ޚަބަރު / އެޗްޑީސީ

މަޝްވަރާ ކުރިޔަސް ހުޅުމާލެ ބީޗުގައި ކެފޭ ހިންގަން ހުއްދަ އަލުން ދޭން އެޗްޑީސީން ބޭނުމެއް ނުވޭ

ހުޅުމާލެ ބީޗުގައި ކެފޭ/ރެސްޓޯރެންޓް ހިންގި އިރު: މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއާ ބައްދަލުކޮށް އަލުން ވެސް މިތަނުގައި ކެފޭ ރެސްޓޯރެންޓް ހިންގަން ހުއްދަދިނުމަށް އެދިފައި.-- ފައިލް ފޮޓޯ / މިހާރު

ހުޅުމާލޭ ބީޗުގައި ކެފޭ/ރެސްޓޯރެންޓް ހިންގަން ހުއްދަދިނުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން، އެޗްޑީސީއާ އެކު މަޝްވަރާ ކުރިޔަސް އެ އިދާރާގެ ވިސްނުމަކީ އަދިވެސް އެތަން އާންމުންނަށް ހުޅުވާލައިފައި ބޭއްވުން ކަމަށް ބުނެފި އެވެ.

މިދިޔަ ހަފުތާގައި މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީގެ ވެރިންނާ ބައްދަލުކޮށް، ހުޅުމާލޭ ބީޗުގައި އަލުން ކެފޭ ހިންގަން ހުއްދަދިނުމަށް އެދި މަޝްވަރާކޮށްފަ އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އައިޝަތު ހަސްނާ "މިހާރު" އަށް ވިދާޅުވީ އެ އިދާރާގެ ވިސްނުމަކީ ހުޅުމާލޭ ބީޗު އަދިވެސް އާންމު ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށާއި އެ ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ މާސްޓަޕްލޭނެއް ވެސް ކުރިން އާންމުކޮށްފައިވާނެ ކަމަށެވެ.

"ނަމަވެސް ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް ފަހު، އިތުރު މަޝްވަރާތަކާއި ބައްދަލުވުންތައް އަދި ބޭއްވޭނެ،" ހަސްނާ ވިދާޅުވި އެވެ.

މި ކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެޗްޑީސީގެ ޕްލޭންގައި އޮތީ ދަތުރު ދާން ބީޗު ހާއްސަކުރުން

ގަވާއިދާ ހިލާފަށް ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓުތައް ހިންގަން ބޭނުންކުރި ގޮނޑިތަކާއި މޭޒު ފަދަ ތަކެތި ނަގައި، އެޗްޑީސީން އެތަން ހުސްކުރީ އޮގަސްޓް 2019 ގަ އެވެ. އެޗްޑީސީން އެތަނުގައި ހުރި ސާމާނު ނެގީ، ކެފޭ/ރެސްޓްރޯންޓްތައް ހިންގާ ފަރާތްތަކަށް އެ ސަރަހައްދު ހުސްކުރަން ތަކުރާރުކޮށް އެންގުމުން ވެސް އެކަން ކޮށްފައި ނުވާތީ އެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި ކުޑަކުދިން ކުޅެނީ: މި ސަރަހައްދު ދެން ތަރައްގީކުރާނީ ވެސް އެ ކޮންސެޕްޓަށް. --ޓްވިޓާ ފޮޓޯ:އައި މިއީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި ފެން ހޮޅި ވަޅުލުމުގެ މަޝްރޫއު ނިންމުމަށް ފަހު ހުޅުމާލޭ ގޮނޑުދޮށް ހިމެނޭ ސަރަހައްދު ތަރައްގީކުރާނެ ކަމަށެވެ. އަދި އެތަން ތަރައްގީ ކުރާނީ ދަތުރުދާ ސަރަހައްދެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ކޭމްޕް ސްޓައިލަށް އެ ސަރަހައްދު ހަދާނީ. ބެންޗުތައް ޖަހައިފައި އާންމުންނަށް ހުޅުވާލައިފައި ބާއްވާ ގޮތަށް. އަމިއްލަ އަށް ތަކެތި ގެނެސް ކައި ހެދޭ ގޮތަށް،" ސުހައިލް ވިދާޅުވެފައިވެ އެވެ.

