ހިޔާ ޔޫނިއަނުން އެދުނު ކަންކަން މަޖިލީހަށް ހުށަހެޅުމަށް މެޖޯރިޓީ ލީޑަރު އަލީ އާޒިމްއާ ހަވާލުކުރުން-- ފޮޓޯ: ހިޔާ ޔޫނިއަން
01 އޯގަސްޓް 2021 - 15:33
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއާ ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށްދިނުމަށް އެދި އެ ފްލެޓްތައް ލިބުނު 2،177 މީހެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ހިޔާ ފްލެޓް ޔޫނިއަނުން ބުނީ ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށާއި ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާއަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށް އެދި 2،177 މީހެއްގެ ސޮޔާ އެކު މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ އަށް ހުށަހެޅި ނަމަވެސް އެކަމަށް ހައްލެއް ހޯދައި ދީފައި ނުވާ ކަމަށެވެ.
ފާއިތުވި ދެ މަސް ދުވަހު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ސަރުކާރުގެ ވުޒާރާތަކުން މިކަމަށް އެދެވޭ ހައްލެއް ހޯދިފައި ނުވާތީ އެ ކަންބޮޑުވުންތައް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރު އަލީ އާޒިމްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ހިޔާ ޔޫނިއަނުން ބުނެ އެވެ.
އެ ޕެޓިޝަނުގައި، ކުލި ކުޑަކުރުމާއި ގްރޭސް ޕީރިއަޑްގެ މުއްދަތު އިތުރުކުރުމުގެ އިތުރަށް އެދުނީ ފްލެޓްގެ ޖުމުލަ އަގުން އިންޓީރިއާ އަށް ހޭދަވާ 100،000ރ. މާފުކޮށްދިނުމަށެވެ.
ޔޫނިއަނުން ބުނިގޮތުގައި، ގާތްގަނޑަކަށް 25،000 އަށް ވުރެ ގިނަ ރައްޔިތުންތަކަކާ ސީދާ ގޮތުން ގުޅިފައިވާ މި މައްސަލަ އަށް ހައްލެއް ލިބުމަށް ޔޫނިއަނުން އެދެ އެވެ.
"ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހާސިލް ނުކުރެވޭނެ އެއްވެސް ކަމަކަށް ޔޫނިއަން އިން އެދިފައި ނުވާނެ އެވެ،: އެ ޖަމާއަތުން ބުންޏެވެ.
ފްލެޓް ލިބުނު މީހުން "ފަހުގެ އާދޭސް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ހިމޭން އިހުތިޖާޖުގައި ވެސް ގިނަ ބަޔަކު ތަނުގެ ކުލި ބޮޑުކަން ފާހަގަކުރި އެވެ. ސާވިސް ފީ ހިމެނޭ ގޮތަށް މަހު ކުލީގެ ގޮތުގައި މިހާރު 8،500 ރުފިޔާ ހިޔާގެ ފްލެޓަކަށް ދައްކަން ޖެހޭނެ އެވެ.
ފްލެޓްތައް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަމުން އަންނައިރު އެއީ "ފިނިޝިން" ނެތް ފްލެޓްތަކެކެވެ. މިހެންވެ ފްލެޓްގެ މަަސައްކަތް ނިންމަން ތިން މަސް ސަރުކާރުން ދޭން ނިންމިއިރު މި ތިން މަހަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.
