މުނިފޫހިފިލުވުން / ބޮލީވުޑް

ލާރާ އަށް އިންދިރާ ގާންދީގެ ރޯލު ވަރަށް ހާއްސަ

މި މަހުހެ 19 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގައި އިންޑިއާގެ އަންހެން ހަމައެކަނި ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކުޅެން ލިބުމަކީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ރޯލުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް އެ ރޯލު ކުޅުނު ބަތަލާ ލާރާ ދައްތާ ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ފިލްމުގެ ޓްރެއިލާ ދައްކައިލި އިރު އޭގައި އެންމެ ބޮޑަށް ދައްކުވައި ދެނީ ވެސް އިންދިރާގެ ކެރެކްޓާ އެވެ. އެކަމަކު ޓްރެއިލާ ބެލި މީހުންނަށް އެއީ ލާރާކަން އެނގުނީ މާ ފަހުންނެވެ. އިންދިރާ އަށް ލާރާ ބަދަލުކޮށްފައި ހުރިލެއް ފުރިހަކަމުން އެއީ ހަމަ ހަގީގަތުގައި ވެސް 2000 ވަނަ އަހަރުގެ މިސް ޔުނިވާސް ކަމަށް ގަބޫލުކުރަން ގިނަ ބަޔަކަށް ދަތިވި ކަމަށް ޓްވިޓާގައި ވެސް ބުނެފައިވެ އެވެ.

ލާރާ.

އެ ރޯލާ ބެހޭ ގޮތުން ލާރާ ބުނީ އެއީ ވަރަށް ހާއްސަ މަސައްކަތް ކަމަށެވެ. އަދި އޭނާގެ ޕްރޮސްތެޓިކް މޭކަޕް ހެދި ވިކްރަމް ގައިކްވާޅުގެ މަސައްކަތްކޮށް ފާހަގަކޮށް، އިންސްޓަގްރާމްގައި ލާރާ ޝުކުރު އަދާކޮށްފައިވެ އެވެ.

"އެއީ ވަރަށް ގިނަ ހޯމްވޯކާއި ރިސާޗް ހަދައިގެން ކޮށްފައި އޮތް ޓީމް މަސައްކަތެއް. އެންމެ އުފާވި ކަމަކީ ބެލް ބޮޓަމްގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު އެ ރޯލް އަހަންނަށް އޮފާކުރީމަ. މިއީ ކެރިއަރުގައި މިހާތަނަށް ކުޅެން ލިބުނު ވަރަށް ވެސް ހިތްގައިމު ރޯލެއް އެހާމެ ހާއްސަ ރޯލެއް،" މިހާރު ފިލްމުތަކުން ފެނުން ވަރަށް މަދު ބަތަލާ ބުންޏެވެ.

އިންޑިއާގެ ޓެނިސް ތަރި މަހޭޝް ބޫޕަތީއާ ކައިވެނިކޮށް އަންހެން ދަރިޔަކު ވެސް ހުރި ލާރާ، 46، ބުނީ "ބެލް ބޮޓަމް" ގައި އޭނާގެ ކެރެކްޓާ އަކީ ފިލްމުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. ރަންޖީތު ތިވާރީ ހަދާފައިވާ މި ފިލްމަކީ އިންދިރާގެ ބޮޑުވަޒީރުކަމުގެ ފަހު އަހަރު އަދި އެކަމަނާ އަވަހާރާކޮށްލި 1984 ވަނަ އަހަރުގެ ހަގީގީ ހާދިސާތަކަށް ހަދާފައިވާ ސްޕައި ތުރިލާއެކެވެ. "ބެލް ބޮޓަމް" ގެ މައިގަނޑު ޕްލޮޓަކީ މަތިންދާބޯޓެއް ހައިޖެކްކުރުމުގެ ހާދިސާއެކެވެ.

ލާރާ ބުނި ގޮތުގައި ފިލްމަށް އޭނާ އެއްބަސްވީ އޭގެ ސްކްރިޕްޓް ވެސް ނުކިޔަ އެވެ. ސަބަބަކީ ފޯނުން ގުޅާފައި ޕްރޮޑިއުސަރުން އޭނާ އަށް ހުށަހެޅީ އިންދިރާގެ ރޯލު ކަމަށްވުމުން އެ ކެރެކްޓާ ސްކްރިޕްޓްގައި އާދައިގެ ގޮތަކަށް ގެނެސްދީފައި ނޯންނާނެކަން ގަބޫލުކުރެވޭތީ އެވެ.

"އެންމެ ފުރަތަމަ މިކަމަށް ވިސްނާލަން ވަގުތުކޮޅެއް ވެސް ދިޔަ. އެކަމަކު އެ ވަރުގެ ޝަހުސިއްޔަތެއްގެ ރޯލު ކާކު ދޫކޮށްލާނީ؟ ފާހަގަކުރަން ޖެހޭ ކަމަކީ އިންދިރާ ކަހަލަ ޝަހުސިއްޔަތެއްގެ ރޯލު ކުޅުމަކީ ބަތަލާއެއްގެ ކޮނޑުގައި އެޅޭނެ ވަރަށް ބޮޑު ޒިންމާއެއްކަން،" ލާރާ ބުންޏެވެ. "އަހަންނަށް ހިތްހަމަޖެހޭ ވަރަށް މަސައްކަތްކުރެވުނު. މިހާރު މި ހުންނަނީ ފިލްމު ބަލާފައި އޯޑިއަންސް ބުނާ އެއްޗެއް ބަލަން ކެތްމަދުވެފައި."

އޭނާ ބުނީ އިންދިރާގެ ރޯލު ބަލައިލަން އެކަނި ކަމަށް ބިޔަސް "ބެލް ބޮޓަމް" އަކީ ނުބަލައިދޫކޮށްލާ ވަރުގެ ފިލްމެއް ނޫން ކަމަށެވެ.

މީގެ ކާސްޓްގައި ވާނީ ކަޕޫރާއި ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454