ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިންް އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން 241 ކޮމިޓީން ހިންގި އިންކުއަރީގެ ރިޕޯޓް ފާސްކުރަން ރޭ ބައްދަލުވުމެއް ބާއްވަނީ. ރިޕޯޓް ސިއްރުކުރަން ކޮމިޓީން ފާސްކުރި. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.
08 ޖުލައި 2021 - 10:44
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުން ހިންގި އިންކުއަރީގެ ރިޕޯޓުން ބައެއް މައުލޫމާތު ސިއްރުކުރަން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ރޭ ނިންމައިފި އެވެ.
މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ވަށައިގެންވާ ގިނަ ކަަންތައްތަކެއް ފުޅާ ދާއިރާއެއްގައި ބެލުމަށް ފަހު، އެކުލަވައިލި ރިޕޯޓް ފާސްކުރަން ރޭ މެންދަމު ބޭއްވި ބައްދަލުވުުގައި 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ސިއްރުކުރަން ނިންމީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތު ކަމަށެވެ.
އިންކުއަރީ ރިޕޯޓާ ބެހޭ އެންމެ ފަހުގެ މަޝްވަރާތަށް ރޭ 11 ޖަހާކަން ހާއިރުން ފެށިގެން ކޮމިޓީން ކުރިއަށް ގެންދިޔައީ ވެސް ސިއްރުންނެވެ. އެ އިންކުއަރީއާ ގުޅޭ ގޮތުން މީގެ ކުރިން ބޭއްވި ބައްދަލުވުންތައް ވެސް ކުރިއަށް ގެންދިޔައީ އެގޮތަށެވެ. އެކަމަކު ރޭގެ ބައްދަލުވުން ވަކި ހިސާބަކުން މީޑިއާ އަށް ހުޅުވާލައި، ރިޕޯޓް ފާސްްކުރީ ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބައިގަ އެވެ.
ރިޕޯޓް އާއްމުކުރުމުގެ ބަދަލުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އަދި މަޖިލީހުގެ ރައީސް ނަޝީދާ ރިޕޯޓް ހިއްސާކުރަން ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް އަސްލަމް ރޭ ވިދާޅުވި އެވެ.
"ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް މި އިންކުއަރީގައި ހިމެނިގެން ދާނެތީ މި އިންކުއަރީ ރިޕޯޓަކީ ސިއްރު ރިޕޯޓެއްގެ ގޮތުގައި [ބާއްވަން އަޅުގަނޑުމެން ވާނީ ނިންމާފައި]،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ތިން ބާރުގެ ވެރިންނާ ރިޕޯޓް ހިއްސާކުރާއިރު، އެ ބޭފުޅުންނަށް ވެސް ބައެއް މައުލޫމާތު ސިއްރުކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރިޕޯޓު އަރުވާއިރު، އެއިން އުނިކުރާނެ މައުލޫމާތުތަކަކީ އަސްލަމް ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތާ ގުޅުން ހުރި، އަދި ހިނގަމުންދާ ތަހުގީގުތަކާއި މައުލޫމާތާއި ބައެއް މީހުންގެ ނަންތަކެވެ.
އިންކުއަރީގެ ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި ބާއްވަން ކޮމިޓީން ނިންމި ނަމަވެސް އެ ކަން އެގޮތަށް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވެސް އެގޮތަށް ފާސްކޮށްްގެންނެވެ. މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީއެއްގެ މެމްބަރުން އަދި އަމިއްލަ މެމްބަރުން ވެސް ތިއްބަވާ ކޮމިޓީގެ އެއްވެސް މެމްބަރަކު ރިޕޯޓް ސިއްރު ކުރަން އިއުތިރާޒެއް ނުކުރައްވަ އެވެ.