ފްލެޓް ލިބޭ މީހުންގެ އަމިއްލަ އަށް ފިނިޝިން އަށް ހަރަދު ކުރަން ޖެހޭއިރު އެކަމަށް ވެސް މަދުވެގެން އެއް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔަވަޅު
03 August 2021
މަ އަތުން ނަގާ ޓެކުހުގެ އެންމެ ރުފިޔާ އެއްވެސް ތި ފްލެޓް ދިން މީހުންނަށް ހަރަދު ކޮހގެން ނުވާނެ . . އެހެން އެކަން ވާނަމަ އަހަރެމެންގެ ކުލިންވެސް ބައެއް ކަނޑަާދޭން ޖެހޭނެ . ނުލާހިކު ނިކަމެތިކޮށް އެއްކޮޓަރީގަ އުޅެނި 5 މީހުން . ރޔ ސަރުކާރުން ލިޔުން ދީފަ އޮއްވާ މިސަރުކާރުން އެފްލެޓް އަތުލީ . ހަމަ އެމްޑިޕީ އަށް ސަޕޯޓް ނުކުރާތީ. މިސަރުކާރު ތެރެއިން ޑީލް ހަދާ އަޑިއަޑިން އަހަރެމެން ފްލެޓް ޖަހައިގެން އެއްވެސް މީހަކަށް މާފެއް ނުކުރާނަން .
ސާބަސް
02 August 2021
މުޅިދުނިޔޭގަވެސް ނޫޅޭނެހެންހީވަނީ, މިވަރުގެ އަމިއްލައެދުންބޮޑު ހަރާމެއް ހަލާލެއްބެލުމެއްނެތި ހީހޫތަނުންކާން ދަސްވެފަތިބި ބައެއްތިބި ގައުމެއް... ސާބަސް ސާބަސް... ތިޕެޓިށަނުގަ ސޮއިކޮއްފަތިބި މީހުންގެތެރޭގަ ވިލިމާލޭގަ2500އަކަފޫޓު ބިމެއްގަ 6ފުލޯގެ އިމާރާތެއްހުރެމެ އޭނަގެ އަންހެނުންނަށާއި, 3ކުދިންނަށް 4ފުލެޓް ލިބުނީމަވެސް ޔުނިއަނުން ޕެޓިށަން ސާބަސް ސާބަސް...
ައަހާ
02 August 2021
ކޮން ފްލެޓް ޔޫނިއަންއެއް. ތިޔައީ އަމިއްލަ އެދުމާއިހެދި އުޅޭ ބައެއް. ތިޔަ މީހުން ދިރާސާކޮށްބަލަ ކުރިން ހަދާފައިހުރި ޗައިނާ ފްލެޓްތަކާއި ދީފައިހުރިހުރި އަގުއޭ. ގެ ފަހުން ބަލާބަލަ ހިޔާފްލެޓަށް ހަދަރުވިވަރު. ހިޔާފްލެޓްތައް ކަލޭމެން ބުނާއަގެއްގައި ދެވޭތޯ
ޑައިޜި
02 August 2021
ޖީއެސްޓީ ކަޑާލަން ޕެޓިސަނެއް ހަދާބަލަ، މިހުރިހާ ކަމެއް ހައްލުވީ
ގުދުގުދާބެއްޔާ
02 August 2021
މިއުޅެނީ މަކަރާހީލަތުން ކުލި ކުޑަކުރުމަށްފަހު އެތަން ކުއްޔަށް 10 ހާހައްދޭން! އޭރުން ދެއަތް އުރާލައިގެން ތިބެންވީ! މިހާރު އޮތް އަގުގައި އެތަން ކުށްޔަށް ދީފިނަމަ ދެހާހެއްހާ ރުފިޔާ ލިބޭނީ!
