ޚަބަރު / ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ

އިންޓަނެޓްގެ އަގު ހެޔޮކުރުމުން ކުރިއަށް އޮތް ފަސް އަހަރު އާ އޮޕަރޭޓަރެއް ނުގެންނާނެ

މީހަކު މޯބައިލް ފޯނަކަށް ބަލަހައްޓައިގެން ހުރެ ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

އިންޓަނެޓްގެ އަގު ހެޔޮކުރުމަށް މުވާސަލާތީ ކުންފުނިތަކާ އެކު މަޝްވަރާކުރުމަށް ފަހު އެ ކުންފުނިތަކާއި ސަރުކާރާ ދެމެދު އޮތް "އަންޑަސްޓޭންޑިން" އަކީ ސަރުކާރުން ބޭނުންވާ ގޮތަށް އަގާއި ފެންވަރު ދަމަހައްޓާ ނަމަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ އިންޓަނެޓް އަދި ފޯނުގެ ހިދުމަތަށް އާ ކުންފުންޏަކަށް ލައިސަންސް ނުދިނުން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ސިސްޓަމް އިންޖިނިއަރެއް އަދި ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ އަހްމަދު މުހައްމަދު ދީދީ، މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ދަށުން ހުށަހެޅި، މުވާސަލާތީ ހިދުމަތާ ގުޅޭ ސުވާލުތަކަކަށް ދިން ޖަވާބުގައި ކޭމުން ބުނީ އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކޮށް ހިދުމަތަށް ބަދަލު ގެންނަން ކުންފުނިތަކުން ނިންމީ ކޭމްއާ އެކު އެއްބަސްވުމެއް ހަދައިގެން ނޫން ކަމަށެވެ.

"އެކަމަކު ސަރުކާރާއި އައިއެސްޕީ (އިންޓަނެޓް ސާވިސް ޕްރޮވައިޑާސް) އާ އަންޑަސްޓޭންޑިންއެއް އެބަ އޮތެވެ،" ކޭމްގެ ޖަވާބުގައި ބުނެފައިވެ އެވެ.

އޭގެ ތަފުސީލް ދެމުން ބުނެފައިވަނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް، އެ ހިދުމަތް ދޭ ފަރާތްތަކާއި އައިޓީ ދާއިރާގެ މީހުންނާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މި އަންޑަސްޓޭންޑިންގެ ދަށުން، ޔުނިފައިޑް ޓެލެކޮމިއުނިކޭޝަން ލައިސަންސް، އިންޓަނެޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ނުވަތަ މޮބައިލް ޓެލެފޮނީ ލައިސަންސް، ބޮޑު އެއްވެސް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ކުރިއަށް އޮތް ފަސް އަހަރު ނުދޭނެ އެވެ،" ކޭމުން ބުންޏެވެ.

މި އަންޑަސްޓޭންޑިންގެ ދަށުން، އަންނަ މަހުން ފެށިގެން އަގުތަކާއި ހިދުމަތުގެ ފެންވަރަށް ބަދަލު ގެންނާނެ ކަމަށާއި އަދި ތިން އަހަރު ފަހުން އަގުތަކާއި ފެންވަރު ރިވިއުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޭމް އިން ބުނި ގޮތުގައި މިގޮތަށް އޮތް ކަމުގައި ވިޔަސް ސެޓެލައިޓް އިންޓަނެޓް ފަދަ އާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އާ ސާވިސް ޕްރޮވައިޑާ އަކު ހިދުމަތް ދިނުމަކަށް ހުރަހެއް ނޯންނާނެ އެވެ. މިހާރު ދުނިޔޭގައި މަގުބޫލުކަން ހޯދަމުން އަންނަ ސެޓެލައިޓް އިންޓަނެޓް ހިދުމަތް ކަމަށްވާ ސްޓާލިންކްގެ ހިދުމަތަށް ރާއްޖޭގައި ހުއްދަ ދޭނެކަން ވަކިން ފާހަގަކޮށްފައިވެ އެވެ.

