ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު ހަވާލުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި މި ވަގުތު އިސްކޮށް ހުންނެވި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ޖުލައި 2021 - 10:31
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، އެ މަނިކުފާނުގެ އެއްބަފާ ބޭބެފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ނުކުމެވަޑައިގަތީ މައުމޫންގެ "ލެގަސީ" ދުއްވާލަން މަސައްކަތް ކުރެއްވުމުން ކަމަށް އޭނާ ގާތުގައި ވިދާޅުވި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ހިންގުމުގައި އިސްވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވި އެވެ.
ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ އެދިވަޑައިގަތުމަކަށް އޮކްޓޯބަރު 7، 2016 ގައި މައުމޫންގެ އޮފީހަށް އޭނާ ވަޑައިގެން އެ މަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ. އޭރު ވެސް މައުމޫނާއި ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުންތައް އުފެދެން ފަށައިފަ އެވެ.
މައުމޫންގެ ހިތްޕުޅުގައި ޔާމީނާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުންތައް އެ ބައްދަލުވުމުގައި އަބްދުއްރަހީމާ ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ފަޅެއް ހިއްކައިގެން ހުޅުމާލެ ތަރައްގީ ކޮށްފައިވާއިރު، މާލެއާ ގުޅުވާލައިގެން ބްރިޖު އަޅަނީ ކީއްކުރަންތޯ އާއި މާލޭގައި އިސްލާމީ މަރުކަޒެއް ހުއްޓައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އެފަދަ ދެ ވަނަ މަރުކަޒެއް އަޅަނީ އަދި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކައިގެން ޒުވާނުންގެ ސަހަރު ހަދަނީ ކީއްކުރަންތޯ މައުމޫނު ސުވާލު އުފެއްދެވި ކަމަށް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
"ކީއްކުރަން އަޅާ ބްރިޖެއް ހެއްޔޭ، އިސްލާމީ މަރުކަޒެއް އަޅާފައި ހުއްޓާ ކީއްކުރަން ހެއްޔޭ އަލުން، ހުޅުމާލެ ހިއްކާފައި ހުއްޓައި އަލުން ހިއްކައިގެން ދެ ވަނަ ފިޔަވަހީގައި ޒުވާނުންގެ ސަހަރު ހަދަނީ، އެއީ އެ ކޯލިޝަނުން ވަކިވުމަށް [މައުމޫން] ދެއްކި ހުއްޖަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގައި އޭރު އުފެދުނު ހަމަނުޖެހުންތަކުގައި އެ ޕާޓީ ދެ ފަޅިވެ، މައުމޫން ފެކްޝަނުން ވަނީ ޔާމީންގެ ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންގޮސްފަ އެވެ. އޭގެ ފަހުން، މައުމޫން އިދިކޮޅު ކޯލިޝަންގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވި އެވެ. އެ މަސައްކަތްތަކުގެ ތެރެއިން، ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަކާ ގުޅިގެން ޔާމީންގެ ވެރިކަމުގައި ބޭބޭފުޅު މައުމޫން ހައްޔަރުކޮށް ޖަލަށް ލުމަށް ވެސް ހުކުމްކުރި އެވެ.
ނަމަވެސް ޖަލުން ސަލާމަތްވެ، އަދި ޕީޕީއެމް ލިބޭނެ ގޮތެއް ނެތުމުން މައުމޫން ވަނީ ފަހުން "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ގެ ނަމުގައި ޕާޓީއެއް އުފައްދަވައިފަ އެވެ.
