ލައިފްސްޓައިލް / މީހުން

ޝިހާބު: ސައުދީގެ ދިވެހި ޝެފް

ރާއްޖެ އިން ބޭރުގައި އުޅޭ މަދު ޝެފުންގެ ތެރެއިން އެކަކީ އާދަމް ޝިހާބެވެ. ރިސޯޓެއްގެ ބަދިގޭގެ އާދައިގެ ވަޒީފާއަކުން އުމުރުން 16 އަހަރުގައި ޝިހާބު ފެށި ދަތުރުގެ ތެރެއިން އޭނާ ގެންގޮސް މިހާރު ބަނދަރުކޮށްފައި ހުރީ ސައޫދީ އަރަބިއްޔާގަ އެވެ. އޭގެ ކުރިން އެމެރިކާ އާއި އިޓަލީ އާއި އިންޑޮނީޝިއާ ފަދަ ގައުމުތަކުން ކެއްކުމުގެ ތަމްރީނު ހޯދައި، އެ ދާއިރާ އިން ޝިހާބް ގިނަ ތަޖުރިބާތަކެއް ހޯދާފައިވެ އެވެ.

އާއިލާއާ އެކު ސައުދީގައި ދިރިއުޅެމުން އަންނަ ޝިހާބަު ޝެފެއްގެ ވަޒީފާ އަދާކުރަނީ އަލް ޚޯބަރްގައި ހިންގާ ރެސްޓޯރަންޓް "ވެނިލް" ގަ އެވެ.

މިކަމާ ބެހޭ ގޮތުން ޝިހާބް ވަނީ އެސްކްއާ މަޖައްލާގެ މެދުއިރުމަތީ އެޑިޝަނަށް ހާއްސަ އިންޓަވިއުއެއް ވެސް ދީފަ އެވެ. އޭގައި ޝިހާބް ވަނީ އޭނާ ޝެފަކަށް ވާން ކުރި މަސައްކަތުގެ ވަރަށް ގިނަ ވާހަކަތަކާއި ލިބުނު ކުރިއެރުންތަކުގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ.

ކެއްކުމުގެ ދާއިރާ އިން، ވަކިން ބޮޑަށް ބޭކިން އާއި ފޮނިކާ އެއްޗިއްސަށް ޝައުވެރިކަންދޭ ޝިހާބް ބުނި ގޮތުގައި އޭނާ އަކީ އަބަދު ވެސް ކެއްކުމުގެ ތެރެއަށް އަމިއްލަ ފާޑުވެރިކަން ގެންނަން ލޯބިކުރާ މީހެކެވެ. އެހެންވެ މަޝްހޫރު ޝެފުންގެ ކެއުންތައް ނަކަލުކޮށްގެން ކަސްޓަމަރުންގެ ރުހުން ހޯދުމަށް ވުރެ ބޮޑަށް އަބަދު ވެސް އިސްކަން ދެނީ އަމިއްލަވަންތަ ކަމަށެވެ.

"ސައުދީގައި މިހާރު މަސައްކަތްކުރަމުން އަންނަ އިރު އަހަރެން އަބަދު ވެސް ބަލަނީ ތަފާތު އަމިއްލަ ރަހަތަކެއް ފޯރުކޮށްދެވޭތޯ. އެގޮތުން ދިވެހި ރަހަތަކާއި ދުނިޔޭގެ އެހެން ތަންތަނުގެ ކެއުންތައް ވެސް ތައްޔާރުކުރަން. އެކަމަކު އަމިއްލަ ޓަޗް ގެނެސްގެން،" އޭނާ ބުންޏެވެ.

ކުޑައިރު މާމަ އާ އެކު ރަށުގައި އަލުވި ހައްދަން އުޅުނު ވާހަކަ އާއި ރިސޯޓެއްގެ ބަދިގޭގައި އާދައިގެ ބޯއިއަކަށް އުޅުނު ހަނދާންތައް މާޒީގެ ތެރެއަށް ދޫކޮށް، ޝިހާބް މިހާރު ހުރީ، ހިތްހަމަޖެހޭ ހިސާބެއްގަ އެވެ.