ކުރިއަށް އޮތް ފަސް އަހަރު، އާ އޮޕަރޭޓަރުންނަށް ލައިސަންސް ނުދިނުން ބިނާވާނީ ސަރުކާރުން ބޭނުންވާ ގޮތަށް، މިހާރު ތިބި އޮޕަރޭޓަރުން ހިދުމަތް ދެމުން ގެންދިއުމުގެ މައްޗަށް ކަމަށް ވެސް ކޭމްގެ ޖަވާބުގައިވެ އެވެ.

މިދިޔަ މެއި މަހުގެ 27 ގައި ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތުގައި އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އެންމެ ދަށް ތްރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ހަދައި އިންޓަނެޓް ޕެކޭޖްތަކުގެ އެލަވަންސް މަތިކޮށް އަގު ދަށްކުރާނެ އެވެ. އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ ކަމަށާއި އަދި ދެ ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް، ހިދުމަތަށް ބަދަލު ގެނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓްގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން އަގުތައް 28-30 ޕަސެންޓަށް ދަށްކޮށް، އަދި ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރާނެ އެވެ. މިހާރު ވަނީ ނެޝަނަލް މިނިމަމް ބްރޯޑްބޭންޑް ސްޕީޑް ނުވަތަ އިންޓަނެޓް ސްޕީޑް އެންމެ ދަށްކޮށް ދެވޭނެ ވަރަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައަޅައިފަ އެވެ. އަގު ހެޔޮކޮށް ޚިދުމަތް ރަނގަޅުކުރުމުގެ ދެ ވަނަ ފޭސްގައި، އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ވެސް ބަދަލު ގެންނާނެ އެވެ. މި ގެންނަ ބަދަލުތަކުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް މޯބަލް ބްރޯޑްބޭންޑް ޑޭޓާ ޕެކޭޖްތަކަށް އިތުރު 20 ޕަސެންޓް ލިބޭނެ އެވެ.

58 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝެލަރީ

25 June 2021

ހުސްވެސްޖަރީމާ އޮޅުވާލުން ބަލައްޗޭ މީވެސް ސްޕީޑް ދެންވާގޮތެއްވެސް ރަށްޔިތުންނައް ބޮޑުތަނުން ސްޕީޑުލިބުނީސް ރަނގަލު ބަޔަކާ ހަވާލުކުރިނަމަވެސް ފަސްއަހަރު ދިވެހިރަށްޔިތުން ބަނދެލީ ދިވެހީން ސައިޒްކޮށްލައިފި ފަސްއަހަރަށް މުއާސަލާތީ ކުންފުނިތައްކުރިމަތީ ސަރުކާ ފަސްއަހަރަށް ކުޑަކަކޫޖައްސުވާލީ ދެއްތޯ؟

The name is already taken The name is available. Register?

ސިކުނޑި

23 June 2021

ދުލުގަ ހިފާ ނުދަމާ ރީއްޗަށް އުޅެބަލަ 5 އަހަރުވަންދެން!

The name is already taken The name is available. Register?

ހިތަދޫ ހުސެން

23 June 2021

ކަލޭމެނަށް ގޯސް ވީ ޔާމީން! ވިސްނުމުގަ ތަފާތުކަން ވިސްނާލާ އެކަކު ބުނީ ބްރިޖް ނޭޅޭނޭ.. އަޅާނެ ގޮތް ދެއްކީ މިހާރު އެވަރެއް ނެތް، އޭރު ކީ ދޯނި ފެރީތަކުން ރާއްޖެ ގުޅާލެވޭނީ، އެއާޕޯޓް ތަށް އަޅާނެއް ގޮތް ދެއްކީމާ މިހާރު އެވަރެއް ނެތް، އެއާޕޯޓް ހިނގަންވެސް ނޭނގޭ އަދި އެތަނުގެ އަގެއްވެސް ނޭނގޭ ބީރައްޓެހި ބަޔަކަށް ވިއްކާލީ، އެވެސް ހޯދި، މިހާރު އަނެއްކާ ދޮން މީހެއް ލައިގެން ހިނގަންވީ.. އެޅި އިމާރާތެއް ވިއްޔާ ނެތް ރަހުނު ކުރާނެ އެއްޗެއްވެސް މިހާރު!

The name is already taken The name is available. Register?