14 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިޔަމް666

24 June 2021

ކެފޭ ހިންގުން އެކަނިތަ މައްސަލައަކީ. މި ހާރު އަދިމާ ގޯސް. ހުރި ހާސަރަ ހައްދެއް ފުރާލައިފި ވޯޓަރ ސްޕޯޓްސް ގެތައް ހަދާ. އެކަމަށްވެސް ވަކިސަރަ ހައްދެއް ބާާއްވާ. ބޯ ހަލާކު

The name is already taken The name is available. Register?

ހަސްހަސާ

22 June 2021

މުއިއްޒު މި އުޅެނީ ކިހިނެއް ވެގެން. އަހަރެމެން ހިތްހަމަ ޖައްސާލަން އޮތް ހަމަ އެކަނި ތަން ނަގާނުލަން ގޮވާލަން. ވިޔަފާރި ހިންގަން ހަދާފަ އޮތް ތަނެއް ނޫން އެއީ. ތި ތަނަށް ލާރި ނުދެއްކޭ މީހުންނަށް ނުވަދެވޭ ތަނަކަށް ތި ތަން ވެގެން ނުވާނެ. ތިއީ އާންމުންގެ ތަނެއް. ތި ތަން ބަދަލު ވެގެން ނުވާނެ

The name is already taken The name is available. Register?

ޖޯން

22 June 2021

ހުޅުމާލޭ ބީޗު އެއްވެސް ބަޔަކަށް ވެރިކޮށްލަން ނުދޭތި. ކުރިން ވެސް ކުޑަކުއްޖަކަށް ވެސް އިށީނދެނުލެވޭ މިމީހުން ގެންގުޅޭ ގޮނޑިއަކުވެސް ބީޗުގައި. މުޅި ބީޗު ހިފާލައިގެން، ބައެއް ކެފޭ ހިންގި އެއްކޮށް ބީޗުގައި، ހަމައެކަނި ބަދިގެއަކުން.

The name is already taken The name is available. Register?

އެމްސް

22 June 2021

ބީޗަކީ އޭގެ މަންފާ އެންމެނަށް އޮންނަންވާނެ، ވަކި ބައަކަށް ޚާއްސަ އެއްޗަކަށް ވެގެނެއް ނުވާނެ!

The name is already taken The name is available. Register?

ހާމިދު ޝާހިދު

22 June 2021

ކަނޑަ އެޅޭ އުސޫލެއްގެ މަތިން ވަކި ސަރަހައްދުތަކެއްގައި ބީޗް ރެސްޓޯރެންޓް/ކެފޭތައް ހިންގަން ހުޅުވާލުމަކީ، އެ ބީޗް ބޭނުންކުރަން ދާ ޢާންމުންނަށާއި، ހުޅުމާލެ ގެސްޓް ހައުސްތަކުގައި ތިބޭ ފަތުރުވެރިންނަށްނަށް އެކަމުން ވަރަށް ބޮޑު މަންފާއެއްކުރާނޭކަމެއް. ވީމާ، ސިޓީ ކައުންސިލުން އެދިލެއްވި ގޮތައް މިކަން ކޮށްދެއްވުމަށް ދަންނަވަން... ރދ.

The name is already taken The name is available. Register?

ތިހެން

22 June 2021

ވަކި ސަރަހައްދެކޭ އެންމެ ފުރަތަމަ ބުނާނީ ދެން އޮންނަނީ އެކަކު ކެފޭ ހަދަން ބީޗް ދިނީމަ އަނެކަކަށްވެސް ތަންކޮޅެއް ދޭންވެފަ. އެކަކަކަށްވެސް ނުދިނިއްޔާ އެންމެ ރަގަޅުވާނީ. އެތަނެއްގަ އޮންނަ ގަވައިދަށް ފަތުރުވެރިން އިހްތިރާމްކުރާނެ. އެމީހުންނަށް ބީޗްގަ ކެފޭ ނެތަސް އޯކޭވެދާނެ ދިވެހިންނަށް ސިގިރޭޓް ދުންއަރުވަން އެތަނުގަ ނުތިބެވިގެން އެކަމާ ނުރުހުނަސް.

The name is already taken The name is available. Register?

ހުސްނާގެ

22 June 2021

މުއިއްޒު އަކާ ބެހޭ ތަނެއް ނޫން ހުޅުމާލެ ބީޗަކީ. މުއިއްޒަކީ މި ގައުމުގެ ރައީސެއް ނޫން. ކިހާ ދެރަ ކަމެއް.

