ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ޗައިނާގެ ސީއެމްއީސީ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެއްކޮށް ނިންމައި، އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
19 ޖުލައި 2021 - 15:16
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ޗައިނާގެ ސީއެމްއީސީ ކުންފުނިން ނިންމައި އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 7،000 ފްލެޓަށް ކަރަންޓް ދިނުމުގެ މަސައްކަތް ސީއެމްސީން ކޮށްފައި ވަނީ ސްޓެލްކޯގެ އެހީތެރިކަމާ އެކު އެވެ. ސްޓެލްކޯއާ ހަވާލު ކުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ވަނީ މި މަހު 12 ގައި ނިންމާލައިފަ އެވެ.
"ކޮންމެ ޓަވަރެއް ސަބްސްޓޭޝަނަށް ފައިނަލް ކަނެކްޝަން ދިނުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" އެޗްޑީސީގެ މީޑިއާ ގްރޫޕްގައި ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތް މިއަދު ފެށިއިރު އަންނަ މަހު 19 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ޗައިނާގެ ސީއެމްއީސީ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެއްކޮށް ނިންމައި، އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
ހިޔާ ފްލެޓްތަކަށް ބޭނުންވާ ކަރަންޓް މީޓަރު ބޯޑުތައް ފޯރުކޮށްދިނީ ވެސް ސްޓެލްކޯއިންނެވެ. އެތަނުގައި ބަހައްޓާ "ސްމާޓް" މީޓަރުތަކުން ކަރަންޓަށް، ހަރަދުވާ ވަރު ވަގުތުން ބަލައިލިމުގެ އިތުރުން ކަރަންޓު ބޭނުން ކުރާ ވަރާއި އަމިއްލަ އަށް ކަނޑައަޅާ ލިމިޓަށް ވުރެ އިތުރުވާ ނަމަ އެކަން ވެސް ބަލައިލެވޭނެ އެވެ.
ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތުގެ ބޮޑުބައި ނިމުނު އިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާލައިފަ އެވެ. މި ފްލެޓްތައް ލިބުނު 6،720 މީހުންނަށް ތަން ހަވާލުކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދާފައިވެ އެވެ.
މާލެ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން ގުޅާލުމަށް ކުރިއަށް ދާ ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ސްޓެލްކޯ އިން އިއްޔެ ވަނީ ޓެސްޓު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫމިން
20 July 2021
މި އާޓިކަލްގައި 2 ފޮޓޯއިން އެޗްޑީސީ މީހުންގެ އިހުތިރާމް ކުރުމުގެ ފެންވަރާއި މިންވަރު ވަރަށް ރަނގަޅަށް ފެނޭ. 2 ވަނަ ފޮޓޯގައި ދިވެހިން ހުއްޓިލައިގެން ތިބި ގޮތުންވެސް ތިމަންނާ މެންނަކީ ވަރަށް މޮޅު ބައެކޭ ދޭހަވާ ކަހަލަ. ރެސްޕެކްޓް ކިޔާ އެއްޗެއް ހަމަ ނެތީތަ.
ނިރު
20 July 2021
ދިވެހިން ދިވެހިންގެ ގޮތުގަ ތިބިތަން އެފެންނަނީ ލަދުން ބޯހަލާކް
ހަންގަނޑު
20 July 2021
މޯޑި އަންގާ ގޮތަށް ސަރުކާރުން ފުލެޓް ދިނުމުގަ އަމަލު ކުރަނީ.
ޖޫން
20 July 2021
ސަރުކާރުގެ ވެރިން އިސްތިއުފާ. ހިޔުމަން ރައިޓްސް އަށް އަރާގެންފަވާތީ ދައުވާ ކުރަންޖެހޭ
ހުޅުމާލެ/ރިޔްއްޓޭ
20 July 2021
ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ބައިވެރިވެގެން މިތިބީ އެވަގުތު އެސަރަހައްދު ކުނިކަހަން އުޅުނުމީހުންތޯ؟
އެމެރިކާ
19 July 2021
އިންޑިޔާ ކުރި މަސައްކަތެއްނަމަ އިންޑިޔާ އެތަކައެއް މީހުންނަ ވަޒީފާ ދޭންޖެހޭނެ
ދުރުމި
19 July 2021
އަންނަމަސް
އަބްޑޫޅް
19 July 2021
އިންޑިޔާ މީހުން ނަމަ، ހަވާލުވާނީ އެ މީހުން.
،ކޮރަލް
19 July 2021
މަސައްކަތް ކުރީ ޗައިނާ އިންނެވެ. ކްރެޑިޓް ލިބުނީ ސްޓެލްކޯ އަށެވެ.
ޓޯރންތޭ
19 July 2021
ކަރަންޓް މަސައްކަތް ނިންމާ ހަވާލު ކުރިއިރު ވެސް އަދި ވެސް ތިޔާ ފްލެޓްސް ތަކުގެ އެއްބަސްވުމުގައި ސޮއި ނުކުރެވޭ ދޯ ތަމެންގެ ސަރުކާރު އޯލްރެޑީ އިޓްސް ޓޯރންތޭ...