21 ފެބުރުއަރީ 2021: ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއެކު އިރުއޮއްސޭ ގަޑިއަށް ބްރިޖު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
30 ޖޫން 2021 - 23:03
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހަކު ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
މިއީ ކޮވިޑްގެ ތިން ވަނަ ރާޅަށް ފަހު ކޭސްތައް މަދުވާން ފެށި ފަހުން މާލެ ސަރަހައްދުން އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން 13 މީހަކަށް ކޮވިޑް ޖެހުނަސް އަތޮޅުތަކުތެރޭގެ ކޭސްތައް 105 އަކަށް އަރާފައިވާ ކަމަށެވެ. މި ވަގުތު އެޑްމިޓް ކޮށްގެން ފަރުވާ ދެނީ ވެސް 28 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެ އިދާރާ އިން ބުނިގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 138 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، ގއ. ކޫއްޑޫން އެކަނިވެސް 13 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. ރިސޯޓުތަކުން ހަތް މީހަކު ޕޮޒިޓިވްވި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ ވަރު މިހާރު މަދުވުމާ ގުޅިގެން ސަރުކާރުން ވަނީ ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މާދަމާ އިން ފެށިގެން ލުއިކޮށްފަ އެވެ. އެގޮތުން ކާފިއު ނޫން ގަޑިތަކުގައި ފުލުހުންގެ ހުއްދަ ނެތި ބޭރުގައި އުޅުމާއި ކެފޭ/ރެސްޓޯރަންޓުތަކާއި ވިޔަފާރިތައް އަލުން ހުޅުވާލައިގެން ހިދުމަތް ދިނުމަށް ހުއްދަ ދިނުމުގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް ސަރުކާރުން ވަނީ ދީފަ އެވެ. ނަމަވެސް މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން ފަތިހު 4 އަށް އޮންނާނީ ކާފިއު އިއުލާންކޮށްފަ އެވެ.
ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުން މަދުވި ނަމަވެސް ބައެއް ރަށްރަށުގައި ކޮވިޑް ކޭސްތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަރޯ.
01 July 2021
އަދިވެސް ސަރުކާރުގެ އޮފީސްތައް ހުޅުވާކަށް ނުވޭބާ؟ ހުރިހާ އެންމެނަށް ވެކްސިން ޖަހައިގެން ނޫނީ މިކަމަށް ޙައްލެއް ނުލިބޭނެ. ރާއްޖެ ގެނައި އެތިކޮޅުވެސް ބަންގާޅީންގެ ގަޔަށް ޖަހާ ހުސްކޮށްފި. އަހަރެމެން މިތިބީ އަދިވެސް ދެވަނަ ޑޯޒްގެ އިންތިޒާރުގައި
ޅަހުއްތު
01 July 2021
ފޮނިކަމުން ވެކްސިންޖަހަން ނުދިޔައީނު. ކިހާވަރަކަށް ގޮވި އެކި އުމުރުތަކަށް ބަހާލައިގެން ވެކްސިންޖަހަން އަންނާށޭ.ވެކްސިން ޖަހަން ދިވެހިން ނުދިޔައީމަ ބަންގާޅީންނަށް ޖހަހަންފެށީ.
މިއަދުއީދު
01 July 2021
ކުރިން ދުވަހަކު އެޗްޕީއޭއިން ހަނދު ދައްކައިފި. އެހެންވެ މާލެއަށް މިއަދު އީދު.
ހުދުކާޅު
01 July 2021
13 އަކީ ޕީޕީއެމަށް ރަނގަޅު ފާލެއް.
ކޮލަމާފުށި
01 July 2021
ހިފެހެއްޓިޔަސް ނެތް ސަލާމަތެއް..ދޫކޮއްލިޔަސްނެތް ސަލާމަތެއް...
ހުސެންދީ
01 July 2021
މި 13 މީހުންގެ މައުލޫމާތު ސާފުކޮށް ދިނުން އެދެން. މިމީހުންނަށް ޒިޔާރަތްކޮށްގެން ނޫނީ ރަށަށް ދެވޭކަށް ނެތް.
ށަވިޔަނި
01 July 2021
الحمد لله އަދިވެސް ބަލައިގެން އުޅެންވީ. އަދަދު ދަށްވުމަކީ އާރާޅެއް ނުނަގާނެކަމުގެ ގެރެންޓީ އޮތްކަމެއްނޫން. މުޅި ދުނިޔެއަށް ބަލި ފެތުރުނީ އެއްފަހަރާ އެންމެނަށް ބަލިޖެހިގެނެއްނޫންކަން ހަނދާން ކުރަންޖެހޭ. މާލެއަށް އަދި އެހެންރަށްތަކަށްވެސް ބަލި ފެތުރުނީ ފުރަތަމަ ދެތިން މީހުނަށް ޖެހިގެން.
ކޮވިޑް އަހުމަދު
01 July 2021
މިމަހުލިބޭ ވެކްސިންކޮޅު ބާރު ސްޕީޑުގާ ޖަހަން ތައްޔާރުވަންވީ. ޖުލައި ސައްބީހިން ފެށިގެން ބަލި ޖެހޭމީހުން ގުނުން ހުއްޓާލަންވީ. އާންމުން މާސްކުއަޅާ ގައިދުރުކޮށް އުޅެން އާދަކޮށް ގޭގައި ތިބެން ބޭނުން މީހުނަށް ރައްކާތެރިކަމާ އެކު ތިބެވޭނެ އިންތިޒާމް ހަމަޖައްސާ، ހުރިހާ ކަމެއް ހުޅުވާލަންވީ. ކޮވިޑަވީ ނައްތާލެވޭނެ އެޗެއްނޫން. އުޅެން ޖެހޭނީ އެޔާ އެކުގަ. އަވަހަށް ދިރުއުޅުން ފަށަމާ ހިގާ.
އުދުހޭ
01 July 2021
ޓެސްޓްކުރީ ކިތަށް މީހުންކަން ނޭންގި އެއްޗެއް ބުނާކަށް ނޭންގޭނެ. މާލެއިން ޓެސްޓްކުރީ 13 މީހުންކަމަށް ވެއްޖެއްޔާ މީ 100% ޕޮސިޓިވްވުން، މީ ބިރުވެރިކަމެއް.
ތެދު
01 July 2021
ޢަވަހަށް އިންޑިޔާއަށް ބޯޑަރު ހުޅުވާލާ. ދެން އޮބިނޯންނަވަރުވީމަ އެންމެއަވަހަށް ކެފޭތަށް ބަންދުކުރޭ. ދެން މިސްކިތް.
އަހްމަދުބޭ
30 June 2021
ހިތްވަރު ކޮށްފަ އެންމެން ވެގެން ހިނގާބަލަ އެއްކޮށް ސާފުކޮށްލެވޭތޯ ބަލަން. އަދި ކުޑަ ހިތްވަރެއް ކޮށްލަމާ ހިނގާ!