ވިޔަފާރި / ރިޕޯޓް

މުދާ ގެނައުމުގައި ބޮޑު ތަކުލީފެއް، އަގުތައް މައްޗަށް!

ބާޒާރުން ކުރިން ވަރަށް ފަސޭހައިން ލިބެން ހުންނަ ބައެއް ބާވަތަކީ ކެރެޓާއި ލޮނުމެދެވެ. ކުރިން 25ރ. އަށް ކިލޯ ވިއްކަމުންދިޔަ އެ ދެ ބާވަތުގެ ކިލޯއެއްގެ އަގު އުޅެނީ 150ރ. އަށް ވުރެ މަތީގައި.

ބާޒާރުން ބޯޓަކަށް މުދާ އަރުވަނީ. ބާޒާރުގައި ބައެއް ބާވަތްތައް ވަނީ ހޯދަން އުނދަގޫވެފައި--ފައިލް ފޮޓޯ: އަހުމަދު އަވްޝަން އިލިޔާސް/މިހާރު

ތަރުކާރީ އާއި މޭވާގެ ވަރަށް ބޮޑު ޝޯޓޭޖެއް ބާޒާރުގައި އެބައުޅެ އެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި އަންނަ ހަފުތާގައި ވެސް އޭގެ ވަރަށް ނޭދެވޭ އަސަރުތައް ކުރުން ވަރަށް ގާތެވެ.

ބާޒާރުގައި މިހާރު އޮތް ޝޯޓޭޖް ނުފިލައިފި ނަމަ އާންމުކޮށް ތިން ރުފިޔާ އަށް ލިބެން ހުންނަ އޮރެންޖް 6ރ. އަދި 5ރ. އަށް ލިބޭ އާފަލު 8ރ. ރުފިޔާ އަށް އަގު އުފުލޭނެ އެވެ. ބާޒާރުން ލޮނުމެދު، ކެރެޓް އަދި އިނގުރު މިހާރު ވެސް ހުރީ ގާތްގަނޑަކަށް ހުސްވެފަ އެވެ.

ބާޒާރުން ކުރިން ވަރަށް ފަސޭހައިން ލިބެން ހުންނަ ބައެއް ބާވަތްތައް ކަމަށްވާ ކެރެޓާއި ލޮނުމެދުގެ އަގު ވަނީ މީގެ ކުރިން ނާރާހާ މައްޗަށް ގޮސްފަ އެވެ. ކުރިން 25ރ. އަށް ކިލޯ ވިއްކަމުންދިޔަ އެ ދެ ބާވަތުގެ ކިލޯއެއްގެ އަގު އުޅެނީ 150ރ. އަށް ވުރެ މަތީގަ އެވެ. ބާޒާރުން އެ ތަކެތި އެހެން ކުދި ފިހާރަތަކުން އެ ބާވަތްތަކުގެ އަގުތައް ހުރީ އަތްނުފޯރާ ފަށުގަ އެވެ.

މި ވަގުތު ރާއްޖެ އަށް މޭވާ އާއި ތަރުކާރީ އެންމެ ފުޅާ ދާއިރާގައި އެތެރެކުރަމުން އަންނަ އެއް ކުންފުންޏަކީ ފްރޮންޓިއާ މާކެޓް އެންޓަޕްރައިޒަސް އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަފީގު ވިދާޅުވީ، ކާބޯތަކެތި ހޯދުމުގައި އެހާ ބޮޑަށް ލަސްވެގެން އުޅެނީ ލަންކާގެ ބަނދަރުން ތެކެތި ރާއްޖެ އަށް މުދާ ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.

