މާލެ: ޖުލައި 10، 2020: "މަސްޖިދުލް އަލީ ހުސައިން" ހުޅުވި ދުވަހު ޖަމާއަތުގައި ކުރި އަސްރު ނަމާދު.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
27 ޖޫން 2021 - 13:10
މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ އަަދަދު އާދަޔާ ހިލާފަށް މައްޗަށް ދާން ފެށުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާ ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮއްވައި މިދިޔަ ހުކުރު ދުވަހު މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ހުކުރު ނަމާދުކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ހުކުރު ނަމާދު ކޮށްފައި ވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުއް އަލް އުމަރު ބިން އަލް ހައްތާބުގެ އިތުރުން އެހެން ބައެއް މިސްކިތްތަކުގަ އެވެ. މި ހުރިހާ މިސްކިތެއްގައި ކުރި ހުކުރު ނަމާދުގައި ވެސް ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މަނާކޮށްފައި އޮއްވައި ހުކުރު ނަމާދުކުރި މައްސަލައިގައި، އެކަމުގައި އިސްކޮށް އުޅުނު މީހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުންޏެވެ.
ކޮވިޑުގެ ކޭސްތައް ގިނަވެ މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ މޭ މަހު 26 ގަ އެވެ. ނަމަވެސް މިސްކިތްތައް ބަންދުކޮށްގެން، ގިނަ ބަޔަކު ފާޑު ކިޔަން ފެށުމާ އެކު، މި މަހުގެ ފުރަތަމަ ދުވަހު މިސްކިތްތައް އަލުން ހުޅުވަން ހުއްދަ ދިނެވެ. އެކަމަކު އެ ހުއްދަ ދިނީ ޖަމާއަތް ނުހަދައި ވަކިން ނަމާދުކުރާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
28 June 2021
އެމްޑީއެން އާއެކުތަ މަޝްވަރާ ކުރަނީ؟
އުދުހޭ
27 June 2021
މިސްކިތުގައި ޖަމާއަތް ހަދަންވީމާ މަޝްވަރާކުރަނީ. ދުވެ ކުޅިވަރު ކުޅެންވީމާ އެއްވެސް މަޝްވަރާއެއް ނެތި ރާސްޓަސް އެއޮތީ ނިމިފަ. ދެން އިތުރުވާހަކަ ދައްކައިފިއްޔާ ނަފްރަތު އުފައްފަނީކަމަށް ބަލާފައި ޖަލުހުކުން އައިސްދާނެތީ ކުރުކޮށްލީ
މަންޑޭލާ
27 June 2021
ހިންގުންތެރި ވެރިން ނެތް ބަލި ދެރަ ސަރުކާރެއްމިއީ. އަވަހަށް ބަދަލުކުރަންވީ.
މަންދި
27 June 2021
މިހާރު ކޮއްމެދުވަހަކު މީކޮންހެޑްލައިނެއްތަ މިހަދަނީ. އެއްދުވަހު ބުނާނެ އަންހެންކުދިން ހިތާނުކުރާކަށް ނޮއޮވެޔޭ އަނެއްދުވަހު ބުނާނެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްދަކުރަންވީ އޭ. ވީހާވެސް ބޮޑަށް ދިވެހިންގެ ވިސްނުން ގަބީލާ ދުވަސްވަރަށް ބަދަލުވަމުންދަނީ.
ގޮދާބޯ
27 June 2021
ރާއްޖޭގަ މިހާ ދެރަވަރު ބަލިކަށި ސަރުކާރެއް އޮތް ދުވަސްވަރެއް އެއްވެސް ރައްޔިތަކު ދެކިފަވާނެހެން ހިޔެއްނުވޭ.
ހާރޫން ޔަހުޔާ
27 June 2021
މި ސަރުކާރުގެ މައްޗަށް މުއްލާތަކުގެ ބާރު ހާދަ ގަދައޭ. ސަލަފުން މިހެން ހަދާލާށޭ ގޮވާލައިފިއްޔާ ޖެހިގެން އަންނަދުވަހު އެކަމެއް ކޮށްދޭނެ. އަޑީދަޢުލަތުގެ ބާރު މާގަދަވެގެން މިއުޅެނީ ކީއްވެބާ؟
ރަދީފްއޮފިޝިއަލް
27 June 2021
މިސަރުކާރުގެ މައްޗަށް ލާދީނީ މީހުންގެ ބާރު ގަދަވެފައިވާ މިންވަރު ކަލެއަށް ނުފެނޭތަ؟ އަޑި ދައުލަތޭ ކޮމާންޑޭ ކިޔާއިރު ލަދު ކޮބާ؟
ސަސި
27 June 2021
ދެން ބުނާނީއެއް ނޫން ރައީސްގެ ހެޔޮކަމުން ހުޅުވާލި ވާހަކަ.
ހެންވޭރުން
27 June 2021
ވީހާވެސް އަވަހަށް މިސްކިތްތައް ހުޅުވަން ބޭނުން. ނަމާދު ނުކުރާ ގައުމުތަކުގައި ކޮވިޑް މާބާރަށް ފެތުރި މަރުވަނީ.
ހަސަނު
27 June 2021
ގަވައިދިގަ ނުހިފެހެއްޓޭނެ.. އަދި އަހަރެމެން އެހާ ތަހުޒީބެއް ނޫން.. މިސްކިތްތައް އެއްކޮށް ބަންދު ކުރުން ނޫނީ އެއްކޮށް ހުޅުވާލުން އޮތީ..
އާކިފް
27 June 2021
މިސްކިތައް ހުލުވާ