މިދިޔަ އަހަރު އޭނާ "އައިލެންޑާ ޝެފް"ގެ ނަމުގައި ފޮނިކާތަކެއްޗަށް ހާއްސަ ފޮތެއް ވެސް ނެރުނުވެ. އެކަމަކު މިހާރު ފޮތުގެ ފެންވަރާ މެދު އަމިއްލަ އަށް ހިތްހަމަނުޖެހޭތީ އޭގެ އިތުރު އެޑިޝަނެއް "އައިލެންޑާ ޝެފް: ގްލޯބަލް އެޑިޝަން"ގެ ނަމުގައި ނެރެން ވަނީ ނިންމައިފަ އެވެ.

"މިއަށް މި ފަހަރު ހޯދާނަން އިންޓަނޭޝަމަލް ޝެފުންގެ ކޮންޓްރިބިއުޝަން ވެސް."

އޭނާ ކިޔައިދިން ގޮތުގައި ކެއްކުމަށް ލޯބި ޖެހުމުގެ ހަގީގީ ސިއްރަކީ އިޓަލީން ތަމްރީނުވާން ފުރުސަތު ލިބުމެވެ. ސްކޫލްގައި އުޅުނު ދުވަސްވަރު ވެސް މަސައްކަތުގެ ތަޖުރިބާ ހޯދަން ޖެހުމުން ރިސޯޓެއްގައި މަސައްކަތްކުރަން ފެށި އެވެ. އެ ފުރުސަތު ހޯދައި ދިނީ ބޭބެއެކެވެ.

"އެތަނުގައި އުޅެނިކޮށް އިޓަލީ އަށް ޓްރޭނިން އަށް ދާން ލިބުނު 19 މީހުންގެ ތެރޭގައި އަހަރެން ވެސް ލައްވާލީ." ރިސޯޓްގައި އުޅެމުން އިޓަލީ ބަސް ވެސް ދަސްކުރި ޝިހާބް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ޕްރޮފެޝަނަލް ޝެފަކަށްވުމުން އަމިއްލަ ދިރިއުޅުމަށް ވަރަށް ގިނަ ބަދަލުތަކެއް ވެސް އަތުވެއްޖެ އެވެ. އެގޮތުން އެންމެ ބޮޑަށް ދަސްވީ ޕްރެޝަރު ބޮޑުކޮށް މަސައްކަތްކުރަން ޖެހޭ ބަދިގެ ކަހަލަ ތަނެއްގައި މީހާގެ އަމިއްލަ ނަފުސު ކޮންޓްރޯލްކޮށް، މަޑުމައިތިރިކަމާއި އިހުތިރާމާ އެކު މަސައްކަތްކުރުމުގެ ރޫހާއި ޖޯޝެވެ.

"ކުރިން ވެއްޖިއްޔާ އަހަންނަކީ ނަމޫނާ ފެނުނު ބައެއް މީހުންނާ އެއްގޮތަށް ބަދިގެ ތެރޭގައި ދުންބޮޑުވެފައި ހުންނަ މީހެއް،" ޝިހާބް ބުންޏެވެ.

"އެކަމަކު މިހާރު އޭގެ އިދިކޮޅު އަހަންނަކީ."

އޭނާ ބުނި ގޮތުގައި ސައުދީގައި މަސައްކަތްކުރަން ލިބުމަކީ ކެެރިއަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އެ ގައުމުގެ މީހުންނަކީ ތަފާތު ރަހަތަކަށް ލޯބިކުރާ ބަޔަކު އުޅޭ ތަނަކަށް ވުމުން ރާއްޖޭގެ ހޮސްޕިޓަލިޓީ ތެރެއިން ދަސްވި ކަންކަން ސައުދީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.