"މިދިޔަ މަހުގެ ޖުލައި 25 އިން ފެށިގެން ޝިޕްމެންޓެއް އަދި ނާދޭ. އަޅުގަނޑުމެން މި ގެންނަނީ ޕެރިޝަބަލް ސާމާނު. ލަންކާކޮޅުން ތަކެތި ގެންނަން ބޮޑެތި ޑިލޭތައް އެބަހުރި. އަނެއްކޮޅުން ޗައިނާ ބަންދުކޮށްފައި އޮތުމުމުން އެ ގައުމުން ކުރިން އަގު ހެޔޮކޮށް ގެންނަ ސާމާނު ގެންނަން ޖެހެނީ އެހެން ގައުމުތަކުން،" އޭނާ ވިދާޅުވި އެވެ.

ބާޒާރުމަތީގައި ބަޔަކު ސައިކަލުގައި މުދާ އުފުލަނީ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އާ ޝިޕްމެންޓެއް ނުލިބިއްޖެ ނަމަ އިތުރު ތަކެތީގެ އަގު އުފުލޭނެ.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ރަފީގު ވިދާޅުވީ، ޗައިނާ އިން ކުރިން ގެންނަ ކެރެޓާއި ލޮނުމެދު ފަދަ ތަކެތި މި ވަގުތު ގެންނަނީ ލަންކާ އާއި އިންޑިއާ އާއި ތުރުކީންނެވެ. އަދި މިހާރު ތަކެތި ގެންނަ ގައުމުތަކުން ތަކެތި ލިބުމުގައި ވަރަށް ބޮޑަށް ތާށިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑްގެ ތެރޭގައި ވެސް ލަންކާއިން މުދާތައް ގެނައުމަށް ނަގަނީ 30 ވަރަކަށް ދުވަސް ނަމަވެސް މިހާރު ދެ މަހުން ވެސް ޝިޕްމެންޓެއް ގެނައުމަކީ ދަތި ކަމެކެވެ. މިކަމުގެ ސަބަބުން ވެސް ބޮޑެތި ހަރަދުތަކެއް އިމްޕޯޓަރުން ކުރަން ޖެހެ އެވެ. ބާޒާރުން ސްޓޮކް ހުސްނުވެ، އާންމުންނަށް ލިބޭ ގޮތް ހެދުމަށް ބައެއް މޭވާ އާއި ތަރުކާރީ އެއާފްރައިޓްކޮށް ގެނެ އެވެ. އެކަމަކު މިއީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެކެވެ.

"އާންމުންނަށް ހީވަނީ މުދާ ހުސްވުމުން ހަމަ ތިބެފައި ތަކެތި އަގުބޮޑުކުރަނީއޭ. އެކަމަކު އެހެންނެއް ނޫން ވަނީ. އަޅުގަނޑުމެން ޖެހެނީ އެއާޕްރައިޓްކޮށް ތަކެތި ގެންނަން. އެގޮތަށް ތަކެތި ގެނައުމުން އަގު އެބަ ދެގުނަ ތިން ގުނަ އުފުލޭ،" އޭނާ ވިދާޅުވި އެވެ.

