ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ---ފައިލް ފޮޓޯ: މިހާރު
15 ޖުލައި 2021 - 13:00
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
އީސީން ބުނީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއަށް ދީފައިވާ ކަމަށެވެ. އުޝާމަކީ ނާޒިމްއާ ދެބެއިންގެ ދެ ދަރި ބޭފުޅެކެވެ.
ޕާޓީ އުފައްދަން ހުއްދަ ދިންކަން ހާމަކޮށް އިލެކްޝަނުން ކުރި ޓްވީޓާ އެކު އުޝާމް ވިދާޅުވެފައި ވަނީ އެމްއެންޕީ އަކީ ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމްދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ގުޅިގެން އުފައްދަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
"އުންމީދަކީ މާ ލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީކުރުމަށް ކުރަން ޖެހޭ ކަންކަން ކޮށް ނިންމުން،" އުޝާމް ވިދާޅުވި އެވެ.
ނާޒިމް އާއި ރިޔާޒް މީގެ ކުރިން ތިއްބެވި ޖުމްހޫރީ ޕާޓީން އެ ދެ ބޭފުޅުން ދާދި ފަހުން ވަނީ ވަކިވެވަޑައިގެންފަ އެވެ. އެ ޕާޓީގައި ދެން ހިމެނޭ ތިން މެންބަރުންނަކީ ވަކި ޕާޓިއަކަށް ނިސްބަތް ނުވެ، އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންނެވެ.
އަލަށް މި ހަދާ ޕާޓީގެ ލީޑަރުގެ މަގާމަށް އައްޔަންކުރާ މީހަކަށް އެ މަގާމުގައި ހުރެވޭނީ ގިނަ ވެގެން ދެ ދައުރުގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެ ނިންމުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި މިހާރު ގެންގުޅޭ "ކަލްޓް" އުސޫލު ނުވަތަ އަބަދުވެސް އެއް ލީޑަރެއްގެ ފަހަތުން ޕާޓީ އާއި މެމްބަރުން "ދުވުމުގެ" ވިސްނުން ކަނޑުވައިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމްގެ ޕާޓީ ވުޖޫދަށް އައިސްފި ނަމަ އެ ޕާޓީ ވާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިހާރު ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް ހިންގާއިރު، އެންމެ ފަހުން ރަޖިސްޓަރީ ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އެވެ. އެމްއާރުއެމް ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގަ އެވެ.
މަޖިލީހުގެ ފަސް މެމްބަރުންނާއެކު، ނާޒިމްގެ ސިޔާސީ ޕާޓީ ވުޖޫދަށް އައިސްފި ނަމަ، މަޖިލީހުގައި ތިންވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އަަކަށް ވާނީ އެ ޕާޓީ އެވެ. މަޖިލީހުގައި 65 މެމްބަރުންނާއެކު ސުޕަ މެޖޯރިޓީ އެމްޑީޕީ ދަމަހައްޓާއިރު މިހާރު ދެވަނަ އަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު ޕީޕީއެމެވެ. ނަމަވެސް ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ތިން މެމްބަރުން އެއްކޮށްލުމުން އެ ކޯލިޝަންގެ މެމްބަރުންގެ އަދަދު ނުވަ އަކަށް އަރަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ މެމްބަރުންގެ އަދަދަކީ މިހާރު ހައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
16 July 2021
ސިޔާސީޕާޓީގެ ޤާނޫނަށް އިސްލާޙްގެނެސް 2000 މީހުނާއިއެކު ޕާޓީ ރެޖިސްޓްރީކުރެވޭގޮތްހަދާ ޕާޓީދަފުތަރަށް ދައުލަތުން ފައިސާދޭއުސޫލު އުވާލަންޖެހޭ. # އަދި ފައިސާދޭނެއުސޫލަކީ ޕާޓީގެފަރާތުން އިންތިޙާބުތަކުގައިވާދަކޮށް ކާމިޔާބުކުރާ ރައްޔިތުންވޯޓްދޭ ގޮނޑިތައްކަމުގައި ކަޑައަޅާންޖެހޭ. މިގޮތުން ރައީސްގެ ގޮނޑިއަށް 5 މިލިޔަން، ނައިބްރައީސަށް 2މ މަޖިލިސްމެންބަރުންނާއި ސިޓީމޭޔަރަށް 1މ އަތޮޅުކައުންސިލް ރައީސަށް 5 ލައްކަ އަދި ކައުންސިލަކަށް 50 ހާސް ކަމުގައިހަދާންވީ.
Happy 123
15 July 2021
މަވެސް އނޕ??
ސިކުނޑި
15 July 2021
ނާޒިމަކީ ހިންގުންތެރިއެއް! ޕާޓީއަކަށް ސޮއި ކުރާނަމަ ކުރާނީ އެމްއެންޕީއަށް!
