މިހާރު ރާއްޖޭގެ މުޅި ޖުމްލަ އާބާދީ އަކީ 568،362 ކަމަށް ލަފާކުރެވޭ. އޭގެ ތެރެއިން 182،666 މީހުންނަކީ ބިދޭސީން
2019 ވަނަ އަހަރު އަލުން ރަޖިސްޓްރީވާން ގަލޮޅު ދަނޑަށް ބިދޭސީން ޖަމާވެފައި: ގަވާއިދާ ހިލާފަށް ބިދޭސީންނަށް އުޅެވޭ ގޮތް ވުމަކީ ބޮޑު މައްސަލައެއް.-- ފައިލް ފޮޓޯ / މިހާރު
12 ޖުލައި 2021 - 14:31
ރާއްޖޭގައި އުޅޭ މީހުންގެ 32 ޕަސެންޓަކީ ބިދޭސީން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްގެ މިއަހަރުގެ ޕްރޮޖެކްޝަންތަކުން ދައްކައިފި އެވެ.
ދުނިޔޭގެ އާބާދީގެ ދުވަހާ ދިމާކޮށް އިއްޔެ އެ ބިއުރޯ އިން އާންމުކުރި އެންމެފަހުގެ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ މުޅި ޖުމްލަ އާބާދީ އަކީ 568،362 ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދަކީ 182،666 އެވެ.
ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. އަންހެނުން ހިއްސާވަނީ އެންމެ އަށް ޕަސެންޓެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ ދެ ލައްކައާ ގާތްކުރާއިރު، އެންމެ ގިނައީ ރާއްޖެ އަށް މަސައްކަތު އައިސް އުޅޭ ބިދޭސީންނެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުތަކާ ހަވާލާދީ ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ އަކީ 138،728 އެވެ.
ބިދޭސީ މަސައްކަތްތެރިންގެ އާބާދީގައި އެންމެ ގިނަ މީހުން މަސައްކަތްކުރަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގަ އެވެ. އެއީ 38 ޕަސެންޓް މީހުންނެވެ. ޓޫރިޒަމް އިންޑަސްޓްރީގައި 18 ޕަސެންޓް މަސައްކަތްކުރާ އިރު، ވިޔަފާރި އާއި ހޮޓެލް ރެސްޓޯރެންޓް އިންޑަސްޓްރީގައި 16 ޕަސެންޓް ހިއްސާވެ އެވެ. އަދި ބާކީ 28 ޕަސެންޓް މަސައްކަތްކުރަނީ އެހެނިހެން ދާއިރާތަކުގަ އެވެ.
މުޅި ޖުމްލަ ބިދޭސީންގެ އާބާދީ އާއި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ އަޅާކިޔާއިރު، އެއްވެސް މަސައްކަތެއް ނުކުރާ ނުވަތަ ގަވާއިދާ ހިލާފަށް އުޅޭ ނުވަތަ ރާއްޖޭގައި މީހުންނާ އިނދެގެން އުޅޭ އަދި އެހެނިހެން ކަންކަމުގައި އުޅޭ ބިދޭސީންގެ އާބާދީ މިހާރު ހުރީ 43،000 އިން މަތީގަ އެވެ.
ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މަދުކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އިމިގްރޭޝަން ގުޅިގެން މިދިޔަ އަހަރު ވަނީ "ރެގިއުލައިޒޭޝަން" ގެ ނަމުގައި ބޮޑު ޕްރޮގުރާމެއް ވެސް ހިންގައިފަ އެވެ. ސެޕްޓެމްބަރު 2019 ގައި ހުޅުވާލި އެ ފުރުސަތުގައި ވެސް 40،000 ވުރެ ގިނަ ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އެމްބަސީތައް މެދުވެރިކޮށް އެ ބިދޭސީންގެ ލިޔެކިޔުން ހޯދާ ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތާއި އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ވެސް އިކޮނޮމިކް މިނިސްޓްރީން ދިނެވެ. މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ފުރަތަމަ ގޯސްވި ދުވަސްވަރު، ދައުލަތުގެ ހަރަދުގައި އޭގެ ތެރެއިން ވަރަށް ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ވެސް ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީނާ
13 July 2021
މުޅި ދިލްބަހާރުމަގުގަވެސް ބިދޭސީންނާއި އެމީހުންގެ ފިހާރަތަށް. މަގުގަ ދެފަރާތުގައި ތިބެ ދުން އަރުވަމުން މަގަށް ކުޅުތަނަން ތިބޭނެ.