މިހާރު ފ
01 August 2021
ދެން ރައްޔިތުންގެ ލާރިންވީ ތި މީހުންނަށް ގެ ގަނެދޭންވީ؟ ލާރި ނެތިއްޔާ މިހާރު ހުރިބަޔަކަށް ދޫކޮށްލާފަ، އިހަށް މަޑުކޮޮށްލާ
ފޫހި
01 August 2021
މިހާރު ވެސް ތިޔަ ޕެޓިޝަން ހިފައިގެން ކޮޅުކޮޅަށް ދުވާމީހުންގެ އެހެން ތަންތާގައި ގެދޮރު ހުންނާނެ. ތިޔަ ތަނުން ފްލެޓް ލިބުނު 95 ޕަސެންޓް މީހުންގެ ގެދޮރު އެކު ތަންތާގައި ހުންނާނެ. މާލޭ މީހުންގެ އެމީހުންގެ މައިންބަފައިންގެ ގެއިން ލިބުނު ބައި ހުންނާނެ. ތުޔައުޅެނީ މަކަރުން ކުލި ކުޑަކުރަން. ތިޔަތާގައި 50 ހާސް މުސާރަ ލިބޭމީހުންވެސް އެބަތިބި. ބަލަ ކުލި ބޮޑިއްޔާ ދޫކޮށްލަބަލަ. ތިޔަހެން ކުލި ކިޑަކުރަންޏާ އަހަރެމެންގެ ގޭގެ ކުލި ވެސް ކުޑަކޮށްދީ. އެހެންނޫނީ އެހަރެމެންނަށް ހިލޭ ފެނާ ކަރަންޓްދީ.
ރައުފާ ފެއުދޫ
01 August 2021
މުޢިއްޒު އަށް ހުރިހާ މޮޅެއް. ޔާމީނު ޖަލަށް. ޕީ ޕާޓީ ކުދިންނަށް ފްލެޓް ބަހަން ރަނުގެ ފުރުސަތު ރައްޔަތުން އަނެއްކާ ވެސް ދީފި. ރަށުގަ ތިބި އައްޑޫ ފޭދޫ މީހުންނަށް ވެސް ފްލެޓް ލިބިގެން ސޮއިކުރަން ހިނގައްޖެ. މައްސަލައެއްނެތްތާ އައިބީ ޢާއިލާވިއްޔާ.
ކިލެގެ
01 August 2021
ބަލަ ފަހުން ތިފޯމުމތަށް ބަލައިގެން އިންސާފުވެރި ސަރުކާރުން އެއޮތީ ބަހާފަ އެއްނު. ދެން ކޮން ހާސަރެއެްތަ ތި ދަމަނީ. އަދިވެސް ވެރިކަމުގަ ހުރީ ޔާމީނުތަ ؟
ހިޔާބޭބީ
01 August 2021
ސަރުކާރުން ލޯނު ނަގާފަ، ތަން ނިންމަން ޖެހޭ ދުވަހަށް ތަން ނުނިމުމުގެ ސަބަބުން އިންޓަރެސްޓް އަރައިގެން ގޮސް އެ ދައްކަން އަނެއްކާ ބޮޑު އިންޓަރެސްޓްގަ ލޯނު ނެގުމަކީ ފްލެޓު ލިބުނު މީހުންނަށް އޭގެ ވަރު ސަރުކާރުން ބާލަން ޖެހޭ ކަމެއް ނޫން. މިހުރިހާ ކަމެއްވެސް ވަނީ ސަރުކާރުގެ ސްލޯ ކަމުންނާއި ނުކުޅެދުންތެރިކަން ބޮޑުކަމުން.
ޔޫނިއަންގެ ކާފަ
01 August 2021
ކޮންމެކަމަކަށް ޖަމްއިއްޔާއެއް ހަދައިގެން މާވަރުގަދަ ބަޔަކަށް ވެގެން ރައްޔިތުންނޭކިޔައިގެން މި އުޅެނީ ކޮންމެވެސް ނާޖާއިޒް ފައިދާއެއް ހޯދަންވެގެން / ރައްޔިތުންނުކިޔާ އަމިއްލަ އެދުމުގެ ވާހަކަ ސަރުކާރުގައި ބުނެލުން މާރަނގަޅުވާނެހެން ހީވަނީ
ފްލެޓްނުލިބުނަސް
01 August 2021
25000 މީހުންގެ ހައްޤާ ގުޅުނީމަ 500000 ގެ އާބާދީއަކަށް ރަނގަޅު