މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާޒިމް އާއި ހީރަފުށީ ދާއިރާގެ މެމްބަރު ސަލީމާއި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވަނީ-- ފޮޓޯ: އެމްޓީސީސީ
26 ޖުލައި 2021 - 21:07
ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ރީޖަަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވެސް ބައިވެރިވެވަޑައިގަތެވެ.
މިދިޔަ ޖޫން 30 ގައި އެމްޓީސީސީއާ ހަވާލުކުރި، 90.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
މި މަޝްރޫއުގެ ދަށުން ރަންވޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ކޯޒްވޭގެ ދެ ފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމު ކުރާނެ އެވެ.
ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ގޮނޑުދޮށް ހިމާޔަތްނުކޮށް، އެ އެއާޕޯޓު ހުޅުވުމުން މޫސުން ގޯސްވާ ދުވަސްވަރު ރަންވޭ އަށް ވެލި އަރައި ދަތުރުތަކަށް ބުރޫއަރަ އެވެ. ރާއްޖެ އަށް އިއްޔެ ކުރި ވިއްސާރާގައި ވެސް ރަންވޭ އަށް ވެލި އެރުމުގެ ސަބަބުން ހުރިހާ ދަތުރެއް ކެންސަލް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއަކޯ
27 July 2021
އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްއެންމެ ފަހުން.. ވާނެ ހައެތިވެ އެތަށް ގެއްލުމެއް ލިބުނު ފަހުން.. އެކަމު އަމާޒު ލާހޫރޭއަކީ ޔާމީނު ސަރުކާރޭ މި ބަައިގަނޑު ކިޔަނީ..