ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ--
23 ޖޫން 2021 - 13:25
ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ރާއްޖެ އަށް ގެންނަން އަދި އެއްބަސްވުމުގައި ސޮއި ނުކުރާ ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ.
މީގެ މަސް ދުވަސް ކުރިން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ސްޕަޓްނިކް ވީ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް މިހާތަނަށް އެ ވެކްސިން ރާއްޖެ އަށް ގެނެސްފައި ނުވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެ ވެކްސިނާ ގުޅޭ އިތުރު ތަފްސީލެއް ނެތް ކަމަށެވެ.
މިހާތަނަށް ރަޝިއާ އިން ވެކްސިން ގެންނަން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާއިރު، ސޮއިކުރާނެ ސީދާ ދުވަހެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ. މިހެންވެ، އެ ވެކްސިން ރާއްޖެ އަށް ލިބޭނެ ދުވަހެއް ވެސް އަަދި ނޭނގެ އެވެ.
"އެ ކަމުގެ އިނީޝިއަލް ޑިސްކަޝަންސް އަށް ފަހު އިނީޝިއަލް އެގްރީމަންޓެއްގައި ސޮއިކުރުމަށް ފަހު އަދި އިތުރު މަސައްކަތްތައް ކުރިއަށް އެބަދޭ. އަދި އެެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ކުރިއަކަށް ނުދޭ،" ރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު، ރަޝިއާގެ ވެކްސިނަށް ހުއްދަ ލިބުމާ އެކު، ސްޕަޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރާއްޖެ އަށް ކޮވިޑްް ވެކްސިންގެ ދަތިކަން ކުރިމަތި ވެފައިވާއިރު، މި ވަގުތު ރާއްޖޭގައި ހުރީ ޗައިނާގެ ސިނަފޯމް ވެކްސިނާއި ފައިޒާ ވެކްސިން އެވެ.
ފައިޒާ ވެކްސިން ދެނީ ހާލަތުތަކެއް ދިމާވެފައިވާ މީހުންނާއި މާބަނޑު މީހުންނަށް އެކަންޏެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށި، ކޮވިޝީލްޑް ވެކްސިން ހުސްވެ، ގިނަ ބަޔަކު އޭގެ ދެވަނަ ޑޯޒް ނުޖެހި ތިބިއިރު ސަރުކާރުން އަންނަނީ ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ސިންގަޕޫރުގެ އެކްސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފެއްދި، ވެކްސިން އަންނަ މަހުގެ ތެރޭގައި ލިބެން ފަށާނެ އެވެ. އެ ކުންފުންޏާ އެކު އެއްބަސްވީ 700،000 ޑޯޒްގެ ވެކްސިން ހޯދުމަށެވެ. އޮގަސްޓް މަހުގެ ނިޔަލަށް އެ ހުރިހާ ވެކްސިނެއް ރާއްޖެ އަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ޑރ، ނަޒްލާ ވިދާޅުވީ އެސްޓްރަޒެނެކާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖެހައި ތިބި މީހުންނަށް ދޭނެ ކަމަށެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ 16 ހަފުތާގެ ކުރިން ޖަހައިފި ނަމަ، މައްސަލައެއް ނެތެވެ. ކުރިން ރާއްޖޭގައި އޭގެ ދެވަނަ ޑޯޒް ދެމުން އައީ 8-12 ހަފުތާއާ ދެމެދުގަ އެވެ.
ރާއްޖެ އިން މިހާތަނަށް 315،397 މީހަކު ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކުރީ، 184،212 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެައަލީ
25 June 2021
2 ޑޯޒު ޖަހައިގެން ކީއްހޭ މިކުރަނީ ބޭރުގަ ބޭނުންތާކައް ދެވޭ. މިގައުމުގަ 2 ޑޯޒުޖަހައިގެން މިތިބެނީ ބަންދުގައޭ
ޒިލޭބި
24 June 2021
މިނިސްޓަރު މިކަމަށް ޖަވާބުދާރީ ވާންޖެހޭ.. ބަތްކައްކާ ކުޅޭހެން މިގައުމު ނުހިންގޭނެ
އަލިބޭ
24 June 2021
ކަލޭމެން ދައްކާވާ ހަކަގަބޫލުކުރާނީ ކިހެނެތް. ދުވާލަކު އަނގަޔަކުން ތިވާ ހަކަ ދައްކަނީ. ކުރިންބުނި ސޮއި ކޮށްފީމޭ ޖޫންމަހު ލިބޭނެޔޭ.
