ލައިފްސްޓައިލް / އުމުރުން ދުވަސްވީ މީހުން

ވާޗުއަލް ވުމުން، ދުވަސްވީ މީހުންނަށް ގެއްލުން ބޮޑު

ދުވަސްވީ މީހަކު ލެޕަކާ އެކު.

މިދިޔަ އަހަރު ލައިގަތް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޖިސްމާނީ ގޮތުން މީހުންނާ ބައްދަލުވާން ކުރިމަތިވި ހުރަސްތަކާ އެކު ބަރޯސާވާން ޖެހުނު "ވާޗުއަލް ކޮންޓެކްޓް" ގެ ގެއްލުން އެންމެ ބޮޑީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ފްރޮންޓިއާސް އިން ސޯޝޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޔުނިވަސިޓީން އެމެރިކާ އާއި އިނގިރޭސިވިލާތުގެ ދުވަސްވީ ގިނަ އަދަދެއްގެ ބައެއްގެ މައުލޫމާތު އެއްކޮށްގެން ހެދި ދިރާސާގައި ބުނެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމާ އެކު، ދުވަސްވީ މީހުންނަށް އެންމެ ބޮޑަށް ކުރިމަތިވި މައްސަލަ އަކީ އެކަހެރިކަން އިތުރުވެ، އެކަނިވެރިވުން ކަމަށެވެ. އަދި ކުރިން މީހުންނާ ބައްދަލުކޮށް، ސޯޝަލައިޒްވާ ގޮތަށް އެ ފުރުސަތު ނެތުމުން ދުވަސްވީ މީހުންގެ ނަފުސާނީ ދުޅަހެޔޮކަށް ނޭދެވޭ އަސަރުކޮށްފައިވެ އެވެ.

"ވާޗުއަލް ކޮންޓެކްޓަކީ ދުވަސްވީ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫން. މީގެ ސަބަބުން އެ މީހުންގެ އެކަނިވެރިކަމާއި ނަފުސާނީ ދުޅަހެޔޮ ކަމަށް އެތައް ގޮތަކުން އަސަރުކޮށްފައިވޭ،" ދީރާސާގައި ބުންޏެވެ. "މިކަމާ ގުޅުން ހުރި އިތުރު ދިރާސާތަކެއް ހެދުން ވެސް ވަރަށް މުހިއްމު."

އޭގައި ބުނެފައިވާ ގޮތުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަން ޖެހުމާއި އެފަދަ އެއްޗިއްސަށް 60 އަހަރުން މަތީގެ މީހުން އެހާ ބޮޑަށް އަހުލުވެރިވެފައި ނެތުމަކީ އެ މީހުންނަށް ކުރިމަތިލާން ޖެހުނު ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަމަކު އެފަދަ ވަސީލަތްތައް މިދިޔަ އަހަރުގެ ތެރޭގައި އުމުރުން ދުވަސްވީ ވަރަށް ގިނަ ބަޔަކު ބޭނުންކުރަން ފެށިކަން ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

"ހާއްސަކޮށް ދުވަސްވީ މީހުން އެފަދަ ހާލަތަކަށް ތައްޔާރުކޮށްފައި ބޭތިއްބުމުގެ މުހިއްމުކަން ވަރަށް ބޮޑު. އޭރުން ކުރިމަތިވާ އިތުރު ސިއްހީ މައްސަލަތައް ވަރަށް ބޮޑަށް ދަށްކުރެވޭނެ."

ދިރާސާ ޓީމުން ބުނެފައިވާ ގޮތުގައި މުއާމަލާތްތަކަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ދުވަސްވީ މީހުން ބޭނުންކުރާ މިންވަރު އިތުރުވާން ފެށުމުން އެ މީހުންގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ވެސް އަންނަން ފެށި އެވެ.

"އެކަމަކު ވެސް އެ މީހުންނަށް އެންމެ އުނިވާ ކަމަކީ ފޭސް ޓު ފޭސްކޮށް މީހުންނާ ބައްދަލުކުރުން. ޖިސްމާނީ ގޮތުން މީހަކާ ބައްދަލުވުމާއި ވާޗުއަލްކޮށް މީހަކާ ބައްދަލުވުމާ ހާސްބައި ތަފާތު. އެހެންވީމަ މީގައި ނުކުންނަ ނަތީޖާ ވެސް ތަފާތު،" ދިރާސާގައި ބުންޏެވެ.

ބްރިޓިޝް ކޮލަމްބިއާ ޔުނިވަސިޓީގެ ދިރާސާ އަށް އިޝާރާތްކުރައްވައި އިނގިރޭސިވިލާތުގެ ލޭންކަސްޓާ ޔުނިވަސިޓީގެ ރިސާޗަރު ޑރ. ޔަންގް ހޫ ވިދާޅުވީ ކޮވިޑްގެ ބަލިކަމަޑުކަމުން ދަސްވި އެއް ފިލާވަޅަކީ ދެން އެފަދަ ހާލަތަކަށް ދުރާލައި ތައްޔާރުވެ ތިބުމުގެ މުހިއްމުކަން ކަމަށެވެ.

"ހާއްސަކޮށް ދުވަސްވީ މީހުން އެފަދަ ހާލަތަކަށް ތައްޔާރުކޮށްފައި ބޭތިއްބުމުގެ މުހިއްމުކަން ވަރަށް ބޮޑު. އޭރުން ކުރިމަތިވާ އިތުރު ސިއްހީ މައްސަލަތައް ވަރަށް ބޮޑަށް ދަށްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454