ދ. އަތޮޅުގައި އޮންނަ ރިއު ޕެލަސް މޯލްޑިވްސް ރިސޯޓް--
21 ޖުލައި 2021 - 21:00
ދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ޔުކްރެއިންގެ އުމުރުން 32 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ދ. އަތޮޅުގެ ރިސޯޓެއްގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އައި ރަޝިއާގެ ފަސް އަހަރުގެ ކުއްޖަކު ވެސް އިއްޔެ މަރުވެފައިވެ އެވެ. އެ ކުއްޖާ މަރުވީ، ސްވިމިންޕޫލަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއަކާ ގުޅިގެން ކަމަށް ވާއިރު، ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ.
މަރުގެ މި ދެ ހާދިސާ ހިނގީ ދ. އަތޮޅުގެ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ނުބުންޏެވެ. އެއީ އެއް ރިސޯޓެއް ކަމެއް ނުވަތަ ދެ ރިސޯޓެއް ކަމެއް ވެސް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
22 July 2021
ގާނޫނެއް ގަވައިދެއް އޮންނަތަނެއް ނޫން 3 މަހުގެ ކުއްްޖެއްވިޔަސް ޕޫލައް ލާފަދާންވީ، ސްޓާފުން ތިބޭނެ ހެވި ހައިރާންވެ މަޖާވެގެން
ޙަބީބު
22 July 2021
މަރުވީމަ މަރުވާ ވާހަކަ ދައްކާނީ މަޖިލިސްގަ ތިބީ ދެތިން މަހުޖަނުން އެމީހުންގެ ބާރާ ނުފޫޒު މަޖިލިހުގަ އޮންނަނީ މުވައްޒަފުންގެ ހައްގުތަކައް އެކަށީގެންވާ ސަމާލު ކަމެއްނުދޭ ތިޔައީ އަދި ފަތުރުވެރިންނާ ދޭތެރޭ އޮންނަ ގުޅުމާ މައުލޫމާތުގެ ކޮށިކަން ދެންބަލާ މުވައްޒަފުންގެ ކަންކަން ހުންނާނެގޮތް ރޭގަނޑު ދަންވަރު ޗިލަރުން ނަގާފަ ހުންނަމަސް އެދުވަހުގެ މެންދުރައް ބަންގާޅިން ލައްވާ ކައްކުވާފަ ކާންއެބަދޭ ޖޫނިޔަރުންނައް
ގުދުގުދާބެއްޔާ
21 July 2021
ފުރިހަމަ ޒިންމާ ރިސޯޓުން އުފުލަން ޖެހޭނެ! މިފަދަކަންތައްތައް ޢާއްމުކޮށް ހިގާއިރުވެސް ޓުރަރިޒަމް މިނިސްޓްރީ މިއޮންނަނީ ރިސޯޓް މަހުޖަނުންގެ ޖީބަށް އެރި ލޯމަރައިގެން! މިކަމަށް ހަރުދަނާ ގަވައިދެއްވެސް ހަދާލަން ނުކެރި އެތިބިީ ރިސޯޓްތަކުގެ ވެރި މަހުޖަނުންގެ ޖީބަށް އެރިފައިވާ ވަރުން!
އަވީދިވެހި
21 July 2021
ދާލު އާވީ ރިސޯޓްއަކީ ދަތުރުފަތުރުގެ ރައްޔިތުންގެ ރަށެއް ... ހިއްސާ ދިވެހިންނަށް ދޭންޖެހޭ . ނަހުލާ ނިދަނީތޯ ؟
ނަހޫ
22 July 2021
ނޫން ހެނދުނަށް ސައި ހަދަނީ މި