ދީނީ އިލްމުވެރިންތަކެއް ގުޅިގެން ޝީ ބިލްޑިންގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. --- ފައިލް ފޮޓޯ: މިހާރު
28 ޖޫން 2021 - 13:50
އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅި ޝަކުވާތައް ބަލަން އެ މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ޝަކުވާތައް ބަލަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ މައްސަލައިގައި ޓްވިޓާގައި ހިއްސާކުރެއްވި ވާހަކަތަކުން، އެކަމާ ވިދިގެން ބައެއް ފަރާތްތަކުން މިނިސްޓްރީ އަށް އެ މައްސަލަ ހުށަހަޅާފައި އޮތީ. އެހެންވެ މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅާފައި އޮތިއްޔާ އެ މައްސަލަ ބަލާލަން ޖެހޭނެ ދެއްތޯ. ފިޔަވަޅު އަޅާނީތޯ، ދެން ކިހިނެއްތޯ އެކަން ކުރިއަށްގެންދާނީ، އެއީ މިހާރު މި ބަލަނީ،" ޑރ. ޒާހިރު ވިދާޅުވި އެވެ.
Anhen kudhin khithaanu kurumaky Dheenugai neiy kameh kamah bunumaky DHOGEH. Aee oiy kameh. Namaves VAAJIBEH noon.
— Dr.Mohamed Iyaz (@dr_iyaz) June 25, 2021
Anhen kudhin khithaanu kurumaai FGM aai thafaathu.https://t.co/CaZ3u1zQ6h
އަންހެން ކުދިން ހިތާނުކުރުމާ އެއްކޮޅަށް ރާއްޖޭގެ ބައެއް އިލްމުވެރިން ގެންދަވަނީ ސޯޝަލް މީޑިއާގައި ވާހަަކަ ދައްކަވަމުންނެވެ. އެކަމުގައި އިސްކޮށް ހުންނަވައި ޑރ. އިޔާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އެއާއެކު، ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ވަކިކުރުމަށް ވެސް ގޮވާލާފައި ވެ އެވެ.
އަންހެން ކުދިން ހިތާނުކުރުމުގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެފައިވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށެވެ.
މިސްރުގެ ފަތުވާ އިދާރާއިން މި ފަހުން ނެރުނު ބަޔާނުގައި ވެސް، އަންހެނުން ހިތާނުކުރުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައި ކަމެއް ކަމަށް ބުނެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ޑރ. އިޔާޒު މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ ދީނުގައި ނެތް ކަމަކަށް ނުބުނެވޭނެ ކަމަށެވެ. އެހެން ވިދާޅުވެގެން ކޮންމެ ފަދަ އަދަބެއް ދިނަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ހަދަނީ ތެދުކަން ތިޔަ ބޭފުޅުންނަށް އިންޝާﷲ ހާމަވާނެ ދުވަސް އަންނާނެ،" ޑރ. އިޔާޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
29 June 2021
ތިޔައި ފަސްމާމުލު ފަސް ވަގުން ކުރެ ހަތަރު ވަގުން ހޯދަން މުލުވަގު ނެރުން ކަހަލަ ކަމެއް.
އުސްމާން ޖިސްމާނީ
29 June 2021
މިއީ ހަމަ އެންމެ ކަމެއް. މިކަހަލަ ބައިވަރު. 7 ކާއި 21 އާ ހުރި ތަފާތު މިފެންނަނީ. ދިވެހިން ނަކީ މަދު މީސްކޮޅެއް. އަހަރުމެން ގައުމު ކުރި އަރުވަންޏާ އެންމެން ހެން ޖެހޭނީ މި ގަރުނައް އަންނަން. ބޮޑު ނަގިއްޔެއް އެއްލައިގެން ތާރީހުގަ ޖާހިލިއްޔަ ޒަމާނުގަ ކަންކަން ވެފަ ހުންނަގޮތުގަ ބަގުޑިބައްދައިގެން ގައުމައް، ފަރުދުންނައް، އަދި ދަރިފަސްކޮޅައްވެސް ކުރިއެރުމެއް ނެތް. ސުވާލަކީ ކުރިއަރާފަ ހުރި ގައުމު ތައް އެޅީ ކޮންކޮން ފިޔަވަޅު ތަކެއްތޯ! އެކަންކަން ކުރަންވީ!
