ފޭދޫފިނޮޅު: މިރަށް ރިސޯޓަކަށް ހަދަން ވިއްކާލަން ސަރުކާރުން ވަނީ ނިންމާފައި --ފޮޓޯ/ކިއުންތެރިއެއް
26 ނޮވެމްބަރ 2016 - 20:45
ރިސޯޓް ހެދުމަށް ވިއްކާލަން ނިންމާފައިވާ ކ. ފޭދޫފިނޮޅު ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވައިދޭން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކިބައިން ރައީސް މައުމޫންގެ ފެކްޝަނުން އެދިއްޖެ އެވެ.
ކުރިން ފުލުހުންގެ ބޭނުންތަކަށް ބޭނުންކުރި ފޭދޫފިނޮޅު ތިން މިލިއަން ޑޮލަރަށް ވިއްކާލަން ނިންމާފައި ވަނިކޮށް މައުމޫންގެ ފެކްޝަނުން މިދިޔަ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓަރަށް ފޮނުވި ސިޓީއެއްގައިވަނީ ދަތުރު ދިއުމާއި މުނިފޫހިފިލުވަން މާލެ ކައިރިން ރަށްތައް ކަނޑައެޅިފައި ވަނީ މާލޭގެ އާބާދީ ބޮޑުވުމުގެ ސަބަބުން ދިމާވާ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށެވެ،
ކުރިން ދަތުރު ދިއުން ފަދަ ބޭނުންތަކަށް ބޭނުންކުރި ކުޑަބަނޑޮސް ރިސޯޓަކަށް ބަދަލުވުމުން ދެން އޮތް ހަމައެކަނި ތަނަކީ ފޭދޫފިނޮޅު ކަމަށްވާއިރު އެތަން ރިސޯޓަކަށް ބަދަލުވުމުން ހެޔޮ އަގުގައި ދަތުރު ދިއުމާއި މުނިފޫހިފިލުވުމުގެ ފުރުސަތު ޒުވާނުންނަށް ގެއްލިގެންދާނެ ކަމަށް ސިޓީގައިވެ އެވެ. އެހެންވެ އެތަން ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވައިދޭން އެ ސިޓީގައި އެދިފައިވެ އެވެ.
"މާލޭ ސަރަހައްދުގައި މިހާރު އޮތް ހަމައެކަނި މިކަހަލަ ކަންތައްތަކަށް ބޭނުންކުރެވޭ ރަަށް ކަމަށްވާ ފޭދޫ ފިނޮޅު މިކަމަށް ކަނޑައަޅުއްވާ ދެއްވުމަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޒުވާނުންނާއި ސްކޫލް ކުދިންނާއި އަދި އާއިލާތަކަށް ލިބިދެވޭނެ ވަރަށް ބޮޑު އުފަލެއް.." ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ލެޓާ ހެޑްގައި ޒަމީރަށް ފޮނުވި އެ ސިޓީގައިވެ އެވެ.
އެތަން ޕިކްނިކް ރަށެއްގެ ގޮތުގައި ނުބޭއްވޭ ނަމަ މާލެ ސަރަހައްދުން އެފަދަ އެހެން ތަނެއްގައި ކަނޑައެޅުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. މައުމޫން ވަނީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި، ސަރުކާރުގެ ބައެއް ކަންކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮޅުގޭ މުހައްމަދު
27 November 2016
ފޭދޫފިނޮޅަކީ ރައީސް މައުމޫންގެ ދުރުވިސްނުމުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެދަށުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮއްފައިވާ ރަށެކެވެ އެއީ ސްކޫލްތަކުގެ ކެމްޕްތައް ބޭވުމާއި ސްކޫލްތަކުން ދާންޖޭ ޙާއްސަ ދަތުރު ތަކަށް ބޭއްވިފައިވާ ރަށެކެވެ އެރަށް ތަރައްގީ ކުރުގައި އަޅުގަނޑުގެ މަސައްކަތްވެސް ވަރަށް ގިނަވާނެއެވެ ހާއްސަކޮށް އެޑިއުކޭޝަނުގެ އާދައިގެ މުވައްޡަފުންގެ މަސައްކަތް ވަރަށް ގިނަވާނެއެވެ
އާއަލަ
27 November 2016
މައުމޫނަކީ ތަންތަން ވިއްކައިގެން ވެރިކަން ކުރެއްވި ބޭފުޅެއްނޫން. މަ ވަރަށް ގަޔާވާގޮތަށް ޚާރިޖީ ސިޔާސަތާއި އަމިއްލަ ވަންތަކަން ދެމެހެއްޓެވި ރައީސެއް. ޝުކުރިއްޔާ މައުމޫން.
