓަރަށް ވަޑައިގަތީ މަޖިލީހުން ހިންގާ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތުތައް ހޯއްދެވުމަށް ކަމަށެވެ. އެ ބޭފުޅުންނާ ބައްދަލު ކުރެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމެވެ.
މަޖިލީހުން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ހާޒިރު ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ކުރިން އެންގިޔަސް، ވަކިވަކި ސިފައިން ވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރި އެވެ. ޑިފެންސް މިނިސްޓްރީން އެގޮތަށް ކުރިން އެންގުމުން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމެޓީއަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ކޮމެޓީން ނިންމީ އެ މައްސަލަ ނުބެލުމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވި އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ މައްސަލާގެ ޖިނާއީ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
20 June 2021
ތަމެން ތިޔާ ތަނަށް ގޮސް ތިޔަ ދައްކާ ކަނޑުކޮސް ވާހަކަތައް އެއީ ކޮން ވާހަކަތަކެއްކަން ވެސް މަމެންނަށް ނޭނގޭ.އަދި އެނގެނެ ވެސް މަމެން ބޭނުމެެއް ނޫން.ސްކޫލެއް ހިންގަން ނޭގުނު މީހަކަށް ދެން ކުރެވޭނެ ކަމެއް އޮންނާނެތަ؟ ޔޭސް ، ގޮނޑި ހޫނުކުރެވިދާނެ 15 އަހަރަށް.ހެހެހެހެހެހެ
އެމްސް
20 June 2021
މުޅި ސިވިލްސާރވިސްވެސް ދެމިއޮތީ ގޮނޑި ހޫނުކުރުމުގަ، ގަޑި ފުރުމުގަ، މާބޮޑު ޒިއްމާއެއްނެތި! މިޤައުމުގަ ދިރިއުޅޭ އަާބާދީގެ 2 ބައިކުޅަ 1 ބައި ބިދޭސީންނަށް ވިއިރު މިކަމާ ކަންބޮޑުވެގެން އުޅޭބަޔަކު އެބައުޅޭ؟ 2 ކޮޅުޖެހޭ އާމްދަނީއެއް/އަތްފޯރާފަށުގައޮތް ބޯހިޔާވަހިކަމެއް ނެތި، ރަޢިއްޔަތުން ގަނެތެޅޭއިރު އެއްވެސް ލައިވްމީޑިއާއަކުން މިކަމާ ކަންބޮޑުވެގެން އެބައުޅޭ؟ އިންޑިއާގެ އެންޑީޓީވީ އެހާބޮޑު މަޝްހޫރުކަމެއް އެހާއަވަހަށްހޯދީ ތަމްސީލާއިލަވަ ގެނެސްދީގެނެއް ނޫން
ރަދީފްއޮފިޝިއަލް
20 June 2021
@އެމްސްގެ ކޮމެންޓްގަ ތިޔާ ގެނެސްފަހުރި ފެކްޓްސްއެއީ މަމެން ތާއީދުކުރާ ކަންކަން.އެންޑީ ޓީވީން ބައިގަޑިން ބައިގަޑިން ފޮނުވާ ގޮތަށް މަމެންގެ ގައުމުގަ ބްރޭކިން ނިއުސް ފޮނުވިދާނެތަ؟
ނިކަމެތި
20 June 2021
ނިކަމެތި ސޮރުގެ ފަޔަށް ވީގޮތެއް ބަލަން މަޖިލީހުން ނުދަނީ ކީއްވެ؟ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ތިބި މީހުން ރައްޔިތަކު ފައިނޭޅިގެން އޮތްއިރު ކޮބައިތަ! ހަފުތާއަކު އެއްފަހަރު ނަމަވެސް ނިކަމެތިމީހާއަށް ވަމުންދާ ގޮތުގެ ވާހަކަ ލިޔެލާނެ ނޫހެއްވެސް ނޫސްވެރިއެއްވެސް ނެތީބާ!
އެމްސް
20 June 2021
އެއްވެސް މީހަކަށް ރައްކާތެރިކަމެއް/އިންސާފެއް ނެތް! ގުންޑާއިންނާއި ޕާޓޭން އަމާންކަންމަތީ އަބަދަށް!
ޢަލިބެ20
19 June 2021
ހާދަ ބޮޑެތި ގަނޑުވަރޭ ކޮންމެ އިދާރާއުކުން ރައްޔިތުންގެ ލާރިން ހަދާލައިގެން މިތިބެނީ، ތިހިރަ ގޮންޑިތަކެއްގަ ނުކެރޭނެ އަދައިގެ މީހަކަށް އިށީނާކަށް
ފަޅޯ5
20 June 2021
ވަރިހަމައެއްނު! ރައްޔިތުންގެ މަޖިލީހަށްވެސް، ދައުލަތުގެ ވެރިންނަށްވެސް، އަދި ރައްޔިތުންނަށްވެސް މިވަރުކޮށްލިޔަސް މައްސަލައަކަށްނުވާނަމަ، މިގޮތަށް ބޭކާރު ޚަރަދުކުރާހިތްވާ ދައުލަތުގެ މުވައްޒަފުންނަށް މިގޮތަށް ޚަރަދުކުރަން ކަމަމަށްވާނެތޯ؟ މިފަދަޚަރަދުކުރެވޭގޮތް ބަލާބަޔަކު އުޅެނީކީނޫން. ކޮމެޓީހަދައިގެން ޖީބަށްކަޅާކުރުންނޫންކަމެއް ކޮބައިތޯ؟
އެމްސް
20 June 2021
އެހެންވެ ނޫންތޯ ސަރުކާރުގަ އުޅޭ ބަޔަކަށް ޢާއްމު މީހާ އުޅޭ ޙާލުގެ އިޙްސާސެއް ނުވަނީ! މިއަދުވެސް ސިވިލްސާރވެންޓުންނަށް ބަރާބަރަށް މުސާރައާއި ޢިނާޔަތްތައްވެސް އޮހޭ! މަޖިލިސް މެމްބަރުންނާއި ސިޔާސީ އެކިއެކި މަޤާމުތަކަށް ލައްކަލައްކައިން އެބަލިބޭ، އެއްވެސް އުންސުރަކާ ނުލާ! ކޮވިޑްވެގެން ޙާލުގަޖެހިފަ ތިބީ ޕްރައިވެޓް ސެކްޓަރގަ އުޅޭ މީހުން އެކަނި!
