ޚަބަރު / ފެނާއި ނަރުދަމާ

ރަސްދޫގެ ރައްޔިތުންގެ ޝަކުވާތައް ނިމުމަކަށް، އަންނަ ހަފުތާގައި ފެން ޕްލާންޓް ބޭނުންކުރަން ފަށަނީ

އެމްޑަބްލިއުއެސްސީން އއ.ރަސްދޫގައި ގާއިމްކުރި ފެން ޕުލާންޓް.-- ފޮޓޯ: އެމްޑަބްލިއުއެސްސީ

މަސައްކަތް އެއްކޮށް ނިންމައި، ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ބަހައްޓާފައި ހުރި، އއ. ރަސްދޫގެ ފެން ޕްލާންޓް އަންނަ ހަފުތާގައި އާންމުންނަށް ހުޅުވައިލާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

އެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް އެއްކޮށް ނިމި، ނުވަ މަސްވީއިރު ވެސް އެތަނުން ހިދުމަތް ދޭން ނުފަށާތީ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ ގިނަވެފައިވާ ކަމަށް ރަސްދޫ ކައުންސިލުން މިއަދު ބުންޏެވެ.

މި ފެން ޕްލާންޓް ހެދުމުގެ މަސައްކަތް 30 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެމްޑަބްލިއުއެސްސީން އެ މަސައްކަތް ނިންމައި މީގެ ނުވަ މަސް ކުރިން ވަނީ ޓެސްޓު ވެސް ކޮށްފަ އެވެ. އަދި ރަސްދޫގައި ޔުޓިލިޓީގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯ އިން އެ ޕްލާންޓާ ހަވާލުވުމަށް އަންގާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ފެން ޕްލާންޓްގެ މަސައްކަތް އެއްކޮށް ނިމިފައި ވިޔަސް، މިނިސްޓްރީގެ ފަރާތުން ރަސްމީކޮށް އެތަން އަދި ސްޓެލްކޯއާ ހަވާލު ނުކުރާ ކަމަށެވެ. ނަމަވެސް މިދިޔަ މޭ މަހު އެތަނުގެ ތަޅުދަނޑިތައް ވަނީ ސްޓެލްކޯއާ ހަވާލު ކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެތަން ހުޅުވަން ސްޓެލްކޯ އިން ކުރަންޖެހޭ ބައެއް މަސައްކަތް މިހާރު ކުރަމުން އަންނަނީ. އަދި އަންނަ ހަފުތާގައި އެތަން ހުޅުވުމުގެ ކުރިން އެ ކަންކަން ބެލުމަށް މިހާރު އެ ރަށަށް ސްޓެލްކޯގެ ޓީމެއް ވެސް ވަނީ ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން އއ.ރަސްދޫގައި ގާއިމްކުރި ފެން ޕުލާންޓް.-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ރަސްދޫ ކައުންސިލްގެ މެމްބަރު އަބްދުލް ޖަލީލް މޫސާ "މިހާރު" އަށް ވިދާޅުވީ ފެން ޕްލާންޓްގެ ހުރިހާ މަސައްކަތެއް ނިމިފައިވާ އިރު، އެތަން އަދިވެސް ނުހުޅުވާ މައްސަލައާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.

"މިދިޔަ ހަފުތާގައި އެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓްރާ ވެސް ވާހަކަ ދެއްކެވުނު. ޕްލޭނިން މިނިސްޓްރީ އާއި ސްޓެލްކޯއާ އެކީގައި ބައްދަލުވުމެއް ބާއްވައިގެން ވެސް މަޝްވަރާ ކުރެވުނު. މިނިސްޓަރު އަސްލަމް ވެސް ވިދާޅުވީ ހުރިހާ މަސައްކަތެއް ނިމިފައި ހުރި ކަމަށް،" ޖަލީލް ވިދާޅުވި އެވެ.

ރަސްދު އަކީ ފެން ފަށަލަ ވަރަށް ބޮޑަށް ތަގައްޔަރުވެފައިވާ ރަށަކަށް ވުމުން، އެ ރަށުގެ ރައްޔިތުން މި ފެން ޕްލާންޓް ހުޅުވާނެ ދުވަހަކަށް ތިބީ ކެތްމަދުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން އއ.ރަސްދޫގައި ގާއިމްކުރި ފެން ޕުލާންޓް.-- ފޮޓޯ: އެމްޑަބްލިއުއެސްސީ

"މި ރަށުގައި 32 ގެސްޓް ހައުސް ހިންގަމުން އަންނައިރު، އެ ތަންތަނުން ވެސް ވަރަށް މައްސަލަ ޖައްސާ ރަށަށް އަންނަ ގެސްޓުންނަށް ފެނުން ވަސް ދުވާތީ ޝަކުވާކުރާ ކަމުގެ،" ޖަލީލް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހުރި ކަންބޮޑުވުންތައް ވެސް ވަރަށް ގިނަ."

އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ޕްރޮޖެކްޓްތަކުގެ ދަށުން ރަސްދޫގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވަޔަރުމެންޓް މިނިސްޓްރީން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 6، 2018 ގަ އެވެ. އެ ކުންފުނިން މި މަސައްކަތް ނިންމާފައި ވަނީ އޮކްޓޫބަރު 22، 2020 ގަ އެވެ. މި މަސައްކަތް ކޮށްފައިވާ 30 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަނަރު

12 August 2021

ޝުކުރި އްޔާ ރަޢީސް ޔާމީން. މިގަ އުމަށް އެތަ އް ތަރަ އްގީ އެ އް ގެނެސް ދެ އްވަޢިފި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454