The name is already taken The name is available. Register?

ނަސީމް

22 June 2021

ކައުންސިލުން ކިތައްމެވަރަކަށް ވިޔަފާރިވެރިންނަށް ތިތަން ދޭން އުޅުނަސް ސަރުކާރުން ތިތަން ނުދިނުން އެދެން. އަހަރެމެން ދަރިންގޮވައިގެން މިހާރު ދެވެން އޮތް ތަނަކީ ތީ ކުރިން ކުޑަބަޑޮސް އޮއްވާ ދޭތެރެއަކުން އައި ނައިބްރައީސަކު އަމިއްލަ އެދުމުން ފޯވެގެންގޮސް މިހާރު އެތަންވަނީ ރިސޯޓަކަށް ހަދާފައި

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

22 June 2021

މުއިއްޒު ބުންޏަސް ދެން ތިތަންތަނަށް ހުއްދަދޭނެކަމެއްނެތް. ބީޗަކީ އެންމެންގެ ތަނެއް. އެއީ ލާރިޖަހާ ޖަނަރޭޓަރެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 June 2021

މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ގޮނޑުދޮށް ނުވަތަ ބީޗަކީ ޕްރައިވެޓް ބައެެއްގެ މިލްކެއް ކަމުގައި ހަދައި އެތަންތަނުގެ މައްޗަށް އާންމު ރައްޔިތުމީހާއާއި ކައުންސިލް ނުވަތަ ސަރުކާރު ބާރު ނުހިގާގޮތަށް ހަދައިގެންނުވާނެ. # އެންމެއާދައިގެ ދިވެހިމީހާއަށް ނުވަތަ އިތުރު ހޭދައަކާއިނުލާ ކޮންމެ ދިވެއްސަކަށްވެސް މޫދާއި ރީތި ގޮނޑުދޮށް ތަކުން ހިތްހަމަޖެހުން ލިވޭގޮތަށް މެނުވީ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ބީޗް އޮވެގެން ނުވާނެ. ބީޗްގައި ކެފޭ ހިންގާނެ ކަމެއްނެތް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 June 2021

ބީޗްގެ ވެލގަނޑު މަތީގައި މޭޒްޖަހައި އަނދަރާދަ ގޮނޑި އަޅައިގެން ތބެ ކޮފީއާއި ސިގިރެޓާއި ޝީޝާ ބުއިމަކީ ތަހުޒީބް ޤައުމުތަކުގައި ހުއްދަ އަދި އެތަންތަނުގެ މުޖުތަމައު ރުހޭ ކަންކަމެއްނޫން. # ދިވެހިންގެ ތެރޭގައިތިބި "އަމިއްލައަށް ތަހްޒީބުކަމަށް ހެދިގެން އުޅޭބަޔަކު" މިކަން ކުރުމަށް ގޮވާލަމުން ދާއިރު ތިމާމެންގެ ގައިގަ އަށަގެންފައިވަނީ މިފަދަ ތަހުޒީބު ދިރިއުޅުމުގެ ވައްޓަފާޅިއެއް ނޫންކަމާއި އަދި އެވަރަށް ތިމާމެން ތަހްޒީބު ނުވާކަން ޤަބޫލު ކުރާންޖެހޭ.

The name is already taken The name is available. Register?

ތޭންކްސް

22 June 2021

ތިހެން ހަދައިފިއްޔާ ވަރަށް ރަނގަޅު. ޚާއްސަކޮށް ކޮވިޑްގެ ހާލަތުގަ މާލެއާ ހުޅުމާލެ އެންމެން މޫދަށް އެރެން އެގޮތަށް ބީޗް އެއްކޮށް ބޭއްވުން ވަރަށް މުހިއްމު. އެއްގަމު އެތައް ތަނެއް އަދި އެންމެ ބޭރު މަގުގަ ހުންނަ އިމާރާތްތައް އޮންނަނީ އަބަދުވެސް ކެފޭތަކުން ފުރިފަ. ކޮންމެހެން ބީޗްގަ މޫދާ ޖެހެންދެން ކެފޭތަކުގެ ގޮނޑިތަކާ މޭޒުތައް އަތުރާނެކަމެއް ނެތް. އެހެން ދޫކުރީމަ ކެފޭ ނޫން އެއްޗެއް ބީޗަކު ނޯވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454