ގުއިއްޒު

24 June 2021

ހިތަދޫ ހުސެންގެ މައުލޫމާތުގެ ކޮށިކަމުން ވަރަށް ދެރަ. ގިނައިން ފޮތްކިޔާ.

The name is already taken The name is available. Register?

ސިކުނޑި

23 June 2021

ސްޓަރލިންކް ލިބެންޏާ ތި ޢަންޑަސްޓޭންޑިން ނިމުމަކަށް ގެންނަންޖެހޭނެ!

The name is already taken The name is available. Register?

އެމްސް

23 June 2021

މޮބައިލް ޕެކެޖުތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް ނާދޭ! އަނެއްކާވެސް މިވަނީ ޙީލަތްތެރި ސްޓަންޓެއް ޖައްސާފަ، 5 އަހަރު ދަމައިގެންފަ!

The name is already taken The name is available. Register?

ހުސެން

23 June 2021

އަގުހެޔޮކުރަނިއްޔޭކިޔާފަ މި ކައްކާ ގޭސްގަނޑަކީ އޮޅުވާލުމެއް، މިކަމާބެހޭ މައުލޫމާތު ކޮންމެވެސްވަރަކަށް އަޅުގަނޑަށް ވަނީލިބިފައި، މައުލޫމާތު ތެދުކަމުގައި ވަނީނަމަ ގޭގެއަށް ނަރުގުޅައިގެން ވައްދާފައި މިހުންނަ އިންޓަރނެޓުގެ އަގު ޖުލައިމަހުގައި ހެޔޮކުރާގޮތަކަށް ހަމަޖައްސާފައެއްނެތް، ރާވާފައޮތީ "ސިމްކާޑެއް ލައްވައިގެން ބޭނުންކުރާ ރައުޓަރ" ތަކުން ދޫކުރާ އިންޓަރނެޓު އަގުހެޔޮކުރަން، ބޭނުމަކީ އިތުރު ރައުޓަރ ތަކެއް ވިއްކުން، މަކަރުހެދިޔަސް ފުކެއްބޮޑުވަރުދޯ!

The name is already taken The name is available. Register?

ނޯ އިންޑޯނެޓް

23 June 2021

އާނ ރަގަޅު އެހެން އޮޕަރޭޓަރެއް ގެނަންވެސް ތި އިންޑިއާ ބަޔަކު ނައިސްފިއްޔާ ރަގަޅު، އެކަމަކު ކްލައުޑް އިންޓަރނެޓެއް ކޮންޓްރޯލެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ސަރުދާރުު

23 June 2021

މީ ހަމަ އޮޅުވާލުން މިހާރުވެސް 1އެމްބީ ތުރޮޓްލް ސްޕީޑުދޭ ކަމަށް ބުނާއިރު އެޔާ ކައިރި ކުރާވަރަށްވެސް ނުލިބޭ. އިތުރު އައިއެސްޕީން ގެންނަން ގޮވާލަން. ސަރުކާރު ނުޖެހޭ ސައިޒްވާކަށް 2 ކުންފުންޏެއްގެ ކައިރީ

The name is already taken The name is available. Register?

1828

23 June 2021

އަޅުގަނޑުމެން ދިވެހިންނަށް ދިރަގާއި އުރީދޫއެއް ނޯޅޭނެ. އިންޓަނެޓްގެ އަގު ހެޔޮކުރަން އެމީހުން ނުނިންމާނެ ހެޔޮ ނިޔަތަކުއެއް. ސްޓެލައިޓް އިންޓަނެޓް ދިނުމަށް ހުރަހެއް ނޯނާނެއޭ ބުންޏަސް އަހަރެމެން ޤަބޫލެއް ނުކުރާނަން. އެމީހުން ކޮންމެވެސް އެއްޗެކޭ ކިޔާފައި ސަރުކާރަށް ފިއްތައިގެންވެސް ސްޓާލިންކް ބުކޮލްކުރަން މަސައްކަތް ކުރާނެ.

The name is already taken The name is available. Register?

ގަރާޖުބެ

23 June 2021

ހެޔޮކުރީކީނޫން، ކުރަން އުޅެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454