ފްރީ ގާއި" ގެ ޕޯސްޓަރެއް.
16 އޯގަސްޓް 2021 - 07:05
މިދިޔަ އަހަރު ކޮވިޑާ ހެދި މި އަހަރަށް ފަސްކޮށް، މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި އެކްޓަރު ރަން ރެނޮލްޑްސްގެ އާ ފިލްމު "ފްރީ ގާއި" ގެ ސީކްއެލްއެއް ހަދާނެ ކަމަށް ބުނެފި އެވެ.
ފިލްމު ރިލީޒްކުރިތާ އެއް ދުވަސް ފަހުން ރަޔަން ކުރި ޓްވީޓެއްގައި ބުނީ ފިލްމުގެ ސީކްއެލްއެއް ހަދާނެކަން ޑިޒްނީން މިހާރު ކަށަވަރުކޮށް ދީފައިވާ ކަމަށެވެ. ޝޯން ލެވީ ޑައިރެކްޓްކުރި "ފްރީ ގާއި" އަކީ ސައިންސް ފިކްޝަން އެކްޝަން ކޮމެޑީއެކެވެ. އޭނާ ވެސް ވަނީ ރަޔަންގެ ޓްވީޓާ އެކު ސީކްއެލްގެ ވާހަކަ އަކީ ތެދެއް ކަމަށް ބުނެފަ އެވެ.
"ފްރީ ގާއި" ގެ ކާސްޓްގައި ޖޯޑީ ކޯމާ، ޓައިކާ ވައިޓިޓީ، ލިލް ރެލް ހޯވެރީ، އުތުކާޝް އަމްބޫދްކަރް އަދި ޖޯ ކީރީ ހިމެނެ އެވެ.
Aaaannnnd after 3 years messaging #FreeGuy as an original IP movie, Disney confirmed today they officially want a sequel. Woo hoo!! #irony pic.twitter.com/85mMxW4owx
— Ryan Reynolds (@VancityReynolds) August 14, 2021
"ފްރީ ގާއި" ގެ ހާއްސަ ފެނިލުންތަކުން ހިއު ޖެކްމަން، ޗޭނިން ޓެޓަމް، ކްރިސް އިވަންސް، ޑްވޭން ޖޯންސަން (ރޮކް)، ޖޯން ކްރަޒިންސްކީ އަދި ޓީނާ ފޭ ހިމެނެ އެވެ.
ގާތްގަނޑަކަށް 125 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް މިހާރު ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ހަފުތާ ބަންދުގައި އެކަނި ވެސް އެމެރިކާ އިން 26 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ފްރީ ގާއި" އަކީ ކޮވިޑާ އެކު ދިމާވި ހާލަތުގެ ފަހުން ޑިޒްނީން ސިނަމާތަކުގައި އެޅުވި ފުރަތަމަ ފިލްމެވެ. މި ފިލްމު އެކްސްކްލޫސިވްކޮށް ސިނަމާތަކުގައި ދައްކާނީ 45 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ދެން ދާނީ ޑިޒްނީ ޕްލަސްގެ ސްޓްރީމިންއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy