އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒް ނުވަތަ ސެޕްރޫ ހައުސްގައި މިނިސްޓަރު ޝާހިދު މިއަދު ވާހަކަ ދައްކަވަނީ.
23 ޖުލައި 2021 - 16:12
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އިސްކަން ދެއްވާނީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކަމަށާއި މިހާރު ލިބެން ހުރި ވަސީލަތްތައް ހަރުދަނާ ކުރުމާއެކު އާންމުންގެ ސިއްހަތާއި އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވެސް ވަކާލާތު ކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ އަންނަ ސެޕްޓެމްބަރު މަހު ހަވާލުވެވަޑައިގަތުމުގެ ކުރިން ޝާހިދު މިހާރު ވަނީ އެކި ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުތަކުގެ ފުރަތަމަ މަންޒިލަކަށް އިންޑިއާ އަށް ވަޑައިގެންފަ އެވެ.
އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒް ނުވަތަ ސެޕްރޫ ހައުސްގައި ދެއްވި ލެކްޗަރާއެއްގައި ޝާހިދު ވިދާޅުވީ، ހަމަހަމަކަމާ އެކު އެންމެންނަށް ކޮވިޑް ވެކްސިން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރެވެން އޮތީ ވެސް އެންމެންނަށް ވެކްސިން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދުގެ ދައުރުގައި ދެ ވަނަ އަށް އެންމެ އިސްކަމެއް ދެއްވާނެ ކަމަކަށް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތައް ފުޅާކުރުމަށެވެ.
Good to be back at Sapru House!
— Abdulla Shahid (@abdulla_shahid) July 23, 2021
Delivered the 38th Sapru House Lecture at the Indian Council of World Affairs, on the topic “Presidency of Hope: 76th UNGA - COVID pandemic and need for reformed multilateralism”, today. #PresidencyOfHope#FiveRaysOfHope pic.twitter.com/IhSDUtbzzP
"އަޅުގަނޑުމެން ބަލަންވީ މިއަށް ވުރެ ފާގަތި، ބާރުގަދަ، ފެހި އަދި ނޫ ދުވަސްތަކެއް ގެނެވޭތޯ. 2030ގެ އެޖެންޑާއާ އެކު މި ކަންކަން ހާސިލުކުރަންޖެހޭ. މިއީ އަޅުގަނޑުގެ ދެވަނަ އުއްމީދަކީ،" ސެޕްރޫ ހައުސްގެ 38 ވަނަ ލެކްޗަރާ ޝަރަފުވެރި ކޮށްދެއްވަމުން ޝާހިދު ވިދާޅުވި އެވެ.
އޭނާ ވަނީ މުސޫމަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމާ ގުޅޭ ގޮތުން ވެސް ގިނަ ވާހަކަތަކެއް ދައްކަވައިފަ އެވެ. އަދި އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި މި ކަންކަމާ ގުޅޭ ގޮތުން ކުރައްވަން އުއްމީދުކުރައްވާ ކަންކަން ހިއްސާކުރައްވައިފަ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ޝާހިދު ވިދާޅުވެފައި ވަނީ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ހުވާ އަންނަ ސެޕްޓެމްބަރު 14 ގައި ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ކޮވިޑް-19 ގެ ވެކްސިން އުފައްދާ ފަރާތްތަކާއި އެކަމާ ގުޅޭ އިސް ބޭފުޅުންނާއި ހުރިހާ ގައުމުތައް އެއްތަންކޮށް، ވެކްސިން ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގައުމުތައް އެއްކުރުމުގެ ބާރު ލިބިވަޑައިގަންނަވާއިރު، ވެކްސިން އުފައްދާ މީހުންނާއި ކުންފުނިތަކާއި ދުނިޔޭގެ ހުރިހާ ގައުމުތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ހާލަތު ކިޔައި ދެއްވާނެ ކަމަށް ޝާހިދު ވިދާޅުވެފައި ވެ އެވެ.
ޝާހިދަކީ އދ. ގެ ތާރީހުގައި ވެސް އެ ޖަމާއަތުގެ އެންމެ އިސްބޭފުޅަކަށް އިންތިހާބުކުރި ފުރަތަމަ ދިވެހި ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ 148 ވޯޓުންނެވެ. ޝާހިދާ ވާދަކުރެއްވި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރީނާ
24 July 2021
ޝާހިދަކީ ވަރައް ވެރިކަން ބޭނުންވާ މީހެއް އެކަމު ވަރައް މީހުން ނަފްރަތު ކުރާ މީހެއް. އަސްލުގަ މީހުން އަންނިއައް ދިން ވޯޓެއް ސޯލިހައް ލިބުނީ. ސޯލިހަކީ މީހުންވަރައް ފޫހިވާ މީހެއް.
ދީމާހު
23 July 2021
ތިޔައީ އެއްވެސް އާރެއް ބާރެއް އޮތް މަޖިލިސްއެއް ނޫން. ކަން ނިންމާނީ ބޮޑެތި ބާރުގަދަ ގައުމުތަކުން އެވެރިންގެ މަސްލަހަތާ އެއްގޮތައް. ޕަޕެޓަކަށް ވެގެން ގޮޑިއެއް ހޯދިއަސް އެއީކީ މާބާރުތަކެއް ލިބުނުކަމަށް ހެދިގެން މޮޅު ވާހަކަތައް ދައްކާނެ ކަމެއްނެތް
ގުލްޒާރު
23 July 2021
ޝާޑު އިސްތިއުފާ.
ނަނަ
23 July 2021
އިންޑިޔާ އަށް ވިއްކުމުގެ ބަހުސް