"ކާމިޔާބު ޝެފެއްގެ ގޮތުގައި އަހަރެން ކުރިއަށް ދާން ބޭނުން ވަނީ ރާއްޖޭގެ ބްރޭންޑެއްކަން ވެސް އަންގައި ދީގެން. އެހެންވެ މިތަނުގައި އުޅޭ އިރު ރާއްޖެއާ ބެހޭ ވަރަށް ގިނަ ވާހަކަތައް ކަސްޓަމަރުންނާ ހިއްސާކުރަން،" ޝިހާބް ބުންޏެވެ.

"އެގޮތަށް ސަޖެސްޓްކޮށްގެން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ރާއްޖެ ވަރަށް ކަމުދާ ކަމަށް ބުނެ ފީޑްބެކް ދިން އެތައް ކަސްޓަމަރުންނެއް ވެސް ތިބޭނެ."

އޭނާ ބުނި ގޮތުގައި ކެރިއަރު އަދި ކުރިއަށް އޮތީ އެވެ. ކެއްކުމުގެ ދާއިރާ އިން ވަކިވުމެއް ނެތެވެ. އަމިއްލަ ރަހަތައް ގެނެސް ދިނުމަކީ އެންމެ ބޮޑު ޝައުގެވެ. މީގެ އިތުރުން ބޭކިންގެ ތެރެއިން ޝިހާބް އެންމެ ގަޔާވަނީ ތަފާތު ރަހަތަކުގެ ޕާނަށެވެ.

"އެއީ އަބަދު ވެސް އެންމެ ގަޔާވެގެން ކުރެވޭ ކަމަކީ. މިހާރު އަހަރެން ޕާން ފިހަނީ ވެސް އަހަރެންގެ އަމިއްލަ ފުށަކުން،" އޭނާ ބުންޏެވެ.

އިންސްޓަގްރާމްގައި ޝިހާބް އޭނާ ސިފަކޮށްދެނީ މިހެންނެވެ؛ އިންޓަނޭޝަލް ޝެފް ފްރޮމް ދަ މޯލްޑިވްސް ލިވިން އިން ސައުދި އަރަބިއްޔާ އެވެ.

15 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 2%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައު

23 July 2021

ގައުމައް ބޭނުންވަނީ ސޯޝަލް މީޑިޔާ އިންފުލުއެންޒާއިންނެއް ނޫން.. ގައުމައް ބޭނުންވަނީ ޝިހާބުމެންފަދަ އަމިއްލަ މަސައްކަތުން ޕުރޮފެޝަނަލް ކޮއް ތަޖުރިބާއާއި އެކު ކުރިއެރުން ހޯދާ ޒުވާނުން.. އަދި ސިޔާސީ މީހުންގެ ދަށުވެގަނެގެން މަގާމު ހޯދާ މީހުންނެއް ނޫން. ނޫސް ތަކުން ދިވެހި މުޖުތަމައުއަށް ފައިދާ ހުރިކަމެއް ކުރަންޏާ ނޫސް އާޓިކަލްތަކުގައި ޕުރޮމޯޓުކޮއް ރޯލް މޮޑެލް ދައްކަންވީ މިފަދަ މީހުންގެ.

The name is already taken The name is available. Register?

ވަސީ..

23 July 2021

މާޝާ ﷲ.. ޝިހާބްގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އަދި މުސްލިމުންގެ މުގައްދަސް ބިމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޝިހާބައް ދެއްވީތީ މާތް ރަސްކަލާނގެއަށް ހަމްދުކުރަން. މައްކާ އަދި މަދީނާގެ މާތް ބިމުގައި ގިނަ ގުނަ ހެޔޮކަމާއި އެކު ތަގުވާގެމަގުގައި ޝިހާބު ކުރުއަރުވާށި.

The name is already taken The name is available. Register?

