ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު --
21 ޖުލައި 2021 - 17:41
ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައިގެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އެވެ.
ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ، އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
ހަމަލާއާ ގުޅޭ ހަތް މީހަކު މިހާރު ބަންދުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރީ ހަމަލަ އަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިންނެވެ.
ޝަމީމް ވިދާޅުވީ އެ މީހުންގެ ތަހުގީގު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު އަންނަ ހޮނިހިރު ދުވަހު ބާއްވާ މީޑިއާ ބްރީފިންގައި ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
@PGO_MV today received investigation of the first 4 accused of 6May attack. Investigation will continue for other accused & evidence. I'll join @PoliceMv for a joint press conf on 24th July with more details. According to law, prosecution has 15 days to decide on prosecution.
— Hussain Shameem (@HuShameem) July 21, 2021
މި ހަމަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހުގައި އެދިފައިވާއިރު، އަދުހަމް، މުޖާޒު އަދި ތަހުމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ. އަދި އެ މައްސަލައިގައި ފަހުން ހައްޔަރު ކުރި ނ. މަނަދޫ ނޫރީގެ، އަލީ ހައިޝަމް 30 ދުވަހަށް ބަންދު ކުރަން މިއަދު ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނެދޯ
22 July 2021
ކިހިނެތް މިކަން ވާނީ!!
ސައްހަ ނޫން ތުހުމަތު
22 July 2021
ފުރަތަމަވީ ހަމަލާ އަމާޒުވިމީހާ ކަށަވަރު ކުރަން. މުހައްމަދު ނަޝީދަށްތޯ ނޫނީ އެލެކްސް އަހްމަދަށްތޯ ހަމަލާ އަމާޒުވީ. ދެން އެބަޖެހޭ ހަމަލާދިން އިރު އެތާ ހުރީ ކާކުތޯ ބަލަން. ސީސީޓީވީ ކެމެރާ އަކީ ރާއްޖޭގެ ކޯޓުތަކުން ސައްހަ އެއްޗެއް ނޫން. ފިންގަރޕްރިންޓްވެސް ބަލައިނުގަނޭ. ނިކަމެތި ރައްޔިތެއްވެއްޖެއްޔާ ތިހަތަރު މީހުން މިހާރު ދޫކޮށްލާނެ. ބުނާނެ ސާބިތެެއް ނުވިޔޯ. އެހެންވިއްޔާ ކޮބާ ހަމަހަމަކަން.
ހަނުހުންނަ މީހާ1
22 July 2021
ކުރީގެ މަރުގެ މައްސަލަތަކާ އެއްގޮތަށް މިކަމުގައިވެސް އަޑީގައި ތިބިބަޔަކު ނޭންގުނުދޯ. މީ ވެެރިކަންކުރާ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސަކަށް ހަމަލާ ދިނީމަ ވީވަރު ، ވީ އިރު އަފުރާޝީމު ޔާމީން ރިލްވާނުގެ މަރުގެ އަޑީގަ ތިބިބަޔަކު ހޯދޭނީ ކިހިނެތް. ވަރަށް ސަލާން
ޝޮކްތެރަޕީ
21 July 2021
އަޅުގަނޑަ މާބޮޑައްވެސް ނުރައްކާ ނަޝީދު. ރައްޖެ ހިފައިދިނުމަ އަވައްޓެރި ޤައުމެއްގެ ކައިރީ އާދޭސް ކުރި ނަޝީދު. މިކަން ނުވީ ޗައިނާގެ އިންޒާރައް އިންޑިޔާ ބިރުގަތީ
ހަސަދު
21 July 2021
އަފްރާޝީމް، ރިލްވާން، ޔާމީން ގޮތަށް މައްސަލަ ނިމުނީ. ކަމުގެ މުގޫ ނޮހޯދި މިއީވާ ގައުމެއް. ވެރިކަމަށް އަންންމުން ހިތުހުރިހާ ދޮގެއް. އިންސާފަ ގާއިމް ކޮށްދޭން ވައުދުވި އިންސާފްބާ!!!. ޕާޓީގެ ރައީސް އަސް ވެސް އިންސާފު ހޯދާ ނުދެވުނު. ދެން ރަނގަޅު ވާނީ އިސްތިއުފާ ދެއްވިއްޔާ!!!!!
އަފުރެން
21 July 2021
ބޮޑެތި ނުރައްކާޓެރި މުޖުރިމުން
ބަނބޫ
21 July 2021
އެހެންވީމާ ލަސްވެގެން ތެޅޭވަރެއްނުވެއެއްނު.
އެމްސް
21 July 2021
ކޮބާ އަސްލު ބޮސް، ސަރުކާރު ތެރޭގަ ބާ؟
ޑަނޑޫ
21 July 2021
ބޮސް އޮންނަނީ ބޮކްސްތެރޭގާނޫންތޯ؟
ޢިބޫ
21 July 2021
މަހުލޫފު މައްސަލައަށް ވީހެން ނުވާނެބާ؟
ކުޗީ
21 July 2021
މިވާނުވާއެއް ނޭނގެ. ފަންޑުކުރި ބަޔަކު ނެތްނަމަ ގޮވާތަކެތި ހޯދީ ކިހިނެއްތޯ. އެވަރުގެ ބޮމެއް އެއީ ގޭދޮށު ކަންމަތީ ފިހާރައިން ގަންނަން ލިބޭ ތަކެތިން ހެދޭ އެއްޗެއް ކަމަށް ވާނަމަ ވަރަށް ބިރުވެރި. ފުލުހުންގެ ނިޔުސް ކޮންފަރަންސް ތަށްވެސް ބޮޑުނަގުލަށް ގޮސް ހުއްޓިއްޖެ.