ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަން އަދާލަތު ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ
20 ޖޫން 2021 - 14:46
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލް ގާނޫނަކަށް ވެގެންދާއިރު އޭގައި ހުރި، ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އެ ބިލާ ގުޅޭގޮތުން އަދާލަތު ޕާޓީގެ އިސްވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމަށްފަހު އެ ޕާޓީން ކުރި ޓްވީޓުގައި ބުނީ ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައިވާ ކަމަށެވެ. މި ބިލާ މެދު އި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލުހޯއްދަވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
އަދާލަތު ޕާޓީގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިނާއި ޑރ. އިޔާޒު ލަތީފުގެ އިތުރުން ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑަޑައިގަތެވެ.
Nafrathuge kushaa gulhey gothun majlis ah hushahalhaafaivaa bill aa medhu AP ge kanboduvunthah HEP @ibusolih aa hissaa kurevijje. Mi bill qaanoonakah vegen annairu rayyithunnaai dheenee ilmuveringe medhugai ufedhifaivaa kanboduvunthakah halluhodhavaane kamuge yageenkan dhevvi. pic.twitter.com/LTf5mgKf1s
— Adhaalath Party (@AdhaalathOffice) June 20, 2021
ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތަކަށް ރައީސާއެކު މަޝްވަރާކުރުމަށްފަހު އަދާލަތު ޕާޓީން ކުރި ޓްވީޓް.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.
އެހެންވެ، އެ ބިލް އަނބުރާ ނެގުމަށް ގޮވާލައި 101 އިލްމުވެރިޔަކު ސޮއިކޮށް މިދިޔަ ހަފުތާގައި ރައީސަށް ޕެޓިޝަނެއް ފޮނުވާފައިވެ އެވެ.
އިލްމުވެރިންގެ ގުޅުމުން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލުގެ ސަބަބުން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެ ނޫން އާއްމު ރައްޔިތުންނަށް އެއްކޮށް ހުރަސްއެޅި ބަންދުވެގެން ދާނެކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައި
21 June 2021
ތިމާ ވަކި ގައުމަކަށްވީތީވެ ތިމާވަކިދީނަކަށްވީތީވެ އެރޮނގުން މީހަކާ ދިމާލަށް އެއްޗެއްބުނުންވެސް މިބިލް މަނާކުރޭ. އެހެންކަމުގައިވާނަމަ އިޒްރޭލުގެ އަމަލުތަކަށްވެސް އެއްޗެއް ބުނުމަކީ ކުށްވެރިވެދާނެ ކަމެއް ނޫންވާ؟
ހުސެން އަލީ
20 June 2021
މިއިލްމުވެރިން ކާފަރޭ ލާދީނީ އޭ ގޮވައިގެން އިސްލާމް މީހެއް މަށެއް ނުދެކެން. ގައިމު އެއަޑެއް އިވޭތާ 15 އަހަރުވެއްޖެ. ދިމާވި ކޮންމެ މީހަކާ ދިމާލަށް އެތިވަރު ގޮވަނީ. ވާހަކަ އައީ ކިހިނެއްތޯ ކޮންތާކު ކޮންމާނައެއްގަ ބުނިއެއްޗެއްކަމެއް ބަލާލުމެއްނެތް. އެކަކު މުހައްމަދު އޭ ބުނާއިރަށް ކާފަރެކޭ ބުނޭ އަނެކަކު ގެ ފާނޭ ބުނާ އިރަށް ކާފަރެކޭ ބުނޭ. މިމީހުން މިބުނާގޮތުން މިރާއްޖޭ ހުރިހާ އަންހެނުންވެސް ކާފަރު. ދެއަތްބަށް މީހަކާ އިނުމަށް ރުހޭ އެކަކުނެތް.
