22 ޖޫން 2021 - 07:36
ކާންސް ފިލްމު ފެސްޓިވަލްގައި އިންޑިއާ ތަމްސީލުކޮށްދޭ އާންމު މޫނެއްގެ ގޮތުގައި ފެންނަ ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީ މި އަހަރުގެ ފެސްޓިވަލްގައި ވެސް ބައިވެރިވާނެކަމުގެ އިޝާރާތެއް ދީފި އެވެ.
އޭނާގެ ފޭސްބުކް ޕޭޖްގައި ވަނީ އެންމެ ފަހުން ބޭއްވި ކާންސްގެ ތެރެއިން މޭކަޕް ރޫމެއްގައި ނަގާފައިވާ ފޮޓޯއެއް ޕޯސްކޮށްފައިވެ އެެވެ. އޭގައި އޭނާ ލައިގެން އިނީ ލޯރިއަލް ޕެރިސް، ކާންސް ޖަހާފައި އިން ބާތުރޯބެކެވެ. މި ފޮޓޯ އިން ކުރީގެ މިސް ވޯލްޑް ދިން މެސެޖަކީ ކާންސް އަށް ދާނެ ވާހަކަ ކަމަށް މީޑިއާތަކުން ބުންޏެވެ.
ފްރާންސްގެ ބްރޭންޑެއް ކަމަށްވާ ލޯރިއަލްގެ އެމްބެސެޑަރެއްގެ ގޮތުގައި ވެސް އައިޝްވާރިއާ މަސައްކަތްކުރާތާ މިހާރު ގިނަ އަހަރުތަކެއްވެފައިވެ އެވެ.
ކާންސްގައި އިންޑިއާގެ މޫނެއްގެ ގޮތުގައި އޭނާ ބައިވެރިވާތާ މިއީ 20 ވަނަ އަހަރެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑް-19އާ ހެދި އެ ފެސްޓިވަލް ނުބާއްވަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އައިޝްވާރިޔާ އާދީއްތަ ދުވަހު ވަނީ ފިރިމީހާ އަބީޝެކް ބައްޗަނާއި ދަރިފުޅު އަރާދިއާ ބައްޗަނާ އެކު ފްރާންސަށް ފުރައިފަ އެވެ. ފޭސްބުކްގައި އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.
މި އަހަރު ބާއްވާ 74 ވަނަ ކާންސް ފިލްމު ފެސްޓިވަލް ކުރިއަށް ދާނީ އަންނަ މަހުގެ 6-17 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯބެ
22 June 2021
ރާއްޖޭން ދަނީ ކާކު؟
ޒަމާންތައް ދައުރުވާ
22 June 2021
ފެންނަމުން މިދަނީ މި ދުނިޔޭގެ ހަގީގަތެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވެގެން ދެއެވެ. ޢުމުރު ދަނީ ކުރިޔަށެވެ. ޢުމުރުން ފާއިތުވާ އެންމެ ހިނދުކޮޅެއްވެސް އަނބުރާ ގެނެސްގަތުމުގެ ބާރެއް އިންސާނުނަށް ލިބިގެނެއް ނުވެއެވެ. "ތަރިންނަށް" މިހިރަ އަންނަ ބަދަލުތައް ފެނުމުން ހަމަ ގައިމުވެސް އަމިއްލަ ނަފުސާމެދު ވިސްނާލެވެއެވެ.