ތަކަންދޫ ބަނދަރު ސަރަހައްދު: އެރަށު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ވަނީ ގެނެސްފައި --- ފޮޓޯ/މިހާރު
30 ޖުލައި 2021 - 15:39
ހއ. ތަކަންދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ތަކަންދޫ އިން ކޮވިޑް-19 އަށް ޓެސްޓްކުރި މީހަކު އެ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ބަލީގެ ހާލަތު ދެނެގަނެވެންދެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ސާމްޕަލް ނަގަމުންދާ ކަމަށެވެ.
ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އެ ބައްޔަށް ޕޮޒިޓިވްވީ ބަލީގެ އަލާމާތްތަކެއް ފެނުމުން ޓެސްޓް ކުރުމުންނެވެ.
މިދިޔަ އަހަރުގެ މެދުު ތެރޭގައި ވެސް ތަކަންދޫން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މާލެ ސަރަހައްދުން މަދުވިޔަސް، އަތޮޅު ތެރޭގައި އަދިވެސް ދަނީ އިތުރުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
30 July 2021
މާލެއިން ގިނަވާނި ޗުއްޓީ ނިމުމުން. އޭރައްވާނެ . ތިކަމާ އަޖައިބެއް ނުވާނެ ދިވެހިންނެއް