މަޖިލިހުގެ އިދާރާގެ ބޭރު --- ފައިލް ފޮޓޯ: މިހާރު
26 ޖޫން 2021 - 17:55
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލާފައިވާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީ، ފުލުހުން އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ބައްދަލުކުރާނެ ކަމަށް އޮތީ ބުނެފަ އެވެ. އެއީ، މަރާލި ކުއްޖާ އަކީ ޖެންޑާގެ އެހީތެރިކަން ދެމުން އައި ކުއްޖެއް ކަމަށް ބުނާތީ ކުއްޖާއާ މެދު އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމަށެވެ.
ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް އެ ކުއްޖާ ފެނުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ސަރަހައްދުން ކަރުތާފެނާ ހިސާބު މޫދުގައި މަރާލާފައި އޮއްވައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު އެވެ.
މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި މިހާތަނަށް 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ދެ މީހުންނަށް ވެސް ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
27 June 2021
މަމެން ކުޑައިރު ކުކުޅަށް ކާންދޭން ނުވަތަ އެހެންވެސް ބޭނުމެއްގަ ގޭ ވަލުފަރާތަށް ވަދެފަ އައިސް އަމާ ނުވަތަ މުންނާ ބުނާނެ:ކަލޯ މިގޭ ރަތް ހާ އެބައޮތޭ މަރުވެފަ، އޭތި ވަޅުލަން ދޭބަލަ.އަޅި ކުލައިގެ ކުކުޅު އެބައޮތޭ ފައި ބިނދިފަ.ކައިތާލި ކުކުޅުގެ 6 ފިޔޮކުން މިހާރު ހުރީ 2 ކަމަށް.4 ފިޔޮތް ބުޅާ ކާލައިފިއޭ.މިއީ ކުރިން އިވޭ އަޑުތައް.ނަމަވެސް މިހާރު އިވެނީ ކުޑަ ކުއްޖަަކަށް ޖިންސީ ގޯނާކޮށް މަރާލައިފި.މީހަކު މަރައިފި.މީހަކު ގަތުލުކުރަން އުޅެފި.ދެރަ ދޯ.ވ.ވެދުން
އެފް
27 June 2021
ތަޖުވީދާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔަވާ އެތައްކުދިންނެއް އަހަރެމެންގެ އެބަތިއްބެވެ.ބައިނަލްއަގުވާމީ ފެންވަރުގެ ނަންވިދާލާ އެހާމެ ހަގުކުޅުންތެރި ކުދިންނާ އާޓިސްޓުންނެވެ .ބެލެނިވެރިންނާ އިންސްޓްރަކްޓަރުންގެ ގަދަހިތްވަރާ މަސައްކަތުން މަތީހަރުފަތްތަކަށް ކުދިން އެހެރަ ގެންގޮސްދެނީއެވެ. އަނެއްކޮޅުން ބަލަހައްޓައިގެން ތިއްބާ ވަށައިގެން އަނދިރިވެ އަބަދަށް ލޯމަތިން އެއްވެސް ދަރިއަކުގެއްލިގެން ދިއުމަކީ ހިތަށް ކުޅަދާނަ ކަމަކަށް ވާންވީހެއްޔެވެ؟
ޑެބީ
26 June 2021
ރައްޔިތުންގެ މަޖުލިސްމީ ރައްޔިތުންނަށް ވަގަށް ޖަލްސާކޮށް މީޓިން ބާއްވަން ރައްޔިތުން ވޯޓުލައިގެން ހޮވާފަ ތިބި ބައެއްތަ؟
ޙިނި
26 June 2021
ތިބުނާ 27 އަހަރުގެ ފިރިހެންމީހާ 19 ފަހަރު ހައްޔަރުކޮއް ޖަލައްލާފައި ވޭ. މިކަހަލަ ރަހުމްކުޑަ ކުއްވެރިން މީ ސިސްޓަމު ތެރޭން އުފައްދާ ބަޔެއްތަ؟
ހަސަނު
26 June 2021
ބޮޑު ސިއްރު. ވާކަމެއް ނެތް. ތީ އަރަތަކައް ވެއްޖެކަމެއް