ޚަބަރު / އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖް

"އޭޑީސީ ނަގަންވީ އެއާޕޯޓު ތަރައްގީކޮށްފައި، ކުއްލިއަށް ނަގަން ތާއީދެއް ނޫން"

ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ބަޔަކު އައިއެންއައިއޭ އިން ނިކުމެގެން އަންނަނީ. އޭޑީސީ ނަގަންވީ އެއާޕޯޓު ތަރައްގީކޮށްފައި ކަމަށް ބައެއް މެމްބަރުން ވިދާޅުވި.. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންނާއި ބިދޭސީ ފަސިންޖަރުން އަތުން 25 ޑޮލަރު ނަގަންވީ އެއާޕޯޓް ތަރައްގީ ކުރުމަށް ފަހު ކަމަށާއި ކުއްލިއަކަށް މިހާރު އެ ފައިސާ ނަގަން ތާއީދުނުކުރައްވާ ކަމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން މިއަދު، ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.

އެ މެމްބަރުން ވިދާޅުވީ ނިކަމެތި ރައްޔިތުން އަތުން ފައިސާ ނެގުމަކީ ސަރުކާރުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މި ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ދިވެހިން އަތުން ވެސް އެ ފީ ނަގަން ތާއީދުކުރައްވާފަ އެވެ.

ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލު ފާސްވެއްޖެ ނަމަ، އައިއެންއައިއޭ އިން ރާއްޖޭން ބޭރަށް ފުރާ ދިވެހިންގެ އަތުން 37 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު ނަގާނެ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ނަގަނީ އެއާޕޯޓު ތަރައްގީކޮށް، ރައްޔިތުންނަށް ވަކި މުއްދަތެއް ދިނުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު ފައިސާ ނެގުމަކުން އެއީ މައްސަލައެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

"މި ފީ ނަގަން ފެށުމުން އެކަމުގެ އަސަރުކުރާނީ ނިކަމެތި ރައްޔިތުންނަށް. ދިރާސާތަކެއް ނުކޮށް ފީ ނެގުމަކީ ކުރަން ވާނެ ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭޑީސީ ނެގުމުގެ ކުރިން ދައުލަތަށް ލިބޭ ފައިސާ ހެޔޮ ގޮތުގައި ރައްކާތެރިކުރުމާއި ދެމެހެއްޓޭނެ ނިޒާމެއް ސަރުކާރުން ގާއިމްކުރަން ޖެހޭ ކަމަށެވެ.

ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި އާމްދަނީ އިތުރުކޮށް ގައުމުގެ ތަރައްގީއަށް ކޮންމެ ސަރުކާރުން ވެސް ވިސްނާނެ އެވެ. ނަމަވެސް ފީ ނެގުމުގައި އެއް މިންގަނޑަކުން އަމަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖެއަށް އާމްދަނީ ވަންނަ އެންމެ މުހިންމު އެއް ދާއިރާއަކީ ޓޫރިޒަމް އިންޑަސްޓްރީ އެވެ. ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަނީ ޓޫރިސްޓުން ރާއްޖެ އައުމުން ކަމަށް ވާއިރު، އެމީހުން އަތުން ނަގާ ފީތައް ބޮޑު ކުރުން ރަނގަޅުނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ބައެއް ރައްޔިތުން ރާއްޖޭން ބޭރަށް ދަނީ ވަރަށް ހާލުން ފައިސާ ހޯދައިގެން ކަމަށެވެ. އެހެންކަމުން އެމީހުން އަތުން 25 ޑޮލަރު ނެގުން އިންސާފުވެރިނުވާނެ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

"ބޭސް ފަރުވާއަށާއި ޗުއްޓީއަށާއި ބަންދު ދުވަސްތަކުގައި ރާއްޖޭން ބޭރަށް ދާ މީހުން އަތުން އޭޑީސީ ނަގަން ވާނީ ތަފާތު އަގުތަކެއްގައި،" އަނާރާ ވިދާޅުވި އެވެ.

"މި ކަންކަމަށް ރިއާޔަތްކޮށް އިންސާފުވެރި ގޮތެއްގައި އޭޑީސީ ނެގޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް."

ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާ ފަދަ ގައުމުތަކުން ވެސް އޭޑީސީގެ ގޮތުގައި ފައިސާ ނަގަމުން އަންނަ ކަމަށެވެ. ނަމަވެސް އޭޑީސީ ދިވެހިން އަތުން ނެގުމާ މެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި ޓެކްސް ދިވެހިން އަތުން ނަގާނެތޯ މިއީ ވިސްނަން ޖެހޭ ކަމެއް. މި ޓެކްސްއަކީ ރާއްޖޭގެ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ނެގޭ ޓެކްސްތަކަކަށް ވާން ޖެހޭނެ،" ޖަމީލް ދާޅުވި އެވެ.

މެމްބަރު ރަޝީދު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ޓްރާންސިޓް ފަސިންޖަރުން ހިމެނޭ ގޮތަށް އައިއެންއައިއޭ އިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ ގޮތުން އެއާޕޯޓު ސާވިސް ޗާޖުގެ އިތުރުން 25 ޑޮލަރުގެ މަގުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ނަމުގައި ފީއެއް ނެގޭނެ ކަމަށެވެ. ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނެގުމުން އިސްތިސްނާ ވާނެ ކަމަށް ބިލުގައިވެ އެވެ.

އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން ނިންމިއިރު، މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓްގައިވާ ގޮތުން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމުން، އަންނަ އަހަރު 565.8 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އޭޑީސީ ނެގުމާ ބެހޭ ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރަން ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ. މި ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 53 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލާ ދެކޮޅަށް 22 މެމްބަރުން ވޯޓު ދެއްވި އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޑުންތިބޭތި

24 November 2016

އޭޑީސީ ޗާރޖް ޖެހޭނެ ނަގަން އެއާރޕޯރޓް ތަރައްގީ ކުރުމުގެ ކުރިން. ކޯއްޗެކޭ ކިޔާ އޮޅުވާލަން ތޯ ތިޔާ އުޅެނީ އިދިކޮޅު ރަންރީނދުލޭ މެން. ތަމެންނަށް ނޫން އިނގޭނީ ކަންކަން ކުރަންވާ ގޮތް. މީ މަމެންގެ ސަރުކާރު އަދި މީ މަމެންގެ ގައުމު. ތަމެން މަޑުން ތިބޭތި. އެނޫން ނަމަ ޑިފަމޭޝަން ޖައްސާލެވިދާނެ އިނގޭ.

The name is already taken The name is available. Register?

ސިންތިލީ ވޫމް

24 November 2016

ރައްފުށު މީހުންގެ ބިމާއި ކަޑާއި ފަޅުތައް ބޭރުމީހުންނައް ވިއްކާލާގެން ލޯނުނާގާއިގެސް ހަދާ ތަން ތަނަކުން ރައްފުށު މީހުން އަތުން އިތުރު ޓެކުސްްއެނެގިގެން ނުވާނެ ތިޔަކަމާ ދިމާލަ އިދިކޮޅު. ތަނަ އަންނައް އުޅަދުފަހަރުން %1000 ޓެކުސްނަގާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454