މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސޯނޫ އާއި ނިދީ.

މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި ނުގެނެސްދެވި މި އަހަރަށް ފަސްކުރި އަމީތާބް ބައްޗަންގެ ފިލްމު "ޗެހެރޭ" މި މަހުގެ 27 ގައި ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ޕްރޮމޯޝަނަލް މަސައްކަތްތައް ފަށައިފި އެވެ.

މި ފިލްމު އެޕްރީލް މަހުގެ 23 ގައި ރިލީޒްކުރަން ވެސް އުޅުނެވެ. އެކަމަކު އޭރު އަނެއްކާ ވެސް ކޮވިޑްގެ ދެވަނަ ރާޅާ އެކު އިންޑިއާގެ ހާލަތު ގޯސްވެ، ސިނަމާތައް ބަންދުކުރުމުން ފިލްމު ފަސްކުރީ އެވެ.

"ޗެހެރޭ" އަކީ ސްކްރީން ރައިޓަރު ރޫމީ ޖެފްރީ ޑައިރެކްޓްކޮށްފައިވާ މިސްޓްރީ ތުރިލާއެކެވެ. މީގެ ކާސްޓްގައި އިމްރާން ހާޝިމީ އާއި މިދިޔަ އަހަރު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ އިތުރުން ބޮލީވުޑަށް ތައާރަފުކުރާ ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ ވެސް ހިމެނެ އެވެ.

"ޗެހެރޭ" އަކީ މި އަހަރު ރިލީޒްކުރާ އަމީތާބްގެ ފުރަތަމަ ފިލްމު އަދި އިމްރާންގެ ދެވަނަ ފިލްމެވެ. އިމްރާންގެ "މުމްބާއީ ސާގާ" އަކީ މި އަހަރުގެ މާޗްގައި ސިނަމާތަކުގައި އެޅުވި ފިލްމެކެވެ.

"ފައިޓާ 2" 2023 އަށް ފަސްކޮށްފި

ކުރިން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައި ސިނަމާތަކަށް ގެންނަ ގޮތަށް އިއުލާންކުރި ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު 2023 އަށް ފަސްކޮށްފި އެވެ.

ޝޫޓިން ވެސް އަދި ނުފަށާ ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ ޖެނުއަރީ 26، 2023 އަށެވެ. "ފައިޓާ" އަކީ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކު ސިދާތު ހަދާ އޭރިއަލް އެކްޝަން ތުރިލާ އެވެ. މި ފިލްމަކީ މި ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމު ވެސް މެ އެވެ.

ދެހާސް ނަވާރައިގައި ރިތިކާ އެކު "ވޯ" ގެނެސްދިން ސިދާތު މިހާރު އަންނަނީ ޝާހްރުކް ޚާންގެ "ޕަތާން" ގެ މަސައްކަތްކުރަމުންނެވެ. ދީޕިކާ ބަތަލާގެ ރޯލު ކުޅޭ އެ ފިލްމުގެ ކާސްޓްގައި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.

"ޖުގް ޖުގް ޖިއޯ" ގެ ކްރޫއާ މަނީޝް ގުޅިއްޖެ

މިދިޔަ އަހަރު ޝޫޓިން ފަށައި ވަރަށް ބޮޑު ނިންމައިލި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން އަލުން މިދިޔަ ހަފުތާގައި އަލުން ފަށާފައިވާ އިރު، އޭގެ ރޯލެއް ކުޅޭ މަޝްހޫރު ހޯސްޓް މަނީޝް ޕޯލް ކްރޫއާ ގުޅިއްޖެ އެވެ.

އޭނާ ވަނީ ޝޫޓިންގެ ތެރެއޮން ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.

ކައިވެނީގެ ގުޅުންތަކަށް ބިނާކޮށް ހަދާ "ޖުގް ޖުގް ޖިއޯ" އަކީ ދަރުމާ އިން 2016 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ރާޖް މެހެތާގެ ފިލްމެކެވެ. މީގެ ކާސްޓްގައި ވަރުން ދަވަނާއި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ސިންގް ހިމެނެ އެވެ.

ފަރާގެ ވީޑިއޯ ލަވައެއް

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާންގެ އާ ވީޑިއޯ ލަވަ ދައްކާލައިފި އެވެ.

ސޯނޫ ސޫދާއި ނިދީ އަގަރްވާލް ހިމަނައިގެން ހަދާފައިވާ މި ލަވަ އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްތާފް ރާޖާގެ ވަރަށް މަޝްހޫރުވި ލަވައެއް ކަމަށްވާ "ސާތު ކިޔާ ނިބާއޯ" ގެ އާ ވާޝަނެކެވެ. ކުރީގެ ލަވައިގެ ތެރެއަށް ފަހުގެ މިއުޒިކް ވައްދައިގެން މީގެ މިއުޒިކާ ކުޅެ، ލަވަ ކިޔާފައި ވަނީ ޓޯނީ ކައްކަރެވެ.

ފަރާ އަކީ މިހާތަނަށް ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކެއްގެ ނެށުންތައް ހަދާފައިވާ މީހެކެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގެ "ހެޕީ ނިއު އިޔާ" އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454