ހުޅުމާލޭގައި އެއްޗެއް ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ ވެލްޑިންއަށް ބޭނުން ކުރާ މަރުތެޔޮ -- ފޮޓޯ: މިހާރު
23 ޖުލައި 2021 - 11:36
ހުޅުމާލޭގައި ރޭ ދަންވަރު ބާރުގަދަ އަޑެއް ގޮވާފައި ވަނީ އިމާރާތެއްގެ މަތީގައި ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގި ހާދިސާއެއްގައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބާރުގަޑަ އަޑަކާ އެކު ހުޅުމާލެ ބޯގަންވިލާ މަގުގައި އެއްޗެއް ގޮވުމުން ފުލުހުންނާއި ސިފައިން ވަނީ އެ ތަނުގައި ހަރަކާތްތެރިވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން، ބާރުގަދަ އަޑެއް ގޮވާފައި ވަނީ ހުޅުމާލޭ ލޮޓް ނަންބަރު 1138 ގެ ޓެރަސް މަތީގައި ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދިމާވި ހާދިސާއެއްގައި ކަމަށެވެ.
"... ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ސަރަހައްދުގައި ތިބި މީސް މީހުންނާ ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލައިފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ޓާފް ދަނޑު ކުރިމަތީގައި ހުރި އެ އިމާރާތުން ރޭ ދަންވަރު 12:30 ހާއިރު ބާރުގަދަ އަޑަކާ އެކު އެއްޗެއް ގޮވުމުން އެތައް ބަޔަކު ހާސްވެ، ވާނުވާ ބަލަން އެ ގަޑީގައި މަގުމައްޗަށް ނުކުތެވެ.
އެ ގޮވުމާއެކު، ވެލްޑިން ކުރުމަށް ބޭނުން ކުރާ ސްޕްރިންގް ހޭންޑަލް މަރުތެއްޔެއް ވެސް ބޯގަންވިލާ މަގަށް ބުރައިގެން ގޮސްފައި އޮތެވެ. ދަގަނޑު އެ މަރުތޭލަށް ވެސް އޮތީ ގެއްލުން ވެފަ އެވެ.
އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ތެރެއިން އެކަކު، ބާރު އަޑުފައްގަނޑު ސިފަ ކުރަމުން ބުނެފައި ވަނީ ހީވީ ވިއްސާރަ ދުވަހެއްގައި ގުގުރިއެއް ޖެހިހެން ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރުމަށް ފަހު، ސިފައިންނާއި ފުލުހުން ސީން ރޫޅާލައިފައި ދިޔައީ ރޭ މެންދަމު 3:30 ހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
23 July 2021
ކުކުޅެއް ބާރަށް ފޮޑިއެއް ޖެއްސަސް ހަރުކަށި ފިކުރުގެ ބޮމަކަށް. ޤައުމުތަކުން ލައްކަ ލާރި ނަގައިފި ޓެރެރިޒަމް ހުއްޓުވަން. ކަމެއްވެސް ދައްކަން ޖެހޭނެތާ.
ތިނބެރި
23 July 2021
ސިޓީ ކައުންސިލުން ދޭނީ ހުއްދަ. ދެން ހަދަނީ ކިހިނެއްތޯ ބަލައެއް ނުލާނެ! ކަމެއް ވީމާ ބުނާނީ އެކްސިޑެންޓެކޭ. ކައިރީގައި ހުރި ފަގީރެއްގެ އެޕާޓްމެންޓަކަށް ކޮންމެ ގޮތެއް ވިޔަސް އަޅައެއް ނުލާނެ. ފިޔަވަޅެއް ނާޅާނެ. ބަދަލެއްވެސް ނުލިބޭނެ! މިއޮތީވާ މަހުޖަނުން ހިތަކަށް ލިބިފަ އޮތް ގައުމެއް. ގައުމެއް؟
މުލޭ
23 July 2021
ހުއްދަދޭ ކޮންމެ މަސައްކަތެއް ކުރާގޮތް ބަލަން ސިޓީ ކައުންސިލުން ވެސް އަދި އެހެން ޔަނަކުން ވެސް މީހުން ނުބޭތިއްބޭނެ. ފަރުދީ ޒިންމާއެއް ވެސް އޮވެގެން ކަންކަން ރަނގަޅު މަގުން ގެންދެވޭނީ. ރަނގަޅު ސަލާމަތީ ފިޔަވަޅުތަކާއެކު ކުރިޔަސް އެކްސިޑެންޓެއް ވެސް ހިނގައިފާނެ. އެކަމަކު ބަޔަކަށް ގެއްލުމެއް ވެއްޖެއްޔާ ބަދަލު ލިބިދޭންވާނެ.
ގަހޭ
23 July 2021
މުލޭ ތިބުނީ ރަގަޅައު. އެކަމަކު މުޅިން ރަގަޅެއްވެސް ނޫން. ސިޓީ ކައުންސިލު އިނިސްޕެކްޓަރުން ކިޔާ ބަޔަކު ތިބޭނެ. އެމީހުން ބުރުޖަހާއްވާނެ. ނުޖަހާ. ދެން ތިބުނީ ބަދަލޭ. ބަދަލުލގެ ވާހަކަ ދައްކައިރަށް މަށާބެހޭ ކަމެއްނޫނޭ ކިޔަފައި ދުރަށް ކެހިލާޒާތު މީހުން މިތާ އުޅެނީ.
އުދުހޭ
23 July 2021
މިހާރު ތަންކޮޅެއް ބާރަށް ކާޅެއް ގޮވާލިޔަސް އެލާޓް ރަތަށް އަރާކަހަލަ. މައްސަލަ ނުބަލާށެކޭނޫން.
އަހުމިއްޓެ
23 July 2021
ޚަރަދު ކުޑަކުރަންވެގެން ސޭފްޓީއެއްނެތި އެއްވެސް ފަންނީ ހުނަރެއްނެތް ބިދޭސީން ލައްވައި މަސައްކަތް ކުރުވުމުގެ ނަތީޖާ.