މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ތޯރިގް މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
24 އޯގަސްޓް 2021 - 15:58
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ކުރިމަތި ނުލެއްވުނަސް އެ މަނިކުފާނުގެ ފިކުރުގެ ވެރިކަމެއް އަންނާނެ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޔާމީން ޖަލަށްލައި ފަހަރަކު ކޯޓަކުން ޝަރީއަތް ކުރަމުން ދަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ނުކުރެއްވޭ ގޮތް ހެދުމަށް ކަމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއި އާންމު މެމްބަރުން ކެނޑިނޭޅި މަސައްކަތް ކުރަނީ ޔާމީނަށް ވާދަކުރެވޭ ގޮތް ހެދުމަށް ކަމަށާއި އުންމީދު ކުރަނީ ވެސް ރިޔާސީ ޓިކެޓުގައި އެ މަނިކުފާނުގެ ނަންފުޅު އޮތުމަށް ކަމަށް ޓޮމް ވިދާޅުވި އެވެ. އެކަމަކު، އެ ފުރުސަތު ޔާމީނަށް ގެއްލިއްޖެ ނަމަ ދެން އަންނާނެ ވެރިކަމަކީ ވެސް "ރައީސް ޔާމީންގެ ފިކުރުގެ ވެރިކަމެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުސް އޮފީހަށް ދުވާލަކު ދެ ދަޅަ އަށް ރައީސް ޔާމީން ގެންގޮސްގެން [ރިޔާސި އިންތިހާބަށް] ރައީސް ޔާމީނަށް ނުލެވުނަސް ރައީސް ޔާމީންގެ ފިކުރުގެ ވެރިކަމެއް 2023 ވަނަ އަހަރުގައި އޮންނާނެ،" ޓޮމް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން، މި މަހުގެ ދެ ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކުރި ވަގުތު އެ މަނިކުފާނުގެ ސަޕޯޓަރުން ގެކޮޅު ދޫވެހި ކައިރިއަށް އެއްވެ، ތާއީދު އޮތް ވަރު ދައްކައިލާއިރު، ޔާމީން އެ މީހުންނާ ސަލާމް ކުރައްވަނީ.--- ފޮޓޯ ނިޝާން އަލީ / މިހާރު
ޓޮމް ވިދާޅުވިގޮތުގައި، ޔާމީނަށް "ނުހައްގުން" ހުކުމް ކޮށްގެން އެ މަނިކުފާނު ޖަލުގައި ބެހެއްޓިޔަސް އެމްޑީޕީ އަށް ދެން ވެރިކަމެއް ނުލިބޭނެ އެވެ. ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ތަޅައިފޮޅަމުން" ދާއިރު ރައްޔިތުން ބިކަ ހާލުގައި ތިބެން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ކްރިމިނަލް ކޯޓުން ޖޫރިމަނާކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.
އެ މައްސަލައިގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ހުކުމް ދަމަހައްޓަން އެ ކޯޓުން ނިންމުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ ކޯޓުގައި ޔާމީންގެ މައްސަލަ ވަނީ އަންނަ މަހުގެ 12 އަދި 13 އަށް ތާވަލުކޮށްފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ޔާމީނަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ގޯސް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރިޔަސް އިތުރު ދައުވާތަކެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް ދާތީ 2023 ގެ ރިޔާސީ އިންތިހާބުން އޮތީ ހަނި ފުރުސަތެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދާންކޮށްލަދެން
25 August 2021
ޔާމީންގެ ފިކުރުގެ ވެރިކަން އައިއްސަ ގޮއްސި އެވެ. ދިޔައީ 2018 ގައެވެ.
އިމްރާނު
25 August 2021
ދައުލަތް ދަވާލާގެން މަހުޖަނުންނައްވީ މީހުންގެ މައްސަބަލާނީ ކޯންދުވަހަކުންބާ؟؟!! އަވަސް ކޮއްބަލާ ދައުލަތަށް ފައިސާ ނަގައިދީ
ބޮމް
25 August 2021
ލޮލް
ވަހަ
25 August 2021
އެކަމު މިއުޅޭ ސަލަފު ޖަމިއްޔާއައް އޯކޭ އެމީހުނައް ފަންޑު ލިބެންޔާ
ވަގާ
25 August 2021
ތޯރިގު ތިމޭރުމުން ވާހަކަ ދައްކައިގެން އަހަެމެން ހައިރާނެއްނުވޭ ކަލެޔަކީވެސް ޔާމީންގެ 5 އަަހަރުން މަހުޖަނަކައްވީމީހެއް ...........މި ސަރުކާރައްވެސް ވަގުން ހިފާހައްޔަރުނުކުރެވުނު
ބަޑިތަކުރު
25 August 2021
ހައްގުން އަދަބު ދެވޭނީ އާދައިގެ ކުދިކުދި ވައްކަމާއި ކުށްކޮށްއުޅޭ ނިކަމެތިންނަށްތާއެވެ. މާބޮޑަށް ހުޝިޔާރުކޮށް ހިސާބަށްވުރެ ބޮޑެތި ވައްކަން ކުރުމަކީ އަދަބު ހައްގުވާ ވަރަށްވުރެ މާ މަތީ ދަރަޖައެއްގެ ކަމެއްތާއެވެ. އެކަންކަމަކީ އެފަދަ މީހުންގެ ހައިބަތާއި ޝަރަފާއި ޤަދަރު އުފުލިގެންދާ ކަމެއްތާއެވެ. އެހެންޏާފަހެ، އެހުރިހާ ކަމަކަށްފަހުވެސް އެވަރެއް ނެތިގެން ބަޔަކު މިއުޅެނީ އަޅެފަހެ މޮޅުތަކެއް އެއިރަކު ވެފައިތިބި ބަޔަކު ގިނަކަމުން ތާއެވެ.