ދައްމާމު

24 July 2021

ވަސީ، ބަލަ ޝިހާބު އުޅެނީ އީސްޓާން ޕްރޮވިންސުގެ އަލްޚުބަރު ސިޓީގައި. މައްކާ އާއި މަދީނާ އެއީ މުޅިން ތަފާތު 2 ރަށެއް

The name is already taken The name is available. Register?

ކޮމެންޓުކިޔާ ކުއްޖާ

22 July 2021

ގައުމުގަ ބޭފުޅު ނޫންވީމަ ލިބޭނެ އުފަލެއްނެތް، އުމުރު ހުސްމިވަނީ ކުލި ދެއްކުމުގަ، ކުލިދައްކާ ތިބެންމިޖެހެނީ ކައްވަޅައް ދާންދެން

The name is already taken The name is available. Register?

ގ‫ަޓުބެ

22 July 2021

ޝ‫ެފަކަށް ތިޔަފަދަ މާތް ބިމެއގައި އުޅޭއިރު ދީނީ ގޮތުން މީހާ އަށް އެނގެން ޖެހޭ ގިނަ ކަންކަން ދަސްކޮއްލަން ވަރަށް ފަސޭހަވާނެ , މުސްލިމުން އުޅެންވާނީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް , ކުރިއެރުމާއި ބާއްޖަވެރިކަމަށް އެދެން.

The name is already taken The name is available. Register?

ރާހސހ

23 July 2021

މާތް ވަނީ ސައޫދީ އެއް ނޫން. މައްކާ އާއި މަދީނާ

The name is already taken The name is available. Register?

ބ

22 July 2021

ސާބަސް

The name is already taken The name is available. Register?

ކެޔޮދޫ ނިރު

22 July 2021

ރަގަޅު. ކުރިއައްދޭ. ހުއްޓުމެއް ނެތް، ކެރެންޏާމަކުން. އެކަމު ތާ އަބަދު ތިކަމުގަ ނޫޅެ، މުއްސަދި ވެވޭނެ ގޮތްތައް ވިސްނާ، ރެސްޓޯރަންޓެއް ގަނެ، ނޫނީ ބިނާކޮއް، އަމިއްލަ ވިޔަފާރިއަކައް ތި ހުނަރު ބަދަލު ކޮއް، އެހެން މީހެއްގެ އަޅުދާހުން ސަލާމަތް ވޭތޯ މަސައްކަތް ކުރައްޗޭ!

The name is already taken The name is available. Register?

ހަަލީމު

22 July 2021

ސިހާބުގެ މަށައްކަތަށް އިތުރު ކާމިޔާބީއަކަށް އެދެން

The name is already taken The name is available. Register?

Coronavirus

22 July 2021

މިކަހަލަ މީހުން އަހަރެމެން ބޭނުންވަނީ، ތަންތަނަށް ގޮސް ހަގުރާމަކޮށް ގައުމުގެ އަގުވައްޓާ މީހުންނެ ނޫން.

The name is already taken The name is available. Register?

ބުޝްރީ

22 July 2021

މައި ފުރެންޑް އެޑަމް

The name is already taken The name is available. Register?

ކަނބުރު

22 July 2021

ދިވެހިންތެރޭގާ ފީކަޅާމީހުން އުޅުނަސް އިންޓަނޭޝަލްފެންވަރުގެ އާދަޔާޚިލާފުމީހުންވެސް އުޅޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

22 July 2021

ޔޭސް.ތިޔާ ބުނީ ވަރަށް ބޮޑު ތެދެއް.

The name is already taken The name is available. Register?

މުލޭ

23 July 2021

މީޑިއާ ތަކުންނާއި ސިޔާސީ މީހުން ޕްރޮމޯޓް ކުރަނީ ފީކަޅާ މީހާ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

22 July 2021

ސާބަހޭ ދަރިޔާ.ގުޑް ލަކް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454