"ކީއްކުރަން އަޅާ ބްރިޖެއް ހެއްޔޭ، އިސްލާމީ މަރުކަޒެއް އަޅާފައި ހުއްޓާ ކީއްކުރަން ހެއްޔޭ އަލުން، ހުޅުމާލެ ކިއްކާފައި ހުއްޓައި އަލުން ހިއްކައިގެން ދެ ވަނަ ފިޔަވަހީގައި ޒުވާނުންގެ ސަހަރު ހަދަނީ، އެއީ އެ ކޯލިޝަނުން ވަކިވުމަށް [މައުމޫން] ދެއްކި ހުއްޖަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ގައުމު ތަރައްގީވުމުން އޭގެ ފައިދާ ލިބޭނީ އެންމެންނަށް ކަމަށެވެ. ބްރިޖު އަޅައިގެން ފައިދާވަނީ ހަމައެކަނި ޔާމީނަށްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މިހާރު
"ނޫން، ދިވެހި ރައްޔިތުންނަށް ފައިދާވީ. މުޅި ދިވެހި ގައުމަށް އޭގެ ފައިދާވީ. ހުޅުމާލޭގައި ޔޫތު ސިޓީއެއް ބިނާކުރީމަ އޭގެ ފައިދާވީ ދިވެހި ރައްޔިތުންނަށް. ރައީސް ޔާމީން މިއަދާ ހަމައަށް ވެރިކަމުގައި ހުންނެވި ނަމަ މިއަދު ޔޫތު ސިޓީ އޮންނާނީ ކިހިނެއްތޯ. އިސްލާމީ މަރުކަޒެއް މިއަދު އާޓިފިޝަލް ބީޗުގައި ބިނާކުރީމާ އޭގެ ރީތި ނަން ލިބެނީ ދިވެހި ރައްޔިތުންނަށް. ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތުން އޭގެއިން ދައްކައިދެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެންމެ އިސްލާމީ މަރުކަޒެއް ނޫން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހުންނަން ވާނީ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ގައުމީ ލޯބި ތިބޭފުޅުން އަމިއްލަ އަށް ވަޒަން ކޮށްލާށޭ. މިއީ، ރައީސް ޔާމީނާ ހިތްޕުޅާ ހަމަނުޖެހިވަޑައިގެން ރައީސް މައުމޫން ކޯލިޝަނުން ވަކިވެވަޑައިގެންނެވި ސަބަބު."
އަބްދުއްރަހީމް ވިދާޅުވީ އޭނާ ގާތުގައި މައުމޫން ދެއްކެވި އެ ވާހަކަތަކަށް މައުމޫނަށް ދެކޮޅެއް ނުހެއްދެވޭނެ ކަމަށެވެ.
"އަޅުގަނޑު ގާތު ވިދާޅުވީ ތިމަންނަ މައްސަލައަކީ މިއީއޭ. ތިމަންނަގެ ލެގަސީ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާ ބުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސީލް
30 July 2021
ހުޅުމާލޭގެ ނަންވެސް ޔާމީންމާލެއަށް އަހަރެމެން ބަދަލުކޮއްލާނަން.. ލެގަސީވެގަނެގެން ގައުމުގެ ތަރައްގީއަށް ހުރަސް އަޅައިފި ކޮންމެމީހަކު ޖެހެނީ ތާރީޚުންވެސް ފޮހެލަން.
ހައްޤޭހައްޤޭ
30 July 2021
މިއިން އެގިގެންދަނީ ރައީސް މައުމޫނުގެ ގަދަރު މާބޮޑު ކަމަށް ދިވެހިރައްޔިތުންނަށް ވުރެން ދިވެހިރައްޔިތުން ހަނާ އަރުވާލާ އަދި އެމެންނަށް ދިރިނޫޅެވޭނެ ވަރަށް ތަކެތީގެ އަގު ބޮޑު ކޮށްގެން މާލޭގައި ކުއްޔަށް އުޅޭ ސަގާފަތް ދިރުވާ އާލާކުރުން ކަން ބޭނުމަކީ ބަދަލުގައި މާލެ ސަރަހައްދުން ގޯތި ތައް މާލެ ސަރަހައްދުގައި ދިރިއުޅެން ބޭނުންވާ ކޮންމެ މީހަކަށް ހިލޭ ދީގެން އެމެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދާ ދޭން އެއްގޮތަކަށް ވެސް ނުވިސްނާ ކަން ރައީސް ޔާމީނަށް ޝުކުރު
މުލޭ
30 July 2021
އަދުރޭމެން ދައްކާ ތިޔަ ޒާތުގެ ވާހަކަތައް އަހަރެމެން ގަބޫލުނުކުރަން. ސިޔާސީ މީހުން ދައްކާނީ ސިޔާސީ ވާހަކަ. ޔައުނީ ހަދާނީ ދޮގު. އަދުރޭ އަދުރޭ އަކަށް ހެދީ މައުމޫނު.
ރަގަޅު
30 July 2021
މައުމޫނު މި ޤައުމުގެ ވެރިކަންކުރީ ދުނިޔެއާ ރާއްޖެއާ މާބޮޑު ގުޅުމެއްނެތް ޒަމާނެއްގާ!! ރާއްޖެއަށް ލިބެނީ ބަޔަކު ހިލޭއެހީގެ ގޮތުގާ ދޭ އެއްޗެއް. 30 އަހަރުން ގެނައި ބަދަލާދޭތެރޭ ބަހުސްކުރެވިދާނެ އުސޫލުން ޔާމީން އަރާ 5 އަހަރުން ކުރިކަންކަމާވެސް ބަހުސްކުރެވިދާނެ. ހަޤީގަތަކީ، ދިވެހިންނަކީ، އަދިވެސް އަމިއްލަ ފުދުންތެރިކަމެއްނެތް، 3ވަނަ ދުނިޔޭގެ ފަޤީރު ޤައުމެއްކަން. ޗައިނާ، އިންޑިޔާއާ އެހެން ޤައުމުތަކަށް ސަލާންޖަހާގެން އުޅެމުންދާ ބައެއް.
