މުނިފޫހިފިލުވުން / އަކްޝޭ ކުމާރު

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޖާންވީ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑް-19އާ ހެދި ބަންދުކުރި އިންޑިއާގެ ސިނަމާތައް މި މަހުގެ ތެރޭގައި ހުޅުވަން ނިންމައި، އަޅުވަން ހަމަޖެއްސި ފުރަތަމަ ބޮޑު ފިލްމަކަށް އިއުލާންކުރި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 19 ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ 1984 ގައި އިންޑިއާގެ ސިޔާސީ މައިދާނުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕައި ތުރިލާއެކެވެ.

"ބެލް ބޮޓަމް" ގެ ކާސްޓްގައި ވާނީ ކަޕޫރް، ލާރާ ދައްތާ، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ހިމެނެ އެވެ.

މި ފިލްމުގެ ޓްރެއިލާ އިން އެންމެ ބޮޑަށްއަޅައިގަންނަ ކަމަކީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ކެރެކްޓާ ގިނަ މަންޒަރުތަކެވެ. "ބެލް ބޮޓަމް" ބިނާކޮށްފައި އޮތީ އިންދިރާ އަވަހާރަކޮށްލި އަހަރުގެ ހާދިސާތަކަކަށް ވެސް ފާހަގަކޮށްލެވެ އެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ފުރަތަމަ ފިލްމެވެ.

ކާތިކާ އެކު އަނެއްކާ ވެސް ކިއާރާ

ދާދި ފަހުން ކާތިކް އާރިޔަން ސޮއިކުރި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު "ސަތިއަނާރަޔަން ކީ ކާތާ" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމު އިއުލާންކުރި ދުވަސްކޮޅު ބައެއް މީޑިއާތަކުން ބުނެފައި ވަނީ ސަމީރު ވިދުވަންސް ޑައިރެކްޓްކުރާ އަސަރު ގަދަ ލޯބީގެ ފިލްމުގެ ބަތަލާ އަކީ ޝްރަދާ ކަޕޫރް ކަމަށެވެ. ނަމަވެސް ރިޕޯޓްތައް މިހާރު ބުނަނީ ފިލްމަށް ކިއާރާ ނަގާފައިވާ ކަމަށެވެ.

ކުރިއަރަމުން އަންނަ ޒުވާން ބަތަލާ މިހާރު ވެސް އަންނަނީ ކާތިކާ އެކު "ބޫލް ބުލައްޔާ 2" ގެ މަސަައްކަތްކުރަމުންނެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން އަންނަ މަހު ނިންމައިލަން އަމާޒު ހިފާފައިވާ އިރު، ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ނޮވެމްބަރު 13 ގަ އެވެ.

"ސަތިއަނާރަޔަން ކީ ކާތާ" ގެ ޝޫޓިން ވެސް ވަރަށް ފަށަން ތައްޔާރުވަމުން އަންނަ އިރު މީގެ ނަން ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

ޖާންވީ އާއި ރާޖަށް ދެވަނަ ފިލްމެއް

މި އަހަރުގެ މާޗްގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ރޫހީ" ގެ ލީޑް ރޯލު ކުޅުނު ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ ދެވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ޖާންވީގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޑައިރެކްޓަރު ޝަރަން ޝަރުމާ ޑައިރެކްޓްކުރާ ފިލްމެކެވެ. އެ ފިލްމު ވެސް ގެނެސްދިން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ޝަރަންގެ އާ ފިލްމަކީ ކްރިކެޓްގެ ތެރެއިން ހިނގާ ކަންތައްތަކެއް ފެނިގެން ދާނެ ފިލްމެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓް ނިންމައި، ފިލްމުގެ ޝޫޓިން ފަށާނެ އިރަކާ ދޭތެރޭ މިހާރު އަންނަނީ މަޝްވަރާކުރެވެމުންނެވެ.

އަނިލް އަށް މަލަޔާޅަމް ފިލްމެއްގެ ރިމޭކެއް

ދެހާސް ނަވާރައިގައި ރިލީޒްކުރި ކާމިޔާބު މަލަޔާޅަމް ފިލްމު "އެންޑްރޮއިޑް ކުންޖައްޕަން ވާޝަން 5.25." ގެ ހިންދީ ރިމޭކަށް އަނިލް ކަޕޫރް ސޮއިކޮށްފި އެވެ.

މި ސައިންސް ފިކްޝަން-ކޮމެޑީ ޑްރާމާ އަކީ ރަތީޝް ބާލަކްރިޝްނަން ޑައިރެކްޓްކޮށް، ސޫރަޖް ވެންޖަރަމޫޑް މައިގަނޑު ރޯލު ކުޅުނު ފިލްމެކެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސޯބިން ޝާހިރް، ސޫރަޖް ތެލަކައްޑް އަދި ސައިޖޫ ކުރުޕް ހިމެނެ އެވެ.

އަނިލްއާ އެކު "އެންޑްރޮއިޑް ކުންޖައްޕަން ވާޝަން 5.25" ގެ ހިންދީ ފިލްމު ހަދަން އޭގެ ރައިޓްސް ހޯދީ "އާރް...ރާޖްކުމާރު" އާއި "މުއްނާ މައިކަލް" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު ވިކީ ރަޖާނީ އެވެ. އަދި ފިލްމު ހަދާނީ އޭނާގެ ފިލްމު ކުންފުނި ފެއިތު ފިލްމްސް އާއި ސޮނީ ޕިކްޗާޒް އިންޑިއާ ގުޅިގެންނެވެ.

ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާނެ އެވެ. އެކަމަކު ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454