ޗައިނާގައި ވަނީ ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށް ތަފާތު ޕްރޮގްރާމްތައް ފަށާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
16 ޖުލައި 2021 - 18:53
ބެއިޖިން (ޖުލައި 16) - ޗައިނާގެ ސްކޫލްތައް ސެޕްޓެމްބަރުގައި ހުޅުވާއިރު ދަރިވަރުންނަށް ކްލާސްތަކަށް ވަދެވޭނީ އެ ދަރިވަރެއްގެ އާއިލާގެ އެންމެން ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ކަމަށް ބައެއް ސްޓޭޓްތަކުން ނިންމައިފި އެވެ.
ޗައިނާގެ ބައެއް ސިޓީތަކުން ވެސް މިހާރު ވަނީ ވެކްސިން ޖަހާފައިވާ މީހުންނަށް ނޫނީ ހޮސްޕިޓަލްތަކާއި ސުޕަމާކެޓް އަދި ސަރުކާރުގެ އޮފީސްތަކަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ.
ފްރާންސް އަދި ގްރީސް ފަދަ ގައުމުތަކުގައި ބައެއް ސެކްޓަރުތަކުގެ މީހުން ވެކްސިން ޖެހުން މިހާރު ވެސް މަޖްބޫރެވެ.
ޗައިނާ އިން ވަނީ މި އަހަރު ނިމޭއިރު އާބާދީގެ 64 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމަށް އަމާޒެއް ކަނޑައަޅައިފަ އެވެ.
"ވެކްސިން ނުޖަހާ މީހުން އެ މީހުންގެ ދަރިން ސްކޫލަށް ދިއުމަށް ހުރަސް އެޅިދާނެ ކަމަށްޓަކައި ވެކްސިން ޖެހުމަށް އިލްތިމާސްކުރަން،" ގުއާންގްޒީ ޕްރޮވިންސުން ނެރެފައިވާ ނޯޓިހެއްގައި ބުނެފައިވެ އެވެ.
ހެނާން އަދި ޖިއަންގްޒީ ފަދަ އެހެން ޕްރޮވިންސްތަކުން ވެސް ވަނީ އޯޓަމް ސެމިސްޓާ ފެށެންވާ އިރަށް ވެކްސިން ޖެހުމަށް މިފަދަ ނޯޓިސްތައް ނެރެފަ އެވެ. ޕިންގްޒިއާންގެ ހެބެއި ޕްރޮންސް އިން ވަނީ އުމުރުން 12-17 އާ ދެމެދުގެ ކުދިން ވެކްސިން ނުޖަހާ ނަމަ ސްކޫލަށް ވަނުން މަނާކޮށްފަ އެވެ. ޝާންޒީ ޕްރޮވިންސްގެ ހަންޗެން ޕްރޮވިންސުން މިހާރު ވަނީ ހޮޓާ، ރެސްޓޯރެންޓް އަދި މުނިފޫހިވުމުގެ ހަރަކާތްތައް ބާއްވާ ތަންތަނަށް ވެކްސިން ނުޖަހާ މީހުންނަށް ނުވަދެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ޗައިނާގައި މިހާތަނަށް ވަނީ ކޮވިޑް ވެކްސިންގެ 1.4 ބިލިއަން ޑޯޒް ޖަހައިފަ އެވެ. ނަމަވެސް އޭގެ ތެރޭން ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ ކިތައް މީހުން ކަމެއް އެ ގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
17 July 2021
ސޯޝަލް މީޑިއާއިން ސަރުކާރު ކަންކުރަންޖެހޭގޮތް އަންގަންވީ. އޭރުން އެގޮތައް ކަންކަން ނިމިގެންދާނެ. މިހާރު މިއޮތީ ޅޮސްސަރުކާރެއް.
ނަޝްޔާން
17 July 2021
ވަރަށް ރަނގަޅު ނިންމުމެއް. މި ރާއްޖެ އިން ވެސް މި ގޮތަށް ޢަމަލު ކުރަން ފެނޭ
ދޮހުއްތު ބެ
16 July 2021
މީި މި ސަރުކާތުގެ ރަނގަޅލު ނިންމުމެއް.