މުނިފޫހިފިލުވުން / ސޯނަމް ކަޕޫރު

ސޯނަމް ފިލްމުތަކާ ދުރުވެ އަރާމު ދިރިއުޅުމެއްގައި

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް 2019 ގައި ކައިވެނިކުރުމަށް ފަހު ފިލްމީ މަސައްކަތާ ވަރަށް ދުރެވެ. ދިރިއުޅުން ބޮޑަށް ބިނާވެފައި އޮތީ ނިއު ދިއްލީ އަށް އުފަން ވިޔަފާވެރިޔާ އާނަންދު އަހޫޖާއާ އެކު އިނގިރޭސިވިލާތުގަ އެވެ. ލަންޑަންގެ ނޮޓިން ހިލްގައި މި ދެފަރިންގެ އަގު ބޮޑު ލަގްޒަރީ އެޕާޓްމަންޓްގައި ގިނަ ދުވަސްތައް ހޭދަކުރަމުން އަންނައިރު އެއީ މި ވަގުތަށް ސޯނަމް އެންމެ އިސްކަން ދޭ ކަންތަކެވެ.

ސޯނަމް ބުނެފައިވާ ގޮތުގައި އޭނާ އަދި ބޭނުން ވަނީ ފިރިމީހާއާ އެކު "ލައިފް އެންޖޯއިކުރާށެވެ." ފިލްމީ މަސައްކަތް ބިނާވެފައި އޮތް އިންޑިއާ ދޫކޮށް، އިނގިރޭސިވިލާތުގައި އުޅެނީ އެހެންވެ އެވެ.

ސޯނަމް، 36، އަކީ އަބަދު ވެސް ވަރަށް ޕޮޝް ލައިފްސްޓައިލެއް ގެންގުޅޭ ބަތަލާއެކެވެ. އޭނާގެ ބައްޕަ އަކީ ހިންދީ ސިނަމާގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެކްޓަރު ކަމަށްވާ އަނިލް ކަޕޫރެވެ. އާނަންދުއާ ކައިވެނިކުރި ފަހުން ސޯނަމް އެންމެ ގިނައިން ކުރާ އެއްކަމަކީ ފިރިމީހާއާ އެކު ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރުމެވެ. އެ ދަތުރުތަކުގެ ތެރެއިން ދަތުރެއްގައި 2018 ގައި ރާއްޖެ އަށް ވެސް ޒިޔާރަތްކޮށްފައިވެ އެވެ.

ފިލްމު ކުޅެން ފެށި ފަހުން ސޯނަމްގެ އެކްޓިން ހުނަރަށް ވުރެ ބޮޑަށް ބެލުންތެރިން އަބަދު ވެސް އެންމެ އަޅައިގަންނަނީ އޭނާގެ ހެދުންތަކާ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ސޯނަމަކީ އެހާ ހުނަރުވެރި ބަތަލާއެއް ނޫނެވެ. އެކަމަކު އޭނާ އަކީ ފެޝަންގެ ދުނިޔޭގައި އިންޑިއާ ތަމްސީލުކޮށްދޭން އެއް ވަނައިގެ މީހެކެވެ. އޭގެ ހެއްކަކީ ކާންސް ފިލްމު ފެސްޓިވަލްގެ އެންމެ އާންމު މޫނުތަކުގެ ތެރޭގައި ވެސް ސޯނަމް ހިމެނުމެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2007 ގައި ގެނެސްދިން "ސާވަރިޔާ" އިން ރަންބީރް ކަޕޫރާ އެކު އެކްޓިން ކެރިއަރު ފެށި ސޯނަމްގެ ކެރިއަރަށް ބަލާ ނަމަ، އޭނާ އަކީ މާ ކާމިޔާބު ބަތަލާއެއް ނޫނެވެ. މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު ފިލްމަކީ 2016 ގެ "ނީރްޖާ" އެވެ. އޭގައި އޭނާ ކުޅުނީ ޓެރަރިސްޓުންތަކެއް ހައިޖެޖްކުރާ މަދިންދާބޯޓެއްގެ ހިތްވަރުގަދަ ކެބިން ކްރޫއެއްގެ ރޯލެވެ.

އެ ރޯލުން 64 ވަނަ ނެޝަނަލް އެވޯޑްގައި ސޯނަމް އަށް ކްރިޓިކްސް މޮޅު ބަތަލާގެ އެވޯޑް ލިބުނެވެ. ރާމް މަދުވާނީ ޑައިރެކްޓްކުރި "ނީރްޖާ" އަކީ ހަ ނެޝަނަލް އެވޯޑް ހޯދި ފިލްމެކެވެ. "ނީރްޖާ" ފިޔަވައި ސޯނަމް ކުޅުނު ފިލްމުތަކުގެ ތެރެއިން ބެލުންތެރިން ކިރިޔާ ވެސް ހަނދާން ހުންނާނެ ފިލްމުމަތަކަކީ 2013 ރާކޭޝް އޯމްޕްރަކާޝް މެހެރާގެ "ބާގް މިލްކާ ބާގް" އާއި އެ އަހަރު އާނަންދު އެލް ރާއީ ގެނެސްދިން "ރާންޖަނާ" އާއި ސޫރަޖް ބަރްޖަތިއާގެ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ އިތުރުން 2018 ގެ "ވީރޭ ދީ ވެޑިން" އެވެ.

"ނީރްޖާ" ނޫނީ ސޯނަމް ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާގެ އެކްޓިން އަށް ތައުރީފު ލިބުނު ފިލްމުތަކެއް ނެތެވެ.

ސޫރަޖާއި ރާޖްކުމާރު ހިރާނީ އާއި އާނަންދު އާއި އައްބާސް-މަސްތާން އާއި މެހެރާ ފަދަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރަން ލިބުނަސް، މިހާތަނަށް ސޯނަމްގެ ކެރިއަރު ފެންނަނީ ވަރަށް ފަނޑުކޮށެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ބެލުންތެރިންގެ ތަރުހީބެއް ނުލިބުނު 2019 ގެ "ދަ ޒޯޔާ ފެކްޓާ" އެވެ.

ސޯނަމްގެ ކުރިއަށް އޮތް ފިލްމަކީ އިނގިރޭސިވިލާތުގައި އުޅެމުން މި އަހަރުގެ ކުރީކޮޅު އެ ގައުމުގައި ޝޫޓްކޮށް ނިންމާފައި އޮތް "ބްލައިންޑް" އެވެ.

ސޯނަމަކީ އަނިލްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނާގެ ހަގަށް ތިބެނީ ޕްރޮޑިއުސަރު ރިއާ ކަޕޫރް، 34، އާއި އެކްޓަރު ހާޝްވަރްދަން ކަޕޫރް، 30، އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

30 June 2021

މި ހުންނަނީ ދިވެހިރައްޔަތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ވާހަކަތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454