03 ޖުލައި 2021 - 16:02
ފުލުހުންނަށް ހުށަހެޅި އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ ކުޑަކުދިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ ދެ އަހަރާއި މި އަހަރުގެ ފާއިތުވި ހަ މަސް ދުވަހު ރާއްޖޭގައި ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ފުލުހުން މިއަދު ވަނީ ހިއްސާކޮށްފަ އެވެ. އެ މައުލޫމާތުން އެނގޭ ގޮތުގައި މާލެ އާއި އަތޮޅުތެރޭގައި ވެސް، ކުޑަކުދިން އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.
މި އަހަރުގެ މިހާތަނަށް ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ 18 މައްސަލައެއް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު 77 މައްސަލައެއް އަދި 2019 ގައި 115 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މި ކޭސްތައް އެންމެ ގިނައީ މާލޭގަ އެވެ. ހަމައެކަނި މާލެ އިން މި އަހަރު ހަތް މައްސަލައެއް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު 37 މައްސަލައެއް އަދި 2019 ގައި 69 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ރަށްރަށުން މިދިޔަ އަހަރު 40 މައްސަލައެއް ހުށަހަޅާފައިވާއިރު، 2019 ގައި އެ އަދަދު ހުރީ 46 ގަ އެވެ. އަދި އަތޮޅުތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް އެންމެ ގިނައީ ކ އާއި ތ އަދި ރ އަތޮޅުގަ އެވެ.
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފާއިތުވި ދެ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި މި އަހަރުގެ އެހާތަނަށް ހުށަހެޅި ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް، ކުރިއަށް ވުރެ މަދެވެ.
ކުޑަކުދިން ހިމެނޭ ކުށްތަކުގެ ތެރޭގައި ދެން އެންމެ ގިނައީ ވައްކަމާއި އަނިޔާ އަދި އެކްސިޓެންޓުތަކުގެ މައްސަލަތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާސީ
04 July 2021
ޢަދިވެސް ކުޑަކުދިންގެ ހައްގުތަކޭކިޔާނެ މުޅި ގައުމު ހަލާކުވާއިރުވެސް ހައްގު ހައްގު ކިޔާލަ ކިޔާލާ މި ތިބެނީ ދެން މިގައުމުގެ މުސްތަގްބަލް ކުރިޔައް އޮތްގޮތްވިސްނާލަބަލަ
ޢާދަނުބެ
04 July 2021
ތިޔަ އެތެރެކޮށްފަ އެބައޮތް ބޭނުންވަރަކަށް ހަމަ ގުޅާލީ ބުނި ތާކަށް މަސްތުވާތަކެތި އެތެރެރެ ކުރުން ނުހުއްޓުވޭނެ ސަރުކާރުގެ ވެރިން ކުރާކަމެތް ކިހިނެތް ހުއްޓުވާނީ ފަޓަސް އެތެރެކުރުން ހުއްޓުވާނެ ސަބަބަކީ އޭ އެތެރެ ކުރަންބޭނުން ނުވާތީ
ޝޭޚް
04 July 2021
އެން.ޑީ.ސީ.ސީ ޗެއަރ ކުރައްވާ ނާއިބް ރައީސް ފައިސަލް ނަސީމަށާއި އަދި އެން.ޑީ.އޭ ބޯޑުގެ ޗެއަރ ޙަމީދު އަށް ހަމަ ސާބަސް.
ޖަމަލޭ
03 July 2021
މުޖުތަމައަކުން ފެންނާނެ އެންމެ ނުރައްކާތެރިކަންތަކެއް މިފެންނަނީ. މައިން ބަފައިންނަށް އެމީހުންގެ ދަރިން ރަގަޅުގޮތުގައި ބޮޑުނުކުރެވޭނަމަ، ނުވަތަ ގައުމުގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް އޮންނަ ސަޕޯޓް އެންޑް ރިހެބިލިޓޭޝަން ސިސްޓަމް މަސައްކަތްނުކުރާ ކަމުގެ ދެން ކުރާނެ ކަމެއްނެތް. ވީ އާ ޑޫމްޑް!