ޖާބިރު މިއަދު މަޖިލީހުގެ އިދާރާގެ ކައިރީގައި އޮށޯވެވަޑައިގަންނަވަނީ.
03 އޯގަސްޓް 2021 - 12:54
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގެ އިދާރާގެ ކައިރިއަށް ވަޑައިގެން އަޑުގަދަކުރައްވައި މަޖިލީހުގެ ދޮރުމަތީގައި އިށީނދެ އަދި އޮށޯވެ ވަޑައިގެން އިހުތިޖާޖުކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖާބިރު ވަޑައިގެން މަޖިލީހުގެ މައި ދޮރާށީގެ ކައިރީގައި އިށީނދެވަޑައިގެން ހަޅޭއް ލައްވަމުން ގެންދެވި އެވެ. ނަމަވެސް އޭނާ ވިދާޅުވަމުން ގެންދެވި ގިނަ ވާހަކަތައް ސާފެއް ނުވެ އެވެ. އޭނާ އެތަނުން ތެދުވެވަޑައިގަންނަވާތޯ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު މަސައްކަތްކުރައްވާތަން ވެސް ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް ޖާބިރު އޭނާއަށް އިޖާބައެއް ނުދެއްވައި އިންނެވުމަށް ފަހު "ކަލޭ ވަޑައިގަންނަވާ" ށޭ ވިދާޅުވެ ޢެވެ. އެ ހިސާބުން ދިޔާނާ ވަޑައިގަތީ އެވެ.
ޖާބިރު ހިޔަލަށް ވަޑައިގަތުމަށް މީހަކު ގޮވާލި އަޑު ވީޑިއޯ އިން ޢިވެ އެވެ. ޖަވާބުގައި ވިދާޅުވީ "ރައްޔިތުންނަށްޓަކައި މި އަވި އަރާމު" ކަމަށެވެ.
ވީޑިއޯއިން ސާފުވާ ބައެއް ވާހަކަތަކުގައި އޭނާ ވާހަކަ ދެއްކެވީ ވަރަށް ހަޑިހުތުރު ބަހުންނެވެ. އަދި އޭނާގެ އަތުގައި އޮތް ފެން ފުޅި ބޮލަށް ވެސް އަޅުއްވަ އެވެ.
ޖާބިރު މިއަދު މަޖިލީހުގެ އިދާރާގެ ކައިރިއަށް ވަޑައިގެންނެވީ ސީދާ ކީއްވެ ކަމެއް ނޭނގެ އެވެ. އޭނާއަކީ އާއްމުކޮށް ވަރަށް އަވަހަށް މީޑިއާއަށް ޖަވާބުދެއްވާ މެމްބަރަކަށް ވިޔަސް މިއަދު ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދަނިކޮށް ވެސް، އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ޖާބިރު އަމަލުކުރައްވައިގެން ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން މީގެ ކުރިން އެތައް ފަހަރަކު އަންގާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
04 August 2021
މިއީ ތިޔަ ސިޔާސީމީހުންގެ ހާލު! މީހުންނަށް އެތައް މިލިޔަން ރުފިޔާއަށް ދަރާފައި މައްސަލަ ކޯޓްގައި އޮއްވާ ފުރަން ދިޔައީމައި ޕާސްޕޯޓް ހިފަހައްޓާފައި އޮތީމައި ދެން އައިރުޅިން ބޯގޮވާފަ ކިޔޭނުކިޔޭ އެއްޗެއް ނޭގޭ! މިއީ ފެންވަރަކީ!
ރަދުން
04 August 2021
ެއެމްޑީޕީ ސަރުކާރު ގެނައުމަށް ޖާނާ މާލް ހަރަދުކޮށްލީ މީހެއް މިއީ .60 މިލިއަން ހަރަދުކޮށްދިންކަން ސޯލިހު މިހާރު ހަނދާނެއްނެތް.ދިޔާނާ އަށް ޖަބެއްވެސްނުދިން.
އިޙްސާސް
04 August 2021
ތިވާނީ އެބޭޅާއަށް މިއަދު ރިހާކުރާ ބަތާ އަދި ކާށިދޫން ފޮނުވި ކުޅި މިރުސްކޮޅެއް ކެވުނީހެން.
ލަދުހަޔާތް
03 August 2021
މިހިސާބު ގޯޅިގަނޑުތެރޭންވެސް އިހައްރޭ ދެސޮރަކު ގެންދިޔަ އިހުތިޖާޖުގަތިއްބާ ފުލުހުން، އިހުތިޖާޖު ނިމުނީމަ އަނެއްދުވަހު ދޫކޮށްލައިފި.
324
03 August 2021
ޔާމީނެއް ނޫނެއްނު ވެރިކަން ނުލިބިގެން ހޭބަލިވެގެން ބުމަރެއްހެން އެނބުރެނީކީ . އެމީހާއަށްދީ ވެރިކަން .
ގުލްޒާރު
03 August 2021
ޖާބިރު ދާންވީ މޮޑެލްކުރާން.
ހަސީނާ
03 August 2021
ތިވާނީ ކާށިދޫއިން މާލެއަށް އަޅާ ކޭބަލް ކާރުގެ އިސްތިހާރެއް ކުޅެނީކަމަށް.
ނިއްޓެ
03 August 2021
މިވެސް ދެން މީހެއް މީނަގެ އަމަލުތައް ސަޅި ވާ ދިވެހިންވެސް އުޅޭ ދެން. ލަދު.
ޙިނި
03 August 2021
ކޮވިޑު އިގުތިސާދުގެ އަސަރު. ޖާބިރު ގެންގޮސް ޑޮކްޓަރައްގައްކަލަ
ޢިޓަލީ
03 August 2021
މިކަމުގެ ބަދަލުގަ އިތުރު ރިސޯރޓެއް އަދި ލިބޭނެ. ޖާބެއައްވާނެ ?