އެފް
13 July 2021
އެނގިތިބެ އަނދަވަޅަކަށް މިއޮށް ވެއްޓެނީ އެވެ. ގައުމީސަލާމަތާ މުޖުތަމައުގެ މަސްލަހަތަށް އޮތް އެންމެ ބޮޑުނުރައްކަލެވެ. އެބުނާގޮތަށް މަކަރާ ހީލަތްފަސްކޮށް ގައުމާއިގެން ކުރިޔަށް ދެވޭނެގޮތެއް ހޯދަން އެބަޖެހެއެވެ. ހޭލުންތެރިކަން އިތުރުކޮށް ތައުލީމީ ނިޒާމުގެތެރެއަށް ވޮކޭޝަނަލް، ސޯޝަލް ޑެވެލޮޕްމެންޓް އަވަހަށް އިތުރުކުރަންވީއެވެ. ތަރައްގީވެފައިހުރި ގައުމުތަކަށް ބަލަމާހެވެ؟
23ވަނަކޮމެންޓް
13 July 2021
4 ލައްކަ ހަމަނުވާ ދިވެހިންގެ ކުޑަކުޑަ އާބާދީގެ ތެރެއިން ގެދޮރުހުރި މީހުން ވަކިން ބަލާފަ ގެދޮރު ނެތިގެން އުޅޭ އާއިލާތައް ވަކިން ދެނެނުގަނެވިގެން އެހާ އުނދަގޫވެގެން މިއުޅެންޖެހެނީ ދެން ކީއްވެބާ؟
ދީވާ
13 July 2021
ތި ހިސާބު ތީ އޮޅުވާލަން ހާމަ ކުރި ހިސާބެއް! މި ރާއްޖޭގަ މަދުވެގެން 250000 ބަންގާޅިން އުޅޭނެ! ދެން އެހެން ގައުމުތަކުގެ 40000ވަރު އުޅޭނެ އެހެންވީމަ ޖުމްލަ 290000 ވަރު ބިދޭސީން ތިބޭނެ! ދިވެހިންނަށް ވުރެން ބަންގުން ގިނަ ވާނެ! ރިސޯޓް ތަކުގަ ވެސް ގިނައީ ބަންގުލަދޭޝް ރައްޔިތުން! ދިވެހިން ތިބީ ބާކީކޮށްފަ، ހާއްސަކޮށް ދިވެހި ކުންފުނި ތަކުން ހިންގާ ރިސޯޓް ތަކުގަ ދިވެހި މުއައްޒިފުން މަދު
ކޯޑިނޭޓަރ
13 July 2021
ސިފައިންނަށް ކައްކަނީ ވެސް ބިދޭސީން. މިއީ ވަރަށް ބިރުވެރި ކަމެއް. މަޖްލިހުން ކޮމެޓީއެއް ހަދައިގެން މިކަމުގެ ސަބަބުން ނޭޝެނަލް ސެކިޔުރިޓީ އަށް ހުރި ތްރެޓް ބަލާ ދީ ބަލަ.
