ދުނިޔެ / އިގިރޭސިވިލާތް

އިނގިރޭސި ވިލާތުން ދޭ ލުއިތަކަކީ ބޮޑު ނުރައްކަލެއް: ސައެންސްވެރިން

09 ޖުލައި 2021 - 11:51

1 comments

ލަންޑަން (ޖުލައި 9) - އިނގިރޭސި ވިލާތުގައި ކޮވިޑް-19ގެ ވަބާ އިން ރައްކާތެރިވުމަށް އަޅާފައިވާ ފުރަބަންދުގެ ހިފެހެއްޓުންތައް ދޫކޮށްލުމަށް، އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ، "ވަރަށް ނުރައްކާތެރި އަދި އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަމެއް" ކަމަށް ބުނެ ގިނަ އަދަދެއްގެ ސައެންސްވެރިން ނުރުހުން ފާޅުކޮށްފި އެވެ.

އެ ގައުމުގެ ސައެންސްވެރިންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެން ދާއިރާތަކުގެ 4،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، ލަންސެޓް މެޑިކަލް ޖާނަލްގައި ޝާއިއުކުރި ސިޓީއެއްގައި، އިނގިރޭސި ސަރުކާރަށް ގޮވާލާފައި ވަނީ، އެ ނިންމުން އަނބުރާ ގެންދިއުމަށް ފަހު، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި ތި ނިންމުމަކީ ވަރަށް ނުރައްކާތެރި، އަދި ފުރިހަމަ ނުވާ ނިންމުމެއް. އިނގިރޭސި ސަރުކާރުން މިހާރު ތި ގެންގުޅޭ ސިޔާސަތާ މެދު، ސަރުކާރުން އަލުން ވިސްނަން ޖެހޭ. އަދި ކުޑަކުދިން ވެސް ހިމެނޭ ގޮތުން، އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. އަހަރެމެން ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިހާރު އެ ވަންނަނީ ނުރައްކާތެރި އަދި އަހުލާގީ ގޮތުން ވަރަށް ދަށް ފެންވަރުގެ ތަޖުރިބާކުރުމެއްގެ ތެރެއަށް،" ލާންސެޓް މެޑިޖަލް ޖާނަލްގައި ޝާއިއުކުރި ސިޓީގައިވެ އެވެ.

މީގެ އިތުރުން، އެ ސިޓީގައި އިނގިރޭސި ސަރުކާރަށް ގޮވާލާފައި ވަނީ، މި މަހުގެ 19 ވަނަ ދުވަހު، ފުރަބަންދުގެ ހުރިހާ ހިފެހެއްޓުންތަކެއް ދޫކޮށްލުމުގެ ބަދަލުގައި، ގައުމުގެ ވެކްސިންޖަހަން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖަހައި ނިމެންދެން، އެކަން ފަސްކޮށްލުމަށެވެ. އޭގެ އިތުރުން، އާންމުކޮށް ހުޅުވައިލާއިރު ވެސް، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލާޒިމުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

އޭގެ ތެރޭގައި، ސްކޫލްތަކުގައި ރަނގަޅަށް ވައި ދައުރުވާނެ އިންތިޒާމެއް ހަމަޖެއްސުމާއި، ދުރުގައި ދަރިވަރުން ތިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުން ވެސް، ބަންދު ތަންތަނުގައި އެއްވެ އުޅޭއިރު މާސްކް އެޅުން ހިމެނެ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ސްކޫލަށް ދާ ދަރިވަރުން ގައިދުރުކަން ބެހެއްޓޭނެ އިންތިޒާމެއް ހަމަނުޖައްސައި އަދި އެ ކުދިންނަށް ވެކްސިން ނުދީ، ފުރަބަންދުގެ ހިފެހެއްޓުންތައް ދޫކޮށްލައި އާންމު ދިރިއުޅުގެ ހާލަތަށް އެނބުރި ދިޔުމަކީ، ގިނަ ކުދިންތަކަކަށް ކޮވިޑް ޖެހުމަށް ސަރުކާރުން ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.

"މިއީ އަހުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ ކަމެއް. އަދި މިއީ ގަބޫލުކުރެވޭނެ ކަމެއް ވެސް ނޫން. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަހަރެމެންގެ ތުއްތު ކުދިން ވަރަށް ބޮޑު ވޭނެއް ތަހައްމަލުކޮށްފި. ދެން އަނެއްކާ އެ ކުދިން މި ކުރިމަތިލާން ޖެހެނީ، ސަރުކާރުން މި ކުރަން އުޅޭ ނުރައްކާތެރި ތަޖުރިބާގެ ނަތީޖާތަކާ،" އެ ސިޓީގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖެއްސި، ކުއީން މޭރީ ޔުނިވަސިޓީގެ ވަބާތަކާ ބެހޭ ތަޖުރިބާކާރު ޑރ. ޑީޕްތީ ގުރްދަސާނީ ވިދާޅުވި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް މި މަހުގެ ތެރޭގައި ދޫކޮށްލައްވާނެ އެވެ. އޭނާ ވިދާޅުވީ ޖުލައި 19 ވަނަ ދުވަހަކީ "މިނިވަން ދުވަސް" ކަމަށެވެ. ޖުލައި 19 ވަނަ ދުވަހު، އިނގިރޭސި ވިލާތް މުޅިން ހުޅުވައިލުމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ، ކޮވިޑްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ބެލުމަށް ފަހު ޖުލައި 12 ވަނަ ދުވަހު އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޅިބައިސާ

09 July 2021

މަރުހަބާ ބޮރިސް. މި ރޯގާއާ އެކީ ދިރިއުޅެންވި. ބަޔަކު މުއްސަނދި ވިއަސް ރައްޔިތުން ހަނާވެ ނިމިއްޖެ. ތިޔަ ނިންމުމަށް މަރުހަބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454