ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ޓަވަރެއް. ފޮޓޯ: ނިޝާން އަލީ/މިހާރު
14 އޯގަސްޓް 2021 - 13:07
ހިޔާ ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ވަކި ހިސާބަކުން ދޫކޮށްލާނީ ފްލެޓްވެެރިންގެ ޔޫނިއަންތަކަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުރަވީ ސްކޫލުގައި ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުހައިލް ވިދާޅުވީ އެޗްޑީސީން ރާވާފައި ވަނީ ކޮންމެ ދެ ޓަވަރަކީ އެއް މެނޭޖްމަންޓް ބޮޑީގެ ގޮތުގައި ކަމަށާއި އޭގެ ކޮންމެ ބޮޑީއަކުން އެޗްޑީސީއާ އެކު މަސައްކަތް ކުރާނެ މަންދޫބަކު ހޯދާނެ ކަމަށެވެ.
އެޗްޑީސީއާ އެކު މަސައްކަތް ކުރާއިރު އެ މަންދޫބުން ހިސާބުތައް ވެސް ބެލެހެއްޓުމުގައި އުޅޭނެ ކަމަށާއި އޭރުން ހުރިހާ މަސައްކަތެއްކޮށް ބާކީވާ ފައިސާ އަނބުރާ ދެވޭނެ ކަަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.
"ހިސާބުތައް ފްލެޓް އޯނަރުންނަށް އަޅުގަނޑުމެން ދައްކާނަން. އެޗްޑީސީގެ އިންޓެންޝަނެއް ނޫން އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް ދާއިމަށް ކުރުމެއް. އަޅުގަނޑުމެން އެންކަރޭޖްކުރަނީ ވެސް އެތަންތަނުގައި ދިރިއުޅުއްވާ ފަރާތްތަކުން ޖަމިއްޔާއެއް ނޫނީ ބޮޑީއެއް އުފައްދައިގެން އެކަމުގަ އިސްނެގުން،" ސުހައިލް ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވި ގޮތުގައި އެޗްޑީސީން މިވަގުތު ފްލެޓްތަކުގެ މަސައްކަތްތަކުގައި އިސްކޮށް އުޅެމުންދަނީ މިއީ ފްލެޓް ހަވާލުކުރުމުގެ މަރުހަލާ ކަމަށްވާތީ އެވެ. އެކަމަކު އުއްމީދަކީ ވީހާވެސް އަވަހަށް އެ މަސައްކަތް ފްލެޓްތަކުގެ ވެރިފަރާތްތައް ތަމްސީލުކުރާ ބަޔަކަށް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ. މިއީ 6،720 ފްލެޓެވެ. މި ފްލެޓްތައް ލިބުނު މީހުންގެ ހައްގުތައް ހޯދުމަށް "ހިޔާ ޔޫނިއަން" އަދި "ކޮތަރުކޮށީ" ގެ ނަމުގައި ޖަމިއްޔާއެެއް އުފައްދައިގެން މިހާރު ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާ1
15 August 2021
ހިސާބު ބަލަހަށްޓާނެއޭ ހީހީ ހަލާކުވެއްޖެއެވެ.
ޖަޕާން
15 August 2021
ޓާޓާ ފްލެޓު ނާދީހުރުބިން އަތުލަންޏާ 38މިލިޔަން ޑޮލަރު ޓާޓާޔައް ދައްކަން ޖެހޭ. ދިވެހިންގެ ބިމެއް މިޖެހެނީ އިންޑިޔާ އަތުން ގަންނަން. އެމްޑީޕީ ސަރުކާރުން މުޅިންވެސް ހަދާފަ ހުރީ ދައުލަތައް ގެއްލުން ދޭކަހަލަ އެގްރިމަންޓް
ޢީސަ
14 August 2021
ހީ ހީ! މިއުޅެނީ ޔުނިއަން ތަށް އަމިއްލަޔަށް ފައިންއަރަން.
ސުހޭލު ސޭޓު
14 August 2021
ޒިންމާއިން.ބޯ ދަމައިގަންނަނީ. އިމާރާތުގެ މަސައްކަތްގަނޑު ވީމަ ޔޫނިއަންތަކޭ ކިޔާފަ ވީދޭނެ. ބަލަ ހަމަ ތި ޔޫނިއަން އިން އެންމެން އެކީގައޭ މިކިޔަނީ ތިޔަ ކުލި މާ ބޮޑޭ. ޔޫނިއަންއާ ހަވާލުކުރޭ ކުލީގެ ކަންތއްވެސް އަދި ގްރައުމްޑުގރ ރީޓެއިލް ކުއްޔައަދީ އެ ކުލި ނަގާ ހޭދަކުރުމުގެ ކަމްކަމްވެސް
ސުހާލު
14 August 2021
ރަގަޅު. ލޯނުވެސް ހަވާލުކޮށްލާ
އުދައްޔު.