އެހެންވީމާ އެ ރިޕޯޓް ސިއްރުކުރަން ކޮމިޓީން ނިންމި ނިންމުމަށް ތަޅުމުގައި ބަދަލެއް ގެނެސްފާނެ ކަމަކަށް ނުބެލެވެ އެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު އޮންނާނެކަން ރިޔާސަތުން އިއްޔެ އިއުލާނުކުރި ނަމަވެސް ޖަލްސާ ބާއްވާނެ ވަގުތެއް އަދި އިއުލާނެއް ނުކުރެ އެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރު މިދިޔަ މަހު ނިމުމުން ދައުރު އިތުރުކުރަން ފާސްކޮށްފައި ވަނީ މިއަދާ ހަމައަށެވެ. އެކަމަކު މަޖިލީހުގެ ރިޔާސަތުން ނައިބު ރަައީސް އީވާ އަބްދުﷲ އިއްޔެ ވިދާޅުވީ މިހާރު ނިންމަން ހުރި މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި ދައުރު ދަންމައިލަން ޖެހިއްޖެ ނަމަ ރިޔާސަަތުން އެކަމަށް ހުށަހަޅުއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައި
08 July 2021
ދެން ތިތަހުގީގުގެ މައްޗަށް ބުރަވެ ފިޔަވަޅު އެޅުން ލާޒިމްކުރެވޭނެ ބާ؟ މިހެންމިބުނީ ރައްޔަތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާރާއަކަށް ނުވާތީ އެތަހުގީގުގެ މައްޗަށް ބިނާކޮށް ޕީޖީން ޝަރީއަތް ހިންގައިފާނެކަމުގެ ސުވާލުއުފެދޭތީ. މިހެންމިކަން އޮވެއްޖިއްޔާ ކޮބާތޯ ތީގެ ބޭނުމަކީ؟
ސިކުނޑި
08 July 2021
ރައީސުލްޖުމްހޫރިއްޔާއަށް ސިއްރުކުރަންޖެހޭ މައުލޫމާތެއް މަޖިލީހުގައި ހުރެގެންނުވާނެ! ލިބިގެންވެސް ނުވާނެ! އެމައުލޫމާތު ދިން މީހަކު ކުށްވެރިވާނެ!
އިބްރ
08 July 2021
މިހާރު ރާއްޖޭގައި އޮތް ރައްޔިތުންނެ މަޖިލީހަކީ ރޭގަނޑާއި ދުވާލު މަސައްކަތްކުރާ ތަނެއް. ދީނާއި ، މިނިވަންކަމާއި ، ސަލާމަތާއި ރައްކާތެރިކަމާއި މިހެންގޮސް ކިޔާނެކަމެއްނެތް. ރަނގަޅު އެއްކަމެއްވެސް އެބައޮތްތޯއެވެ؟ ހުސް ތަޙްޤީޤް.
އިބްރ
08 July 2021
ކޮބައިތަ ދެފުއް ފެންނަ ސިޔާސަތު؟ ތިޔަ ކަމުން ސަލާމަތްވެވޭވަރު ވިބާ؟
އެކްސްްް
08 July 2021
ލަސްތަކެއް ނުވެ، ބޮޑު ވަޒީރާއި އެކްޓިވިސްޓް ކުދިންކޮޅު ތިރިޕޯޓުން ސިއްރުކޮށްފައިވާ ބައިތަކާއެކު ހާމަކުރަން ގޮވާލާނެ.
އަބުދުލް ޤާދިރު
08 July 2021
ސެކިއުރިޓީ ކިތައްމެ ވަރުގަދަ ކުރިޔަސް އެކަމެއް ނިމެން އޮތްގޮތަކަށް އެކަމެއް ނިމިގެން ދާނެ ކުރެވެނެ އެއްކަމެއް ވެސް ނޯއްނާނެ.
ދޮންބެއަލީ
08 July 2021
ނަމުން ޑިމޮކްރަސީ ކަމުން ހުރިހާ އެއްޗެއް ސިއްރު އެންމެފަހުން ރައީސް އަށް ވެސް ސިއްރުވާނެކަމަށް މިވީ..