ދޮންބޭ
20 June 2021
ވާގޮތެއް ބަލަން އެބަތިބީމު
ސްމޭޝ
20 June 2021
އެބިލުގައި ބުނަނީ އެހެން މީހުން މަރަން ގޮވައިގެން ނުވާނޭ! އެހެން މީހުން ލާދީނީކޮށް އަމިއްލައަށް ހުކުމް ނުނެރޭށޭ! އެއީ ގޯހެކޭ! އެކަން ކޮށްގެން ލިބުނު ނަތީޖާއަކީ ހައްގަކާއި ނުލައި އެތައް ބައެއް ކަތިލުން ކަމަށެ! ދީން ފަތުރަން ކުރާ މަސައްކަތެއް ކުރާށޭ! ދީނީގޮތުން ތިމާ ގަބޫލުނުކުރާ ގޮތަށް އުޅޭ މީހުންނާއި މެދު ކަންބޮޑުވާ ކަންކަން ހައްލުކުރުން ދައުލަތް މެދުވެރިކޮށް ކުރާށޭ! އެއީއޭ މަސްލަހަތުހުރި ގޮތަކީ! ކޮންމެ މީހަކު ހުކުމް ނެރެމުން ރަނގަޅެއް ނޫނޭ!
ތުތީ
20 June 2021
އަދާލަތަކަށް ނެތް ތިނޫން ގޮތެއް. އަދާލަތުގެ ނަގާ ކިޔާ މީހުންގެ އަނގަޔަށް ކިރިޔާ ކަތާވަރުގެ ވަޒީފާއެއް ގަންނަވާ ތައްމިނަށް އަނގަނުހުޅުވޭގޮތް ވަނީ ހަދާފަ. ހާހާހާ
ޖާބެ
20 June 2021
ޔަޢުޖޫޖް މަޢުޖޫޖް ބާގާގެ މީހުންގެ ކިބައިން ސަލާމަތް ވާންޖެހޭނެ ލޯވަޅު ބޯޑުވެއްޖެކަން ޔަގީން... ދުނިޔޭގަ އެދުމައް ނަޕްސު ވިއްކުން ދީނުގެ ނަމުގަ ރޯނުއެދުރުން
ބޮޑުމީހާ
20 June 2021
ދެން ބުނާތި ކިހާ ރަގަޅު ވެރިޔެއްހޭ! ފުރަތަމަ އެ ބިލް އެތަނަށް ވެއްދީވެސް އޭނަ. ދެން ހައްލަކީ އެ ބިލް ނެގުން
ހށނ
20 June 2021
މި 101 އިލްމުވެރިން ކުރެން ވައިޖެހެނީ ކީއްވެހޭ އެހީމަ އެންމެންވެސް ބުނާނީ ކަލާނގެ ކުޅަދުންވަންތަކަމުންނޭ. ފާސް ނެތަސް މަށައްވެސް އެހެން ބުނަން އެގޭނެ.
ބުރަކި
20 June 2021
ޠުހުރަކީ ކޮބައިތޯ އޭގެ މުއްދަތާއި ދަލީލަކީ ކޮބައިތޯ ޢިލްމުވެރިޔާ ގާތު އަހައިފިނަމަ ޖަވާބު ދެއްވާ އޮޅުންފިލުވައި ދެއްވާނެ. ތިބޭފުޅާ އަށް އެކަން ކޮށްދޭން އެނގޭނެތަ؟
އަބްޑޫޅް
20 June 2021
އެ މީހުން އެހެން ބުނަނީ ފާސް ވެގެނެއް ނޫން. ކަފާސް ވެގެން.
ރަދީފު ބިން ރަފައިދާ
20 June 2021
މިގައުމުގާ ރަސްކަމެއް އާލާކުރަންއެދި ބަޔަކު ރައިސާ ބައްދަލުކުރެއްވިޔަސް އެމަނިކުފާނު ބުނާނީ އެކަމަކަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް. ރައީސް އިބޫއަށް ނުދެންނެވޭނެ ހައްލު ނޯންނާނެ އެއްވެސްކަމެއްގެ ވާހަކައެއް.
މިއަދު
20 June 2021
ހައްލަކީ ޢިލްމުވެރިންބައިބައޮށް ބިލްފާސްކުރުން