ރާއްޖެ
19 June 2021
މިއީ އެންމެ ފަހުން އެފްބީއައި އިން ފޮނުވި ޓީމްތޯ؟
އެމްސް
20 June 2021
ޤާނޫނު ނުހިންގޭ ތަނެއްގަ، އަދި އެފްބީއައި ނޫން އޭބީސީޑީގެ ހުރިހާ އަކުރެއް އަޔަސް ކޮންކަމެއްތޯ ކުރެވޭނީ؟
މިރާއްޖެ
20 June 2021
އެއީ އެފްބީއައި މީހުން އަންނަންވާއިރަށް އެފްބީއައި މީހުންނަށް ކަންކުރަންވީ ގޮތް ކިޔައިދޭން އެކުލަވާލާ ޓީމެއް. އެފްބީއައިއަށްވެސް ބެލޭނީ މިމީހުންގެ ހުއްދަ ލިބިގެން ތުހުމަތުކުރެވޭ މީހުން.
އައްބެ
19 June 2021
ފިތުނަ އުފައްދާ ބައިގަނޑު އެމްއެންޑީއެފަށް ދިޔައީދޯ.
އެމްސް
20 June 2021
އެމްއެންޑީއެފް އަކީ ރަޢިއްޔަތުންގެފައިސާ އެންމެބޮޑަށް އިސްރާފުވާ 1 ދިމާ! މިޤައުމުގަ ޤަވާޢިދާއިޚިލާފަށް އުޅޭ ބިދޭސީން އަމާންކަންމަތީ، ޕާޓޭންނާއި އެކިއެކި މާރާމާރީ ހިންގާމީހުން މިނިވަންކަންމަތީ، ޤަވާޢިދާއިޚިލާފަށް/މަގުމަތީގެ ރައްކާތެރިކަން ގެއްލޭގޮތަށް ސައިކަލު/އުޅަނދު ދުއްވާމީހުން އެއްވެސް ޖެހިލުމެއްނެތި! ސިފައިން ބުނާނީ އެއީ ފުލުހުންގެ ކަމެކޭ، ފުލުހުން ބުނާނީ އެއީ ސިޓީކައުންސިލޭ، ސިޓީކައުންސިލް ބުނާނީ ޤާނޫނީގޮތުން ތިމަންނަމެންގެ ޒިއްމާއެއް ނެތޭ!
މަމީހާ
20 June 2021
އެމްސް އަށް ނޭގުނަސް މި ހުރިހާ މައްސަލަ ގޮސް ނިމެނީ ތަނެއްދޮރެއް ނޭގޭ މަޖިލިސް މެމްބަރުނަށް. ބޮޑު މުސާރަ ޖަހައިގެން ދެއުޅިއެއްނުވާ ގާނޫނު ހަދާ، އެތަކެއް ގާނޫނެއް ނަހަދާ، އެއް ގާނޫނު އަނެއް ގާނޫނާ ފުށުއަރާއިރު ވާނެގޮތް މިވަނީ. މިހާރު ވެސް މަޖިލީހުގައި ކުރަންހުރި އަސްލު މަސައްކަތް ނުކުރެވި ހުރެ އިތުރުކަންކަން ކުރަމުން އެދަނީ.
ބޮޑްވަޒީރް
19 June 2021
ތިޔަ މަޖިލީހުން ވާނެ ގާނޫނު ހަދާފައި، ތަހުގީގު ކޮށްފައި، ހުކުމް ކޮށްފައި، އަދި އެ ހުކުމް ތަންފީޒު ކުރަންވެސް. އޭރުން 3 ބާރު ވަކިވެ ޑިމޮކްރަސީ ފައްކާވާނީ.
އެމްސް
20 June 2021
ކޮންމެ ގޮތަކުންވެސް މިޤައުމުގަ ޢަދުލު އިންސާފު ޤާއިމުކުރަން ވެއްޖެ! ފުލުހުންނާއި ޙަވާލުކޮށްގެން، ގެއްލުވާލި ރިލުވާނުގެ ޙަޤީގަތެއް ނުހޯދުނު، ޤަތުލުކޮށްލި ޑރ. އަފްރާޝީމްގެ މައްސަލައަށް އިންސާފެއް ނުލިބުނު، ރާއްޖެޓީވީ ރަޯކޮށްލިބަޔަކު ނޭނގުނު، ޔާމީން ރަޝީދާއި މިފަދަ އެތައްމަރަކަށް އަދިއަދަށްވެސް ވީ އިންސާފު ނުލިބި!