ކޮރަލް
12 July 2021
ގަވާއިދާ އެއް ގޮތައް އުޅޭ މީހުންނަށް ވުރެ ރާއްޖޭގަ ގަވާއިދާ ހިލާފައް އުޅޭ މީހުންގެ ހައްގުތައް ގިނަ އެވެ. ކުއްވެރި ވިއަސް އެމީހުންނަށް ދެވޭނެ އަދަބެއް ނެތެވެ. ޖެހެނީ ދޫކޮށްލާށެވެ.
އަލީމު
12 July 2021
ބިދޭސީންނަށް އަދި ހާއްސަކޮށް ބަންގްލަދޭޝްކުދިނަށް ކަމޭހިތަން. އެކުދިންނަކީ މުޅިގައުމު ބިނާކުރާކުދިން. އެކުދިންނަށް ރައްޔިތުންނަށްވެވޭނެ މަގެއް ކޮށުން މުހިއްމު. ދިވެހީންވެސް އެހެންގައުމު ތަކުގެ ޕާސްޕޯޓާއި ޕީއާރުހޯދާ ފަދައިން ބޭރުމީހުނަށްވެސް އެފުރުސަތުދޭންޖެހޭނެ. ދޫކުރަންޖެހޭނެ.
ފޭކް އެކައުންޓް1
13 July 2021
ނުޖެހޭނެ ދޭކަށް
ބޯގޯސް އަފީފް ކުރަފިކަތިލައިގެން ހޯދި ދީދީ
12 July 2021
ތިހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ދިވެހި އާބާދީއަކީ 370 ހާސް. ކުޑަކުދިން އުނިކުރުމުން އާބާދީއަކީ 185 ހާސް. މީގެ ދެބައިކުޅައެއްބަޔަކީ އަންހެނުން. އެހެންވީމަ ދިވެހި ބޮޑެތި ފިރިހެނުންގެ އާބާދީ އަކީ 93 ހާސް. މާނަޔަކީ ރާއްޖޭގެ ބޮޑުވެފައިހުރި ކޮންމެ ފިރިހެން ދިވެއްސަކަށް ބިދޭސީ 2 ފިރިހެނުން ރާއްޖޭގައި އުޅެއޭ އެބަ. ރާއްޖޭގައި އުޅޭ ބިދޭސީންގެ 90 އިންސައްތައްކީ ބަންގާޅީން.
މުހައްމަދު..
12 July 2021
ދުނިޔޭގައި އެއްވެސް އިރަކު އެއްވެސް ގައުމެއްގައި ޕިއޯ ނަސްލެން ނެތް. މަސްހުނިވެ އާ ގަބީލާތައް އުފެދޭ. އަނެއް ގަބީލާތަކުގެ ބަސްތަކާ ސަގާފަތްތައް ނެތިގެންދޭ. އެންމެންނަކީވެސް އާދަމް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅު. ރާއްޖެ އިސްލާމްވިއިރުވެސް އަދި ފަހުންވެސް ރާއްޖޭގައި ބައިވަރު އެކި ނަސްލުތަކުގެ މީހުން އުޅެފަވޭ.
ބޯގޯސް އަފީފް ކުރަފިކަތިލައިގެން ހޯދި ދީދީ
12 July 2021
ތިޔަށްވުރެން ބަންގާޅީން ގިނަ. ބިދޭސީންނެކޭ ކިޔާކަށް ނުޖެހޭނެ. މަދު މީހަކު އުޅެނީ އެހެން ގައުމުތަކުގެ. ރާއްޖޭގެ 20 އަހަރާއި 50 އަހަރާ ދެމެދުގެ ފިރިހެން އާބާދީ އަށް ބަލައިފިނަމަ އެއުމުރު ފުރަައިގައި ދިވެހިންނަށްވުރެން ބަންގާޅީން ގިނަވާނެކަން ކަށަވަރު. މިހާރުވެސް މަގުމަތިން ފެންނަ ކޮންމެ 1 ދިވެއްސަކަށް 10 ބަންގާޅީން ފެނޭ. ރަނގަޅަށް މާލޭ މަގުމަތި ބަލާލާ.