އިމްޕޯޓަރުން ތަކެއްޗަށް އޯޑަރު ދެނީ އެންމެ ފަހު ވަގުތު

ކޮވިޑްގެ ހާލަތަށް ފަހު ޕޯޓުތައް ހުޅުވާލުމާ އެކު ދުނިޔޭގެ އެންމެ ބޮޑެތި ޕޯޓުތައް އޮތީ އެކި ކަންކޮޅުތަކުގެ ކޮންޓެއިނާ ބޯޓުތަކުން ފުރާލައިފަ އެވެ. ކޮވިޑްގެ ހާއްސަ އުސޫލުތަކުގެ ތެރެއިން ކޮންޓެއިނާތައް ކްލިއާ ކުރުމަށް އެތައް ދުވަހެއް ނަގަ އެވެ. ގިނަ ދުވަހު މަޑުކުރަން ޖެހޭތީ ބައެއް ބޯޓުތައް ޕޯޓުތަކަށް މުދާތައް ނުބާލާ ފުރަނީ އެވެ. މިހެންވެ ބައެއް މުދާތައް ގައުމުތަކަށް ލިބުމުގައި ދަތިވެ، ކޮންޓެއިނަރުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ކުރިން ޗައިނާ އާއި އެމެރިކާއާ ދެމެދުގައި ކޮންޓެއިނާގެ އަގު 2،000 ޑޮލަރުގައި އުޅުނު ނަމަވެސް މިހާރު ވަނީ ކޮންޓެއިނާގެ އަގު 10،000 ޑޮލަރަށް އަރައިފަ އެވެ. އެހެން ެވީ ބަނދަރުތަކުގައި ކޮންޓެއިނާތައް ތާށިވެ، އިތުރަށް މުދާ އުފުލާނެ ކޮންޓެއިނާ ނެތުމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ޕޯޓު، ޗައިނާގެ ޝަންހާއީ ޕޯޓުގައި ނިންބޯ ޕޯޓު ވެސް މި ވަގުތު އޮތީ ބޯޓުތަކުން ފުރިފަ އެވެ. ޗައިނާގެ ދެކުނުގެ ސަރަހައްދުގައި އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެ ދެ ޕޯޓުގައި ވެސް ބޯޓުތައް މިހާރު 14 ދުވަހާއި 28 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހެ އެވެ.

މާލޭ ކޮމާޝަލް ހާބަރު ސަރަހައްދު: ކޮންޓެއިނާ ބޯޓުތަކުން ތަކެތި ގެނައުމުގައި ބޮޑެތި ޑިލޭތައް މުޅި ދުނިޔެއަށް އޮތީ ކުރިމަތިވެފައި-- ފޮޓޯ: ކަސްޓަމްސް

ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން (ކެޕްޓަން މާނު) ވިދާޅުވީ، ކޮންޓެއިނާގެ އަގުތައް ދުނިޔޭގައި އެހާ ބޮޑަށް އުފުލިފައިވާ އިރު ވެސް ރާއްޖޭގެ އިމްޕޯޓަރުން ތަކެތި ގެންނަން އުޅެނީ މާ ލަހުން ކަމަށެވެ. މިހާރު މީ ކޮވިޑްގެ ހާލަތުކަން ދަނެ މުދާ ގެންނަން އަވަހަށް އުޅެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކޮވިޑްގެ ކުރިން 2،000 ޑޮލަރަށް ލިބުނު ކޮންޓެއިނާތަކުގެ އަގު މިވަނީ 3،500 ޑޮލަރާއި 4،000 ޑޮލަރާ ދެމެދުގެ އަގުތަކަކަށް އުފުލިފައި. އަނެއްކޮޅުން ބޯޓުތަކުން ޖާގަ ހޯދަން އިމްޕޯޓަރުން އުޅެނީ މާލަހުން،" އޭނާ ވިދާޅުވި އެވެ.

މާނު ވިދާޅުވީ، ލަންކާއިން ތަކެތި ގެނައުމުގައި މާ ބޮޑު ޑިލޭތަކެއް ދިމާ ނުވި ނަމަވެސް، ލަންކާއާ ހަމައަށް ތަކެތި ފޯރަން ވަރަށް ދުވަސް މިހާރު ނަގާ ކަމަށެވެ. މިއީ ކޮވިޑާ ގުޅިގެން ޕޯޓުގެ މަސައްކަތްތައް ލަސްވުމުން ދިމާވެގެން އުޅޭ ޑިލޭތަކެކެވެ.

ގައުމީ ޝިޕިން ކުންފުނީގެ ބޯޓުގެ ޖާގަކުޑަކޮށްފި

ސަރުކާރު ހިއްސާވާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގެނެސްގެން އުޅުނު، އެއް ފަހަރާ އުފުލަމުން އައި 700 ކޮންޓެއިނަރު ބޯޓުގެ މުއްދަތު ހަމަވުމުން މިހާރު ގެންގުޅެނީ އެހެން އެއަށްވުރެ ޖާގަ ކުޑަ ބޯޓެކެވެ.