14 August 2021
ތަތަންތަން ބެލެހެއްޓުމަކީ ކުރެވޭ ވަރަށްވުރެން ބޮޑު ކަމަކަށްވާތީ އަވަހަށް ދޫކޮށްލަން ވިސްނަނީދޯ ؟ ހީވަނީ2 އަހަރު ނުވަނީސް ފާޙާނާ ހޮޅިތަކުންވެސް ލީކުވާން ފައްތާނެހެން.
މައްޕި
14 August 2021
ފާހަނާ ހޮޅިއެއް ފަޅައިންއެއް ނުދާނެ. ޢެހެން ތަންތާވެސް އަޅާފަހުރި ކޮލިޓި އެއްޗެހި މިތާވެސް ހުރި
ހަވާލުކުރޭ
14 August 2021
ފްލެޓްތަކުގެ މެއިންޓަނަންސް ބަލަހައްޓަން ހަވާލުކުރާނީ ޔޫނިއަންތަކާ ކަމަށްވާނަމަ ތިޔާ ފްލެޓްސް ތައް ނުބެލެހެއްޓޭނެއޭ މިހާރުވެސް އެޗްޑީސީން ފްލެޓްސް ތަކުގެ މެއިންޓަނަންސް ފީނަގައޭ އެކަމަކު އެޗްޑީސީން ކުރާ އެއްވެސް ކަމެއް ނޯވެއޭ އެގޮތަށް ކޮންމެ މަހަކު އެތައް ހާސް މިލިއަން ރުފިޔާ އެއް އެޗްޑީސީން ނަގައޭ އާންމު ރައްޔިތުން އަތުން އެއްގޮތަކަށް ވެސް އެކަން އެގޮތަށް ކުރަން މަމެންނަށް ނުފެނެއޭ މާލެ ސިޓީ ކައުންސިލާއި އެކު މަޝްވަރާ ކޮށް އެތަނާއި
އަލީބެ
14 August 2021
މާލޭގަ ހުރި ސެނަހިޔާ އާއި މާލެހިޔާ ގައިވާ ފްލެޓްތައް މަރާމާތުކުރުން ސިޓީކައުންސިލުން ކުރަންޖެހެނީ. އެފުލެޓްތަކުގަ މިހާރު ގިނައިން އުޅެނީ ފިލައިގެން އުޅޭ ބިދޭސީން.
ފްލެޓް
14 August 2021
ފްލެޓްތައް ބަލަންޖެހެނީ ފްލެޓް ތަކުގެ ޔޫނިއަން. ހުޅުމާލޭގައި ރެއިންބޯ، އެޕޯލޯ، އަމީން، ދަމާސް، އެފް ޑަބްލިއު ތަންތަން ވެސް ބަލަހައްޓަނީ އެތަން ގަންނަ ފަރާތްތަކުެ ޔޫނިއަނުން. ތި ތަންތަން ވެސް ބަލަހައްޓަންޖެހޭނީ ތި ތަންތަނުގެ ވެރިންގެ ޔޫނިއަން، އޭރުން ބޭނުމިއްޔާ މެއިންޓަނަންސް ގެ ފައިސާގެ އަގުވެސް ކުޑަ ކުރެވިދާނެ
ފުލެޓުދޮންބެ
14 August 2021
އޭރުން މެއިންޓަނަންސް ފީ ނުނަގައިވެސް ބަލަހައްޓައިދޭނެ. ވީހާވެސް އަވަހަކަށް ތިބަޔަކާއި ހަވާލުކުރަންވީ. އޭރުން ރަނގަޅަށް މެއިންޓަނަންސް ކުޑަކުރެވޭނެ.
ދޮން ހަސަނު
14 August 2021
މިހާރު ތިޔައުޅޭ ހިޔާ ޔޫނިއަންއަށް ނަމަނަމަ ދޫނުކުރާތި. ކޮންމެ ދެ ޓަވަރެއްގެ މެދުގައި އެޗް.ޑީ.ސީ ގެ ބެލުމުގެ ދަށުން ޔޫނިއަންއެއް ކުރިއޭޓްކޮށް އެމީހުންނާ ހަވާލު ކުރުމުން ރަގަނޅުވާނެ.
އޮނަރަބްލް އަފީފު ދީދީ.
14 August 2021
ނޫން. ނޫން.! ތިގޮތަށް ޕްރޮޕަޓީގެ ޤާނޫނީ ޒިންމާދާރު ފަރާތުން "އަމޭ ކަލޭމެން ދެން މިކަމާއި ޙަވާލުވާށޭ" ކިޔާފައި ތިގޮތަށް ތިކަންތައް އެހެންބައެއްގެ ބޮލަށް ކަޑާލުމަކީ މަސްއޫލީއްޔަތުން ރެކިގަތުން ނުވަތަ ޒިންމާއަށް ފުރަގަސްދިނުން ފަދަ ކަމެއް. # ތިގޮތަށް އެޗްޑީސީގެ ދައުރެއްނެތްގޮތަށް އެހެންބަޔަކާއި ތިކަން ޙަވާލު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން. އެކަމަކު އެޗްޑީސީ ތިކަންކުރާގޮތް ބަލާން ފްލެޓް ޔޫނިއަންއަށް ފުރުސަތު ދެވިދާނެ.