އަންނަގަ
27 November 2016
ދެން ތަމެން އެހެންނާ ދެން ރަންރީނދޫ ޓްވިޓަރޭ ގެ މަގާމް ތިޔާ ފުރަނީ އެއީ ކިއެއްވެތަ. އަންނަގަ މަމެން ޕިންކީންގެ ގޯއްޗަށް. ތަމެން ބޭނުންނަމަ މިނިސްޓަރު ކަން ވެސް ދެވިދާނެ އިނގޭ.
އަލްޖިބްރާ
27 November 2016
އުނހު ! ރަށެއް އޮތީވިއްޔާ ވިއްކާލާ ! ލާރި ލިބޭނީ އޭރުން ! ފައިސާހޯދާނެ ގޮތް ނޭގޭމީހުން އެންމެފުރަތަމަ ވައްކަން ކުރާނީ މައިންބަފައިންގެ ޖީބުން !
މޮއިސް
27 November 2016
ރައީސް މައުމޫނު ސަރުކާރުގަވެސް ރައީސް ނަޝީދު ސަރުކާރުގަވެސް ކުޑަބަނޑޮސް ގަންނާނެ މީހަކު ނުވަތަ ބަޔަކު ނުވެގެނެއްނޫން ބާއްވާފައޮތީ. ހަމަ ރައްޔިތުންނަށްޓަކާ. ވަޙީދު ސަރުކާރުގަ ޑީން އަށްދިނީ އެއްވެސް ފިކުރެއްނެތި.. ފޭދޫފިނޮޅު ދަތުރުދާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަކީ އަހަރެން ފަދައިން ވަރަށްގިނަ ބައެއްގެ އެދުމެއް.
ލލ
26 November 2016
ވ ރަގަޅު ހުށަހެޅުމެއް!
ޓްރައިސްޓާރ
26 November 2016
ޕިކްނިކް ރަށެއްގެ ގޮތުގައި ތަމެން ރައީސް މައުމޫނުގެ ފެކްޝަން ކުދިންނަށް މަމެން ޕިންކީން ދީފާނަން އައްޑޫ ހުޅުދޫ. އެއީ ރާއްޖޭގައި އެންމެ ގިނަ ފަޅު ގެތައް ހުރި ރަށެއް ކަމަށް މި ބެލެވެނީ. ދެން ތަމެން ޕިކްނިކް ގޮސް އެ ފަޅު ގެތަކުގައި ހަންޑިން ނާއި އެކު ޕިކްނިކް ބޭއްވީމާ ނިމުނީ އެއް ނޫންދޯ. ކޮންމެހެން ފޭދޫ ފިނޮޅާއި ވައި އެޅެން އުޅޭނެ ކަމެއް ނެތެވެ.
އެހެންތޭ
27 November 2016
އެހެންތޭ. ހަމަ އެހާ ފަޅުގެތައް ގިނައީތޭ. ދެން ޓްވިޓަރޭ މެން ކިއެއްތޭ އެކުރަނީ ދޯ.
ޔޫސުބު
26 November 2016
ތިޔަ އެދިލެއްވުން ފުރިހަމަ ކޮށްދެއްވުމަކީ ވަރަށް ނާދިރުކަމެއް!
ޖިމީ
26 November 2016
މިއީ ރައްޔިތުންނަށް "ހެޔޮ" ކަންކަން "ޔަގީން" "ރަނގަޅު" ސަރުކާރެއް. އެކަމަކު ނެތް ތިކަންވާކަށް. ތި ރަށަށް ދިޔުމަށްވެސް ބޮލަކަށް 50 ޑޮލަރު ނަގަން ފާސްވެދާނެ
އުދުހޭ
26 November 2016
މާލެ ކައިރި އޮތް ރަށެއް ގަންނާނެ ބަޔަކު ނުވެގެނެއްނޫނޭ މީގެކުރިން ވެރިކަންކުރި ރައީސުން އެރަށް ނުވިއްކާ ބެއްވީ!
ތާކިހާ
26 November 2016
ޕިކްނިކް އައިލެންޑަކަށް ހުޅުމާލެ ކުޑަވީތޯ؟ އެތާގައި މާ ގިނަ ފެސިލިޓީސް އެބަހުއްޓޭ!
އުދުހޭ
26 November 2016
ތާކިހާ ޕިކްނިކަށް ދާންވާނީ ތިލަފުއްޓަށް. ހުޅުމާލެއަށްވުރެ ފެސިލިޓީ ގިނައީ އެތާންގަ! ސިމެންތި ފެކްޓްރީގެ ސައިޓް ސީއިންގ ވެސް ހެދޭނެ!