ލިލީ ޝިޕިންގެ ވެރިޔާ މައްލާ އަހުމަދު ނާސިރު ވިދާޅުވީ، އެމްއެސްއެސް އިން ތަކެތި ގެނައުމުގައި އުޅޭ ތާށިތަކާ ހެދި ވެސް ރާއްޖެ އަށް މުދާ ގެނައުމުގައި ދަތިތައް އެބައުޅޭ ކަމަށެވެ. އެމްއެސްއެސް މެދުވެރިކޮށް ތަކެތި ގެނައުމުގައި ތާށިވާން ދިމާވީ އެ ކުންފުނިން ގެންގުޅުނު ބޯޓުގެ ކުލީ މުއްދަތު ހަމަވެ، އެހެން ބޯޓެއް ހަމަޖައްސަން ނެގި ދުވަސްތަކުގެ ސަބަބުންނެވެ.

އެއާޕޯޓުން އެއާޕްރައިޓްކޮށް ގެނެސްފައި ހުރި ބައެއް ތަކެތި: އެއާޕްރައިޓްކޮށް ތަކެތި ގެނައުމަށް އަގު އެތައް ގުއަކަށް އުފުލޭ--

ފްރޮންޓިއާ މާކެޓްގެ ވެރިޔާ ރަފީގު ވިދާޅުވީ، އެމްއެސްއެސް އިން ތަކެތި ގެނައުމުގައި ބޮޑެތި ޑިލޭތަކެއް އުޅޭ ކަމަށެވެ. އަދި ޑިލޭގެ ސަބަބުން މުދާ ގެނައުމުގައި އުނދަގޫތައް ދިމާވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެސްއެސް އަކީ މިދިޔަ ދުވަސްތަކުގައި އެންމެ ފަސޭހައިން މުދާ އެތެރެ ކުރަމުން އަންނަ ބޯޓު ނަމަވެސް، އެ ބޯޓުގެ މުއްދަތު ހަމަވެ، އާ ބޯޓެއް އައުމަށް ދުވަސްކޮޅެއް ނެގި ކަމަށެވެ.

އެހެން ނަމަވެސް އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ސައީދު ވިދާޅުވީ އެ ކުންފުނިން މުދާ ގެނައުމުގައި މާބޮޑު ޑިލޭތަކެއް ނޫޅޭ ކަމަށެވެ.

"އެބަ އުތަޅޭ ތިން ހަތަރު ދުވަހުގެ ޑިލޭތައް. އެކަމަކު އެއީ އާންމުކޮށް ވެސް އެހެން އުޅޭ ޑިލޭތައް،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ކުރިން ގެންގުޅުނު ބޯޓުގެ ދޫކޮށްލުމަށް ފަހު މިހާރު ގެންގުޅެނީ "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެއީ 400 ޓަނުގެ ކޮންޓެއިނާ އުފުލޭ ބޯޓެކެވެ. އޭނާ ވިދާޅުވީ، މިހާރު ގެންގުޅޭ ބޯޓުން ކޮންޓެއިނާ އުފުލޭ ވަރު މަދުވި ނަމަވެސް، މިހާތަނަށް އެއްވެސް ޝިޕްމެންޓެއްގައި 400 އަށް ވުރެ ގިނަ ކޮންޓެއިނާ އުުފުލަން ނުޖެހޭ ކަމަށެވެ.

