ލައިފްސްޓައިލް / ޓެކްނޮލޮޖީ

ހިދުމަތް ފުޅާކުރަން ޒޫމްގައި އިތުރު އެޕްތައް ހިމަނަނީ

ޒޫމްގައި ތަފާތު ގޭމްތައް ވެސް ކުޅެވޭ ގޮތް ހަދަން ނިންމާފައިވޭ

މިދިޔަ އަހަރުން ފެށިގެން ވާޗުއަލް ބައްދަލުވުންތަކަށް އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަ ޒޫމްގައި ތާޑް ޕާޓީ އެޕްތައް ހިމެނޭ ގޮތް ހަދައި އެ އެޕްގެ ތެރެއިން ޝައުގުވެރި ގިނަ ކަންކަން ކުރެވޭ ގޮތަށް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ޒޫމް އިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދުވާލަކު ބޭނުންކުރާ މީހުންގެ އަދަދު 300 މިލިއަނަށް ވުރެ ދަށް ނޫން އަދަދަކަށް ހިފަހެއްޓުމަކަށްޓަކައި ޒޫމްގެ ތެރެއަށް ތަފާތު އެހެން އެޕްތައް ގެނެސް ޒޫމްގެ ތެރެއިން ގިނަ ކަންކަން ކޮށްލެވޭ ގޮތް ހެދިއްޖެ ނަމަ އެ އެޕް ދާއިމީކޮށް ބޭނުންކުރާ އެއްޗަކަށް ހެދޭނެ ކަމަށެވެ.

ޒޫމް ފަދަ އެޕްތަކަށް ބަރޯސާވާން މަޖުބޫރުވީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު، މިދިޔަ އަހަރު ގިނަ ގައުމުތައް ލޮކްޑައުންކޮށް، ގިނަ ބަޔަކު ގޭގައި ބަންދުވެގެން ތިބެން ޖެހުމާއި އޮފީސްތަކާއި ސްކޫލް/ކޮލެޖް/ޔުނުވަސިޓީ ފަދަ ތަންތަން ބަންދަކުރަން ޖެހުމުން އެތަންތަނުގެ މަސައްކަތްތަކަށް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ޒޫމް އަކީ އެ ބަދަލާ އެކު ޑިމާންޑް އެންމެ ބޮޑަށް އުފުލި، އާމްދަނީ ވެސް އެތައް ގުނަ އުފުލުނު ކުންފުންޏެކެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނާތީ މި އެޕްތަކުގެ ބޭނުންކުރުން ވެސް އަންނަނީ މަދުވަމުންނެވެ.

ޒޫމް އިން ބުނި ގޮތުގައި އަލަށް ގެންނަ ބަދަލުތަކާ އެކު އެ ބޭނުންކުރާ މީހުންގެ އަދަދު މާ ބޮޑަށް ދަށްވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ އޭގެ ތެރެއަށް އިންޓަގްރޭޓްކުރަން މިހާރު ވެސް 1،500 އެއްހާ އެޕް މާކެޓްޕްލޭސްގައި އެބައޮތް ކަމަށާއި ފުރަތަމަ ފަށައި ގަންނާނީ 50 އެޕުން ކަމަށް ބުންޏެވެ. އޭގެ ތެރޭގައި އަސާނާ، ޑޮޓް ކަލެކްޓާ ފަދަ އެޕްތައް ހިމެނެ އެވެ.

"މީގެ އިތުރުން ނޯޓް ނެގުމަށާއި ވައިޓްބޯޑިން އާއި ލޮގިން އެކްޝަން އައިޓަމްސް އާއި ޓާސްކްތައް މެނޭޖްކުރަން ހާއްސަ އެޕްތައް ޒޫމްއާ އިންޓަގްރޭޓެޑްކުރީމަ އުފެއްދުންތެރިކަން ވެސް މިހާރަށް ވުރެ ބޮޑުވެގެން ދާނެ." ޒޫމްގެ އެޕްސްގެ ޕްރޮޑަކްޓް ލީޑް ރޮސް މޭފީލްޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެންނަން އުޅޭ ބަދަލުގެ ތެރެއިން ހާއްސަ އެއް ކަމަކީ ތަފާތު ގޭމްތައް ވެސް ޒޫމްއާ ގުޅުވައިލުމެވެ. އެހެންޒެ ޒޫމް އަކީ މަސައްކަތާއި ކިޔެވުން ފަދަ ކަންކަމާ އެކު ކުޅިވަރާއި މުނިފޫއްސަށް ވެސް މަގުފަހިކޮށްދޭނެ އެއްޗެއް ކަމަށް ރޮސް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ވީޑިއޯ ގޭމާއި ކެޝުއަލް ގޭމްތަކާއި ބޯޑާއި ކާޑް ގޭމް ފަދަ އެއްޗެހި ޒޫމްގެ ތެރެއިން ކުޅެވޭ ގޮތްވުމަކީ އާއިލާތަކާއި ރައްޓެހިންނާ އެކު ޒޫމްގެ ތެރޭގައި ކުރިއަށް އޮތް ތަނުގައި ކޮށްލެވޭނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ބަދަލު ގެންނާނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.

ޒޫމް ވީޑިއޯ ކޮމިއުނިކޭޝަނަކީ މީގެ 10 އަހަރު ކުރިން ތައާރަފުކުރި ހިދުމަތެކެވެ. އޭގެ ބާނީ އަކީ ޗައިނާ އަށް އުފަން އެރިކް ޔުއާން، 51، އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454