ާއުނިމާ
15 July 2021
ދެން ޖޭޕީގައި ކިތަން މެންބަރުންތޯ އޭރުން ތިބޭނީ؟
ކަލަމިންޖާ
15 July 2021
ހިތާނީ ސީޒަން ގޮތަށް ކޮންމެ 4 އަހަރަކުން 1 އަހަރު ޕާޓީ ސީޒަން އަންނާނެ މިރާއްޖޭގަ!
ހޯނޭ
15 July 2021
ކަލޭ މެނަކަށް ތިކަމެއް ނުވާނެ ބުރޯ
ާއުނިމާ
15 July 2021
މިހަރުވެސް 3000 މެންބަރުން ހަމަކޮށްފި، ތިމަރަފުށްޓާއި، ދަގެތި ހިމަނައިގެން! ރިޔާޒާ ނާޒިމަކީ ދެ ވިޔާފާރިވެރިން، ސަލާމަތީ ބަރުތަކުގައި މަސައްކަތްކުރިއިރު ހިންގުމުގެ ހުނަރާއި ލީޑާޝިޕްގެ ކޯސްތައްވަނީ ދުނިޔޭގެ ބޮޑެތި ގަައުމުތަކުން ހަދާފަ! ކަންކަންކުރަން ދަންނަބަޔެކޭ! ފޯރިގަދަވާނެކަމަށް ބެލެވެނީ
ނަންނުގަތި1
15 July 2021
ކޮންތާކު! އަދި 500 ވެސް ހަމަނުވޭ. ހުސް ދޮގު.
ޕްރޭމް
15 July 2021
އެއްލަކަމީހުން ހަމަކުރިޔަސް ގައުމީކުލުނެނެތް ވަތަނީ ލޯތްބެނެތް ވަފާތެރިކަމެނެތް އިޙްލާސްތެރިކަނެތް ބައެއް އެކުވެގެން ކުޅިފާރޮށި ޕާޓީއެއް ބޭއްވިޔަސް އަހަރެމެން ހިތަކަށްނާރާ އަހިވަކެކޭވެސް.މަޖުލިހުގަ މިދެއަހަރު ފާސްކުރިބިލުތަށް ނިންމިއިރު ދައުލަތާ ރައްޔިތުންނާ ދީނާށް ގެއްލުވާބިލަކަށް ބަހެއް ނުބުނެވުނު.ކޯލިޝަން މެމްބަރުންނަވީއިރު ގައުމުގެ މިނިވަންކަންގެއްލިނިމުނީ ބަހެއްނުބުނެވުނެ..ދެން 2023ގަ ދެންކޮންގައުމަކަށްބާ ޙިދުމަތްކުރަންމިއުޅެނީ..
ކޮމެންޓްތަ
15 July 2021
ނާޒިމް އައް ހިއްވަރެއް! ތިބޭފުޅާ އައް މިކަން ވާނެ! ކުރެވޭނެ. ކޮޅެއްގަ ޖައްސާތި! ތެދުވެރި ވާތި. ވަގުންގެ ގްރޫޕް އާ ބައިއަތު ނުހިފާތި!
ހަހަހަހަ
15 July 2021
ނާޒިމް އަކީ ކިހާ ތެދުވެރިއެއް ކަން އޭނަ ދަންނަ މީހުނަށް ރަގަޅަށް އިގޭނެ.
ޙަހާސް
16 July 2021
އަރުތޫރު ހަނދާންވޭތަ
މިހަގެ
15 July 2021
ކިހާ ދެރަމަކެއް ތި ޕާޓީ ނިޒާމް އުވައިލާ. ކައުންސިލްތައްވެސް އުވައިލަންވީ. ރައީސް އައްޔަންކުރާ މެމްބަރެއް ކައުންސިލްގަ ބެހެއްޓީމަ އެ ނިމުނީ. ރައީސްގެ ދައުރާއެކު ދައުރު ހަމަވާގޮތައް. މަޖިލީސްވެސް އުވައިލަންވީ. ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކޮށްގެން ނޫނީ މި ޤައުމު ތަރައްޤީ އެއްނުވާނެ
ބާޢީންގެޕާޓީ
15 July 2021
ބާޢީން ޣާޒީންނަށް ވިޔަސް ވޯޓް ނޮލިބެނީ
ގައުމީ
15 July 2021
ތިހެން ގޮވާ އަޑުގަ ދަކޮށްގެން ހުރިހާ ދުވަހު ކާމިޔަބެއް ނުވާނެ. ހަގީގީ ބާޣީންނަކީ ގައުމުގެ ވެރިންނަށްވެ ތިބެ ސިފައިންނާ ފުލުހުންނާ އަދި ފުލުހުންނާ ރައްޔިތުންނާ ޖެހޭގޮތަށް ކަންތައްކުރި މިހުން. ނާކާމިޔާބުވިމާ ހަގީގަތް އޮޅުވަން ދިމާކުރީ. ތަހުގީގުތަކުންވެސް ވީ ފެއިލް.
ާއުނިމާ
15 July 2021
ލިބޭނެ،ލިބޭނެލިބޭނެލިބޭނެލިބޭނެލިބޭނެލިބޭނެލިބޭނެލިބޭނެ
ބިލާލް
15 July 2021
އުމަރު 2023