"ބޯޓު ފުލްކޮށް ނުގެންނަން. އެވަރަށް އޯޑަރުތައް ނުލިބޭ. އެހެންވީމަ ބޯޓު ބަދަލުކުރުމުން ވިޔަފާރިވެރިންނަށް އުނދަގުލެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް މުދާ އައުމުގައި ބޮޑެތި ލަސްތައް ކުރިމަތިވެ، ބައެއް މުދާތައް ބާޒާރުން ހުސްވަމުންދިޔަ ނަމަވެސް މިކަމަށް ހައްލުތަކެއް ލިބެން ވަރަށް ދުވަސް ނަގާނެ ކަމަށް މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ބޮޑެތި ޕޯޓުތަކުގެ އޮޕަރޭޝަންތައް ބޯޓުތައް ޕޯޓުތަކުގައި ތޮއްޖެހުމެވެ. މިކަން ހަމަޔަކަށް އެޅެން އަހަރެއް ވަރު ނަގާނެ އެވެ. އެހެން ކަމުން އިމްޕޯޓަރުން މި ޑިލޭތަކަށް ވިސްނައިގެން ކުރިއާލާ، ތަކެތި ގެންނަން މަސައްކަތް ކުރަން ވަރަށް މުހިއްމެވެ.

11 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 42%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

16 August 2021

ހަނޑޫ ހަކުރު ފުއް ޕެޓްރޯލް ރާއްޖޭގެ 4 ވަރަކަށް ސަރަހައްދުގެ ރަށްރަށުގަ ގުދަން ހަދާފަ މާލެ އެކޭ އެއް އަގަށް ލިބޭނެ ގޮތް ހަދާލަ ދީ ބަލާށެވެ. ހަނޑޫ ކިލޯ އެއް ނޫނީ ޕެޓްރޯލް ލީޓަރެއް ގަންނަން މާލެ ނައިސް ރަށާ ކައިރި ހިސާބަކލުން މާލެ އެކޭ އެއް އަގެއްގަ ގަނެވޭނެ ގޮތް އެސްޓީއޯ ނުވަތަ ސަރުކާރުން ހަދާ ދީ ބަލާށެވެ. ރައްޔިތުން ވ ބިކަ ވެއްޖެ އެވެ.

The name is already taken The name is available. Register?

ހެހެހެ

16 August 2021

ލިޔުންތެރިޔާގެ ދިރާސާ އެހާ ރަނގަޅެއް ނޫން! ރާއްޖެ އަށް މުދާ ގެނައުމުގައި ކޮލަންބޯގައި މުދާތައް ތާށިވެ ލަހެއް ނުވޭ! ލަސްވެގެން އެ އުޅެނީ ލޯޑް ކުރާ އޮރިޖިން ޕޯޓް ތަކުން ރާއްޖެ އަށްވާ މުދަލަށް ބޯޓު ތަކުން ޖާގަ ނުދޭތީ! އެއީ ދުނިޔޭގެ ބޮޑެތި ޝިޕިންގ ލައިންތަކުގެ އަތްމަތީގައިވާ ބާރެއް! އަދި ދަންނަވަން! ރާއްޖޭގައި މިއޮތް ސްޓޭޓް ޝިޕިންގ އަކީ މިހާރު މިދިމާވާ މައްސަލައަށް އެއްވެސް ހައްލެއް ހޯދޭނެ ފަރާތެއް ނޫން! އެމީހުން އަކީ ކޮލަންބޯ/މާލެ ފީޑަރއެއް!

The name is already taken The name is available. Register?

ޙިނި

15 August 2021

ދިވެހިންގެ އާ ސަގާފަަތް އައިފަހުން ޜާއްޖޭގައި ދަންޑުވެރިކަން ވަނީ މަރުވެފަ. ރިޕް 500 - 1972

The name is already taken The name is available. Register?

1828

15 August 2021

މުދާ މަދުވުމަކީ އޭގެ އަގުމައްޗަށް ގެންދަންޖެހޭ ސަބަބެއްނޫން. ނަމަވެސް ވިޔަފާރިވެރިން ވަގުތުގެ ނާޖާއިޒް ފައިދާ ނަގަނީ. އަގު ބޮޑުކުރުމުގެ ބަދަލުގައި ލިމިޓްކޮށްގެން އެތަކެތި ރައްޔިތުންނަށް ވިއްކީމައި އެނިމުނީ.

