ފުލުހުން އިއްޔެ ދޫނިދޫގައި ނައްތާލި ބަނގުރާ ފުޅިތައް.-- ފޮޓޯ: ޕޮލިސް މީޑިއާ
27 ޖޫން 2021 - 10:59
މަސްތުވާތަކެތީގެ 71 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 2،000 އެއްހާ ބަނގުރާ ފުޅި އާއި ދަޅު ނައްތާލައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އެ ތަކެތި ނައްތާލައިފައި ވަނީ އިއްޔެ ދޫނިދޫގަ އެވެ.
މި މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅިފައިވާ މައްސަލަތަކުގެ ތެރެއިން ހައި ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި، އެހެން ހުރިހާ ބަނގުރަލެއް އިއްޔެ ނައްތާލައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ނައްތާލައިފައި ވަނީ 12 މައްސަލައެއްގައި ހިމެނޭ ހެކިތަކާއި މި އަހަރު ފައިލްކޮށްފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި އަދި ހަމަ މި އަހަރު ޕީޖީ އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗެވެ.
ފުލުހުން އިއްޔެ ދޫނިދޫގައި ނައްތާލި ބަނގުރާ ފުޅިތައް.-- ފޮޓޯ: ޕޮލިސް މީޑިއާ
ފުލުހުން ބުނީ ނައްތާލައިފައި ބަނގުރަލުގެ ތެރޭގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ ހުރި މައްސަލަތަކުގައި އެއްޗެހި ވެސް ހިމެނޭ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ ޓޫރިސްޓުންގެ އަތުން ނަގާފައިވާ ބަނގުރަލާއި ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެމްގޮސްފައިވާ ބަނގުރާ ވެސް ނައްތާލައިފައިވެ އެވެ.
- އެކި ބްރޭންޑްތަކުގެ 747 ބަނގުރާ ފުޅި
- 43 ޕެޓްފުޅި
- 1،110 ބިޔަރު ދަޅު
- 13 ބިޔަރު ޕެކެޓް
- ދެ ހަން ބިޔަރު
- ފަސް ލީޓަރުގެ 11 ފުޅި
- އެކި ލީޓަރުގެ 18 ފުޅި
- 45 އެހެނިހެން ތަކެތި
ނައްތާލައިފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕް، ކޮތަޅު، ނޫސް ކަރުދާސް، ކަރުދާސް ފޮށިގަނޑު، ދަބަސް، ލަގެޖް ފޮށި އަދި ތަށި ފަދަ ތަކެއްޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބީނާ
27 June 2021
ތި ފުޅިތައް ހުސްކޮށްލާފަ ހުސްފުޅިތައް މަށަށް ދިންނަމަ. ސުވެނިއަރ ހަދަން ރަނގަޅުވާނެ ހުސްފުޅި.
އއޯ ޯ ޯ ޯ
27 June 2021
ފުޅިއާއި ދަޅުތައް ބޮވެހުސްކޮށްފަތަ ނައްތާލި؟
ކަލީމާ
27 June 2021
އެލެކްސް އަހުމަދު ދެން އަންނަ ފުލުހުންނާއި ބައްދަލުވާ ބައްދަލުވުމެއްގައި އަހާނެ ތިޔަ ކަމަށް ހަރަދު ކުރީ ކިހާވަރެއްތޯ؟ އެލެކްސް އަދި އޭނާގެ ބައިވެރިން ވަރަށް ދެރަވާނެ!
ކުކީ
27 June 2021
ހޫނ ތިއޮތީ ދީނަށް ނަސްރުދެވިފަ އެކަމަކު ތިއެއްޗެހި ރާއްޖެ އެތެރެކުރުން ހުއްދަ :ޕ
އޮނަރަބްލް އަފީފު ދީދީ
27 June 2021
މިކަން އަބަދުވެސް މިގޮތަށްކުރާން ބާއްވާނީތޯ ވިސްނާލުން ރަނގަޅު. ޙަޤީގަތުގައި ދައުލަތުން އިތުރު އެތައްޙަރަދެއްކޮށްގެން 2000 ދަޅު ނައްތާލުމުގެބަދަލުގައި ޓްއަރިޒަމް މިނިސްޓްރީ މެދުވެރިވެ ރިސޯޓްތަކަށް ނީލަން ކިއުމުގެ ފުރުސަތުދިނުން ރަނގަޅު. # ނުވަތަ ސަރުކާރުންހިންގާ އެއަރޕޯޓް ޑިއުޓީ ފްރީ ޝޮޕްގައި ވިއްކުމަށް އެތަނާއި ޙަވާލުކުރުން ރަނގަޅު. މިގޮތަށް ބަޔަކު ކޮންޓޭނަރ އެއްވެސް މާދަން އެތެރެ ކޮށްފާނެ. އެވެސް ނައްތާލާނީތޯ؟ ކަމަކު ނުދާނެ. ތިކަން ބަދަލު ކުރޭ.
ރަދީފްއޮފިޝިއަލް
27 June 2021
ކަލޭ ހަމަ ތަ؟ ނަމުގެ ކުރިއަށް އަމިއްލައަށް އޮނަރަބަލް ޖަހައިގެން އިނދެ ކޮސްގޮވޭއިރުވެސް ނޭނގޭ ދޯ.
ރަދީފު އަން އޮފިޝަލް
27 June 2021
މަށަށް ހީވަނީ ދެމީހުން ކުރެ އޮނަރަބަލް ދައްކާ ވާހަކަ ހެން ހަމަޖެހެނީ. އެބުނާހެން ތިސޯޓް ތަކަށް ތިޔަ ބިޔަރު ވިއްކުމުގައި މައްސަލައަކީ ކޮބާ ؟
ފަތިސް
27 June 2021
ބެއްޔާގެ ވާހަކަ މާ ދިގުލަނީ. 4،5،6 ފޮޅުވަތުގެ ހިސާބައްދިޔައިމަ ކިޔާ މީހުންނަށް ދަތިވެދާނެ. ތިންފޮޅުވަތުން ނޫނީ ދަށުން ބަސް ނިންމާަލެވެވޭތޯ ބަލަންވީ
އައްބެ
27 June 2021
ކޮންމެތާކަށް ކޮންމެ ބަޔަކު ކޮންމެ ބަޔަކަށް ކޮންމެ ޤާނޫނެއްގެ ދަށުން ވިއްކިޔަސް ބެހިޔަސް ރަލަކީ ޙަރާމް އެއްޗެއް. އެނުވާނެ ޙަލާލެއް ކޮންމެ ބަޔަކު ޤާނޫނު ހެދިޔަސް. 7 އުޑުމަތިން އާލަމްތަކުގެ ވެރި އިލާހުވަނީ އޭގެ ޙުކުމް ވަނީ އަންގަވާފައި.
ރަދީފްއޮފިޝިއަލް
27 June 2021
ދެ ހަން ބިޔަރު.ހެހެހެހެހެ
އެމްސް
27 June 2021
ފުލުހުންގެ މޮޅުވާހަކަ ފުލުހުންވެސް ދެއްކުން މަދުކޮށް، ކުށްމަދު ވެއްޓެއް ޤާއިމުކުރަން އިސްކަންދީ!