ވަތަން ގެ ދަރި
29 June 2021
އިޔާޒާ، މައުމޫނަކީ ވެސް އަންނިގެ އެޖެންޓުން....ދެބޯގެރި ދުއްވަން ގެންގުޅޭ ބައެއް. މުނާފިގުންގެ ކިބައިން އަޅަމެންނާ މިގައުމު ސަލާމަތްކުރައްވާށި.
ހިތްއުފާ
28 June 2021
އަންހެނުން ހިތާނުކުރުމަކީ ދީނުގައި ނެތް ކަމަކަށް ނުބުނެވޭނެ ކަމަށެވެ. އެހެން ވިދާޅުވެގެން ކޮންމެ ފަދަ އަދަބެއް ދިނަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަޅެ އިޔާޒު އެބައޮތްތަ ކުރަންޖެހޭ ކަމެކޭ ވިދާޅުވެ އެކަމަކަށް ހިތްވަރުދީފައި؟؟؟؟ އިލްމުވެރިންދެކެ ރުޅި އަޔަސް ތިޔައީ ބޮޑުވަރު،،
މަގޭ މިތުރާ ވިސްނާ
29 June 2021
ތި ކަމައް ދެން ކުރާ ސުވާލު މާ ގޯސްވެފަ އޮންނާނީ!އެކަމު އަހަން ޖެހޭ. އެހެނަސް އަހައިފިއްޔާ މި ދުނިޔޭގައި ހުރެވޭނެ ކަމުގެ ޔަގީން ކަން ނެއް ސުވާލު! ހަމަ ބުއްދި ހުރެގެން މިގައުމުގަ، މިވަގުތު ނޭހޭނެ ސުވާލު! ބޮޑު ސުވާލު! އެހެން ވިއްޔާ ތިބުނާ...؟
މުފީދު
28 June 2021
މިހަާރު ބިރުގަތީ ދޯ
ކޮމެންޓް1
28 June 2021
މިއީ މި މީހުން ކީއްކުރަން ހިލުވާލައިގެން އުޅޭ ވާހަކައެއްތަ؟ މުޖްތަމަޢުގެތެރޭގައި ޢާއްމުކޮށް ދައްކަން ލަދު ވާހަކަ ހުންނަންވާނެ.
ރިޕްލައީ
29 June 2021
ކަންކަމުގެ ވާހަކަ ނުދައްކާ ކަންކަން ހައްލެއް ނުވާނެ ބުރޯ
އަލީރާޖާ
28 June 2021
ނުބެލޭނެ. ތިއީ އެކައްޗެއް!
ބައި
28 June 2021
ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުނުވާކަންކަން އެކަންކަން ކޮންމެވެސް ދުވަސްވަރެއްގައި މުސްލިމުން ކޮށް އުޅުނު ނަމަވެސް އެއީ އިސްލާމް ދީނުގައި އޮތްކަމެކޭ ބުނެވޭނެބާ؟
ޙުސައިންބޭ
28 June 2021
މިހާރުގެ ގިނަ ޢިލްމުވެރިންގެ ޙިލްމު ނެތީމައާއި ދިވެހިބަސް ރަނގަޅަށް ނޭނގޭތީ ބުނާއެތި ބުނެވޭގޮތުން ދިމާވާ މައްސަލަ ތިޔަހުންނަނީ. ޑރ. އިޔާޒުވެސް އެބުނަނީ ގޯސްވާހަކައެއްނޫން. ބުނަންއުޅޭގޮތަށް ނުބުނެވިގެން އެއުޅެނީ.
ޗޮސްބެ
28 June 2021
އިޔާޒް ބުނަންއުޅޭއެތި ބުނެވޭނީ ކޮސްގޮވުން ހުއްޓާލާ ކުޑަކޮށް މައިތިރިވެގެން. ބޮލަށް ބޭސްކޮއްލީމަ ރަގަޅުވާނެ.
ވަހުތާން
28 June 2021
ގައުމުގައި އިސްލާމް ދީނާއި ދެކޮޅަށް ބާރުވެރިބަޔަކު ކުރަމުން ދާ ކަންކަމާއި ކުރިމަތި ލުމުގެ ބަ ދަލުގައި އަސާސެއްނެތް ކު ދިކު ދި ކަންކަމާ އަރާރުންވީމާ ކިހާ ދެރަ! މިބޭފުޅުން ހޭޖެހޭނީ ކޮންއިރަކުންބާ؟