ޔާމީނަށް ނޫނެކެޭ ބުނަމާ
25 August 2021
ޔާމީނު އަށް ރައްޔިތުން އޮތީ ނޫނެކޭ ބުނެފަ ދެން ދެވަނަ ފަހަރަށް އެކަށި ޖެއްސަކަ ނުދޭނެ މި ދިވެހިންނެއް އެއްފަހަރު ވެސް މި ދިވެހިންގެ އަރުތެރޭގަ ހިތިރަހަ ލައްވާ ލައިފިތަ ދެން ހަމަ ހިލާ ގާތްވެސް ނުވާނެ ޔާމީނުގެ ހުރީ ގައުމީ ޚިޔާލެއް ނޫން އޭނައަށް ދޭ ވޯޓަކީ ގައުމީ ރޫޙާ ދެކޮޅަށް ދެވޭ ވޯޓެއް
ނޫނެކޭބުނެގެންތިބޭ
25 August 2021
ޔާމީން އަމިއްލަ ޖީބަށް އެޅިވަރަށްވުރެ ގިނައިން ރައްޔިތުންނަށް ކަންކަން ކޮށްދިން. މިއަދު އިންޑިއާއަށް ބޭސްފަރުވާއަށް ސަލާން ނުޖަހާވަރު ކޮށްދިނީސް މި ދައުރުގަ ހޮވުނުނަމަ. އަދި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނީސް. ތި ކިޔާ ހިތިރަހައަކީ ތިމާއަށްވުރެ ގިނައިން ޔާމިން ކެއިކަމަށް ހީވާތީ ލާ ހިތިރަހަ. އަސްލު ހިތިރަހައާ އެއްވަރަށް ފޮނިރަހަވެސް ލާފަ ހުރީ. ސިޔާސީ ކޮވިޑްޖެހިފަ ހުރީމަ ރަހަ ގެއްލޭނެ.
ތޯރި
25 August 2021
ޕީޕީއެ މް އަކީ ޔާ މިމިނުގެ ފިކުރެއްނޫން އެއީ ރައިސް މައު މޫނުގެ ފިކުރެއް.
ޓޮމްއެންޑްޖެރީ
25 August 2021
ހޫހޫހޫ!!! އެފިކުރުގަ ތިޔަ ބޭފުޅާއަށް ހުޅުމާލެއިން ރޯހައުސް އެއް ގަނެވިއްޖެ , ބިމެއް ގަނެވިއްޖެ އެކަމް އަދިވެސް ހިތް ނުފުރިގެން ތިޔަ އުޅެނީ އެފިކުރާ ހެދި , ފުޓްބޯޅަ އަށް ވެސް ހުތުރު .
އަބޫ
25 August 2021
މިގައުމުގެ މިނިވަންކަން ވަނީ ގެލިފަ މިގައުމުގަ އިންޑިޔާ ގެބާރގެ ދައްރަސްގޮސްފައި ހަނިމާދު އެޔާޕޯޓް މާލޭ ޒަސަން ދިޔަ ފުލައޓް ނުޖެސިގެން މާލެކޮޅުން ވަރައް އާދޭ ކޮއްގެން ޖެސުނީ މިހާރު މިނިވަން ގެލިޖެ މިގައުމުގައި އިސްލާމް ދޭނަ ފުރަސްާރައް ނަސީދު ލައިވު ފޮރުގުރާމް ތައްކުގައި ފާޅުގައި ދީނަން ފުރަސްސާރަކުރިޔަސް ކީވެތޯ ފިޔަވަޅުނޭޅެންވީ ނަސީދު ކަމުގައި ވިޔަސް އަބޫ ކަމުގައި މައުމޫނު ގާސިމް އިންމްރާނު އިބުރާމް ސޯލިހް ކަމުގައިވިޔަސް ފިޔަވަޅު އެޅެންވާނެ އެހެން ނުވަންޏާ އެކަންކުރަން ތިބިބައްޔަ އިސްތިފާދީފަ ގެޔަދާވީ
އެބޯ
25 August 2021
ކުރީ 5 އަހަރު ރާއްޖެ އޮތީ ޗައިނާގެ ކޮންޓޮރޯލް ދަށުގާ މިހާރު ތަފާތަކީ ގައުމު ބަދަލުވިކަން ............. މިގައުމަށާް ކޮންމެ ފަހަރަކު ދަތިކަމެއްދިމާވީމަވެސް މިހާތަނަށް އެންމެ ފުރަތަމަ އެހީވެފާ އޮތީ ތިބުނާ އިންޑިޔާއިން އެކަމު ނޫޅޭ އަޅުވެތިކުރާކައް ތި މުޅިން ސިޔާސީވާހަކަ