ހަގީގަތްތް
30 July 2021
ތެދަށް ބުނަންޏާ ޔާމީނަކީ ރާއްޖޭގެ ތާރީހުގަވެސް ގައުމު އެންމެ ހަލުވި މިނުގަ ތަރައްގީ ކުރި ރައީސް. ހުޅުމާލެ ހިޔާ ފްލެޓްތައް ހަދައި ޒުވާނުންގެ ސަހަރެއްހަދަން ޔާމީން ކުރި މަސައްކަތް މި ސަރުކާރުންވެސް ދެމެހެއްޓިނަމަ މާފައިދާވީސް ޔާމީންގެ ވިސްނުން ރަގަޅު. ޒުވާނުން ވަޒަންވެރި ކުރުވައި ބޯހިޔާ ކުރުވަން ޔާމީން ކުރި މަސައްކަތް ބޭކާރުކޮށްލީ މިސަރުކާރުން. އަނގަޔާ އަތާ ދިމާ ނުވާ މީހުނަށް ފްލެޓް ދިނީމަ ކޮންތާކުންބާ ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެމީހުން ނެރޭނީ
ޗޮސްބެ
31 July 2021
ވައްކަމަކީ ތަރައްގީކަމަށް ވެއްޖެއްޔާ ތިކަންކުރި
ކޮމެންޓުކިޔާ ކުއްޖާ
30 July 2021
އަބަދުވެސް ބޭބޭފުޅުން ބޭނުންވަނީ ވަކި އާއިލާތަކެއްގައި ބާއްވައިގެން ނިކަމެތި ދިވެހިން ގުނބޯހައްދައިގެން ގެންގުޅެން، ޔާމީނު ބޮލެއް ކަނދުރާއެއް ނުބަލާ ތަރައްގީގެންނެވީ އަމިއްލަ ބޮނޑިވެސް ބަންނަމުން، ތަފާތަކީ އެހެންމީހުން ކޭވަރުނޭގޭތީ
ސަންޕަ ހަސަންފުޅު
30 July 2021
އަދުރޭގެ ދަރީގެ އައިނުގެ ދުނިގަނޑުގެވާހަކަދައްކަބަލަ.
ލެގެ ސީ ކޮކީ
30 July 2021
މީނަ ދެން ފަހެ މި ހުރިހާ ވާހަކަ ތައް ކިޔާ ދެމުން ދާ އިރު ޓިނު ޖެހި ވާހަކަ ކިޔާ ދޭނީ ކޮން އިރަކު ތަ؟
ވައްކަމާއަނިޔާޒިންދާބާދު
30 July 2021
ޕީ.ޕީއެމް އުފެއްދީ މައުމޫނު މެދަށްލައިގެން. ވެރިކަން ލިބުނީ ކޯލިޝަނަކަށް އެވެސް ވޯޓްކެންސަލްކޮށް ކިރިޔާގަ. ދެން ވީކަމެއްވީއިރު މައުމޫނު އިނީ ހުސްއަތާ ޖަލުގަ. ތިޔަ ވަސްނުބައި ތުހުމަތުތަކުން އެދުވަހަކު ނުޗެލި. މިއަދު ބުއްދިވެރީ އެހެން އާއެއްޗެއް ކިޔުން. ކޮންމެ އެއްޗެއް ކިޔަސް ހުސްއަތާ އައިސް އެއް ދައުރުން މާލޭން ބިމެއްގަނެ ދަރަނިނުވެ ޓަވަރެއް އެޅިއިރު އަމިއްލަ އެކައުންޓް ބަންޑުންވާ ވަރަށް އިތުރުކުރި އިކޮނޮމިސްޓަކަށް މަށެއް ތާއީދެއް ނުކުރާނަން.
ސަސު
30 July 2021
ތިޔައީ ހުސް އަމިއްލައެދުމަށް އުޅޭ މީސް މީހުން، ރައީސް ކަން ކުރީމަ އުމުރަށް އެލަވަސް ދޭންޖެހޭ ސަބަބެއް ނެތް. މައުމޫނެއް ޔާމީނެއް ތަފާތެއް ނުތް