މަލިކީ
24 June 2021
މިސަރުކާރަށް ކުރެވުނުހާވެސް ކަމަކީ އިންޑިއާ މިލިޓްރީ ބޭނުމަށް ރާއްޖެއިން ތަންތަން ކަނޑާފަ ދިނުން ދިވެހިންނަށް މިވަރުންވެސް ނުވިސްނޭނެ
ކަކުނިބޯ2
24 June 2021
ޜަޝިޔާއަށް އޮޅިގެން ސޮއިކޮށްފަ ފޮނުވުނީީ އިންޑިޔާއަށް އައްޑޫ ވިއްކާއެއްބަސްވުން އިންޑިޔާއަށް ފޮނުވުނީ ވެކްސިން އެއްބަސްވުން އެވަރުކަމެއްވެދާނެ އަޅުގަޑުގެ އުމުރުގެގޮތުން. ތަންކޮޅެއްކުރިިން ވެސް ނިދިފަ އިދެގެން އަޅުގަނޑަށް އޮޅިގެން އދ ގަ ނެގިވޯޓަކަށް އަތްވެސްނެގުނު އެއީ އެފަހަރު ޖަވާހިރުވަޅެއް އޮޅިގެން ލެއްގިފަހަރެއް މިފަހަރުވެސް އެފަދަ ރަނގަޅުގޮތެއް ވެދާނެއްނޫންތޯ ރައްޔިތިން ކެތްތެރިވެލައްވާ
ކަކުނިިބޯ1
24 June 2021
ރަޝިއާގެ ވެކްސިން ރާއްޖެ އަށް ފޯރުކޮށްދިނުން އަވަސް ކުރާނެ ކަމުގެ ޔަގީންކަން ދީފި https://mihaaru.com/news/91927 މިފަދަސުރުހީ އަޅަނީ ރައްޔިތުން މޮޔަހައްދަން ހަހަހަ ސޮއިނުކުރާއެގްރިމެންޓަކަށް ރަޝިޔާަ ތެޅިފޮޅެނިއްޔޯ ވެކްސިން ފޮނުވަން ދެން ހެލްތްމިނިސްޓަރ ބުނާނެ ހާލަތުގެސަބަބުންއެހެން ބުނިއްޔޭ އެހެންވީމާ ދެން އިތިރަށް އެފަދަކަމެއް ދިމާނުވާނެގޮތަށް ސްޕަޓްނިކް ވީ ވެކްސިން އިސްލާހުކުރުމަށް ރަޝިޔާއަށް ތިމަންނަ އަންގާފީމެވެ.
ކަކުނިބޯ
24 June 2021
ޢިންޑިޔާ އޯކޭ އެއްނޫން
ދޮންލުނބޯ
24 June 2021
ކަލޭނޭ ދުނިޔޭގެ އެކި ކަންކޮޅަށް ތާޑުފޭސް ޓެސްޓިންގއަށް ބަހާލާ ބައިވެސް ގެނެސް ހުރިހާ އެއްޗެއް އަޅާ ޑަމްޕުޔާޑުތަ މީ
ނަރުު
23 June 2021
ސްޕަޓްނިކް 5
ސަހަރޯ
23 June 2021
ޢަޖައިބު އަންތަރީސްވެއްޖެ. ފަހަރަކު އެއްޗެކޭ ކިޔާނެ. ފުރަތަމަ ބަހާ އަމަލާ ދިމާކޮށްބަލަ އެހެންކަމެއް ނުވިޔަސް.