The name is already taken The name is available. Register?

ޑއިރީ

15 August 2021

ޢިރު އެރުމަކީ ދުވާލު ވާންޖެހޭ ކަމެއްނޫން. ފެންވެރުމަކީ ތެމެން ޖެހޭކަމެއްނޫން، ވިޔަފާރި ކުރުމަކީ ފައިދާނަގައްޖެހޭ ކަމެއްނޫން. ތީ ހަމަ ފިލޯސަފަރެއް..

The name is already taken The name is available. Register?

އަލިބެއްޔާގެ ދަރި

15 August 2021

ހޭ ކޮބައިތަ ކޮޗިން ފެރީ؟ ހަހަހަހަހަހަ

The name is already taken The name is available. Register?

ހިތަދޫ ހުސެން

15 August 2021

ތަކެތި ކުރިއާލާ ކިހިނެތް ތޯ އޯޑަރު ޖަހަނީ ސަޕްލަޔާ ޖެހޭ ވަގުތުން ޕޭމަންޓް ދޭން، ލިބެން ހުރި ލާރި ތާށި، މުދާ އޯޑަރުކުރަން އަދި ކޮށްފަ ހުރި ލާރިވެސް ތާށި، ސޭލްސް އެތް ނެތް.. ނުވިތާކަށް އީ.އި.ބީ ލޯންވެސް އަދިވެސް ލާރި ދޫނުކުރޭ. ސަރުކާރުގަ ލާރި ނެތީބާއޭ ވެސް ހިތައް އަރާ! ބުނާހާ ފަސޭހައެއް ނުވާނެ ދޯ ލިޔަން ވިއްޔާ ކަލޭމެނަށް ވެސް ކޮންމެ އެއްޗެއް ލިޔެވިދާނެ!

The name is already taken The name is available. Register?

އަންމަބޭ

15 August 2021

ކޮބާތޭ ކޮޗިންފެރީ

The name is already taken The name is available. Register?

ޢަހުމަދު އަލީ

15 August 2021

ހުސްވާ އެއްޗެހި އަގު ބޮޑު ކުރަން ޖެހޭތަ. ހުސްވީމަ ހުރި އެއްޗެއް ކެއުމަށާ ލިބޭ މިންވަރުން ޚަރަދު ކުރީމަ ހުސްވާ އެއްޗެހި އަގުބޮޑުވުން ނިމުން އަންނާނެ.

The name is already taken The name is available. Register?

ނުދައްކާ

15 August 2021

ދުއްޕާންވެސް ކުރަނީ. ކިތައް ވިޔަފާރިވެރިންތޯ އުޅުނީ ތަރުކާރީ ޗާތަރު ފްލައިޓްގަ އައްޑުއަށް ގެންނަން. މޯލްޑިވިއަން އަށް މިލިއަނުން ލިބޭ ފައިދާ މަދުވެދާނެތީ ހުއްދަ ނުދޭ. މިހާރުވެސް ގަމުގައި ޗާޓަރ ކާގޯ ފްލައިޓް އަށް ފުރުސަތުދީބަލަ. 3 ދުވަސް ތެރޭ ޝޯޓޭޖް ނިނުމަކަށް އަންނާނެ ދެކުނުގެ 4 އަތޮޅަށް.

The name is already taken The name is available. Register?

ބަބޫ

15 August 2021

އެއްވެސް ކަމެއް ނުވޭ ހަމަ އަގުބޮޑު ކޮއްލަން ވީމަ ކޮށްލަންވީ. ސަރުކާރެއް މިތާއޮތަސް އެއީ ނެތްބައެއް. ވިޔަފާރިވެރިން ކޮންޓްރޯލު ކިރެވޭނެ ގޮތެއް ނެތް. ސަރުކާރު އޮންނަނީ ވިޔަފާރިވރިންނަށް ވިކިފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454