17 އޯގަސްޓް 2021 - 07:29
ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް މިހާރު އިނީ ބަލިވެކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.
މި ވާހަކަ މާ ބޮޑަށް ދެކެވެން ފެށީ ފިރިމީހާ އާނަންދު އަހޫޖާއާ އެކު ދޮޅު އަހަރެއްހާ ދުވަހު ލަންޑަނުގައި އުޅުމަށް ފަހު، މި ހަފުތާގައި އެނބުރި އިންޑިއާ އަށް ދިއުމާ އެކީގަ އެވެ. ހޯމަ ދުވަހު އޮތް ކޮއްކޮ އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރްގެ ކައިވެނީގެ ހަފުލާގެ ތެރެއިން އާންމުވެފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކަށް ކޮމެންޓުކުރި މީހުން ބުނެފައިވާ ގޮތުގައި ސޯނަމް މިހާރު އިނީ ބަލިވެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ދެހާސް އަށާރަގައި ކައިވެނިކުރި 36 އަހަރުގެ ބަތަލާ ބަލިވެއިން ކަމަށް ބުނާ ވާހަކަގެ އަޑު ގަދަވެފައި މި ވަނީ މިދިޔަ މަހު ވެސް އެ ވާހަކަ ދެކެވެން ފެށުމުން އިންސްޓަގްރާމްގައި އެކަން ސޯނަމް އެކަން ދޮގުކޮށްފައި ވަނިކޮށެވެ.
ކޮންމެއަކަސް ސޯމަނަށް ދަރިއަކު ލިބުން ވާނީ ޒުވާން ކަމަށް ބަދަލަށް ނާންނަ އޭނާގެ ބައްޕަ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް، 64، ގެ ފުރަތަމަ ކާފަ ދަރިއަށެވެ. ސޯނަމަކީ އަނިލްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ޑައިރެކްޓަރު ކަރަން ބޫލާނީއާ ކައިވެނިކުރި ރިއާ، 34، އަކީ ދެވަނަ ދަރިފުޅެވެ. ހަގު ދަރިފުޅަކީ އެކްޓަރު ހާޝްވަރްދަން ކަޕޫރް، 30، އެވެ.
ސޯނަމް މި ފަހުން ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުވެ މުޅިންހެން ދިރިއުޅެނީ ފިރިމީހާއާ އެކީ ލަންޑަންގަ އެވެ. އެކަމަކު މި އަހަރުގެ ކުރީކޮޅު އެތަނުގައި "ބްލައިންޑް" ކިޔާ ފިލްމެއްގެ މަސައްކަތް އޭނާ ނިންމާފައިވެ އެވެ.
އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދަން ވެސް މިހާރު މަސައްކަތްކުރަމުން އަންނަ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދަ ޒޯޔާ ފެކްޓާ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު-.
17 August 2021
ދެނޯ؟