މާލެ އަމީނީ މަގުގައި ހުންނަ ފުރުގާނު މިސްކިތް.-- ފޮޓޯ: ރާއްޖެ އެމްވީ
25 ޖޫން 2021 - 14:01
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފައި ވަނިކޮށް، މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ބަޔަކު ބޮޑު ޖަމާއަތް ހަދައިގެން ހުކުރު ނަމާދުކޮށްފި އެވެ.
މިއަދު ހުކުރު ކޮށްފައި ވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުލް އަލް އުމަރު ބިން އަލް ހައްތާބުގެ އިތުރުން އެހެން ބައެއް މިސްކިތްތަކުގަ އެވެ. މި ހުރިހާ މިސްކިތެއްގައި ކުރި ހުކުރު ނަމާދުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
ހުކުރުކޮށްފައި ވަނީ މިއަދު މެންދުރު ނަމާދުގެ ބަންގި އަށް ފަހު، ހުކުރު ހުތުބާ ވެސް ކިޔުމަށް ފަހު އެވެ.
ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފައި ވިޔަސް، އެ މިސްކިތްތަކުގައި ކުރި ހުކުރު ނަމާދު ފުލުހުން ހުއްޓުވައިފައެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.
ކޮވިޑުގެ ކޭސްތައް ގިނަވެ މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ މަހު 26 ގަ އެވެ. ނަމަވެސް މިސްކިތްތައް ބަންދުކޮށްގެން، ގިނަ ބަޔަކު ފާޑު ކިޔަން ފެށުމާ އެކު، މި މަހުގެ ފުރަތަމަ ދުވަހު މިސްކިތްތައް އަލުން ހުޅުވަން ހުއްދަ ދިނެވެ. އެކަމަކު އެ ހުއްދަ ދިނީ ޖަމާއަތް ނުހަދައި އެކަނި ނަމާދު ކުރާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމޯ ފٍ
26 June 2021
ޖިމްތަކً ކެފޭ ތައް އޯކޭ،މިސްކިތުންވެސް ސަރުކާރައް އިންކަމް އެއް އިންނަނަމަ މިސްކިއް ވެސް ހުޅުވٍސް . ފަގٍރު ސަރުކًރު
ސްޓިންޓް
26 June 2021
ސާބަހޭ. މާޝާ ﷲ. ޖިމަށް ދެވޭއިރު ނަމާދު ޖަމާޢަތުގައި ކުރުން ހުއްޓުވަންވީ ސަބަބެއް ނެތް. ފިހާރަ ބޭރުގަ 6 މީހުނަށް ވަދެވޭކަމަށް ޖަހާފަ އެތެރެއަށް 60 މީހުން ވައްދައިގެން ވިޔަފާރިކުރިއަސް ކޮވިޑް ނުފެތުރޭ. އަރަތެއް.
ގުއިއްޒު
26 June 2021
އިޔާޒު ބުނެފިއްޔާ ރަނގަޅުވާނެ. އެ ހެޔޮވާނެ ގުއި ހަލާލުކަމަށް ބުންޏަސް.
.ިހާރު
26 June 2021
ކޮބާ ކެތެއްނުވިތާ ޑިލީޓް ދޯ
ދިއްދޫމީހާ
26 June 2021
ކޮބާ މައްސަލައަަކީ؟؟ ވެރިންނަ ހާއްސަ ހުއްދައިގެ ދަށުން ބޭނުން ކަމެއް ކުރެވޭ؟؟ ބަލަމީ ކަނޑުން ފުރޭތަ އަރާގެންނޭ ކިޔާގެން އަންހެން ކުދިންގެ އިއްޒަތް ފޭރުނު ރައްދުންގެ ދުވަސްވަރެއްނޫން
ކެރެޓު
26 June 2021
ބިދޭސީން ގަވައިދާއި ހިލާފަށްއުޅޭތީ ގަވައިދަށް ފައްތަން ދަނޑަށް ޖަމާކޮށްފަ ގަވައިދު ބަދަލުކުރީ. މިކަމުގަވެސް އެކަހަލަ ގޮތެއް އޮންނަންވާނެތާ.
އަރުތަ
26 June 2021
ފުރުޤާނު މިސްކިތަކީ ދިވެހި ސަރުކާރުގެ އިހުތިސާސުގެ ތެރޭގަ ހިމެނޭ ތަނެއް ނޫން، އެތަނަކީ ވަކި ޒާތަކަށް އުޅޭ ޖަމާޢަތެއްގެ މިލްކިއްޔާތެއް، އެމީހުންގެ ފަތަރާސީ ކަމުން އެތަނަށް އަރާ އެހެން މީހުނަށްވެސް ދުއްތުރާ ޖެހޭ، އެމީހުންގެ އުނދަގޫ ވަރަށް ބޮޑު، އުޅޭ ގެއާ ކާރިވީމަ ހައްތަހާވެސް އެތަނަށް ދެވެނީ، އެކަމަކުވެސް......
އަރުތަ
25 June 2021
ފުރުޤާނު މިސްކިތަކީ ވަކި ސަރުކާރެއްގެ ބާރުގެ ދަށުގަ އޮންނަތަނެއް، އެތަނަށް ވަދެ އުޅެންފެށީމަ ވަރަށް ވަރުގަދަ މަންޒަރުތައް ފެންނާނެ، ބޮއެ ހަލާކު.
އަރަތެއް
26 June 2021
ކަލޯ ނަ މަނަ މަ މިސްކިތަކަށް ނުވަންނާތި ތިޔަހެން ފިތުނަ އުފައްދާ މީސްތަކުން އަޅުކަން ކުރިޔަނުދޭން ކޮ މެންޓު ކުރަން އިންނަވާ ތިޔަކުރަނީ ގައު މީ ޖިހާދު. ކަލޯ ހޮޓަތަކަށް ވަދެ ވަގައް ކައިބޯހަދަންތަ؟
އުދުހޭ
25 June 2021
އިރާދަކުރެއްވިއްޔާ މިއަންނަ ހުކުރު މާލޭގެ ގިނަ މިސްކިތްތަކެއްގައި ކުރާނެ.
ބޮން
25 June 2021
އިމާމުވެ ނަމާދުކުރި މީހާއާ މެދު ފިޔަވަޅަން ޖެހެއެވެ. މިސްކިތުގަ ނަމާދު ކުރުން މަނާކޮށްފައިވަނީ ސަބަބުތަކަށްޓަކައެވެ. މަނާކަމެއް ކުރުމަށް ބަޔަކު ގޮވައިގެން އިސްވި މީހާ ޖަވާބުދާރީ ކުރުވަންޖެހެއެވެ. ދެން ފެނިގެންދާނީ އިސްލާމީ ހުކުމް ގާއިމު ކުރުމުގެ ނަމުގަ އަމަލުތައް ކުރަން ފަށާތަނެވެ.