ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް އެއަޕޯޓުގައި: ޔޫކޭއިން ރާއްޖެއަށް ލުއި ނުދިނުމުން ސަފީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައި-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
27 އޯގަސްޓް 2021 - 00:33
އިނގިރޭސި ވިލާތުގެ މި ފަހަރުގެ ރިވިއުގައި ވެސް ރާއްޖެ ރެޑް ލިސްޓުން ނުނަގާގޮތަށް ނިންމައިފި އެވެ.
މި މަހުގެ ކުރީކޮޅު ކުރި ރިވިއުގައި ވެސް ރާއްޖެ އޮތީ ރެޑް ލިސްޓުގަ އެވެ. އެފަހަރު ރެޑް ލިސްޓުން ނުނެގީ ހަދަން ޖެހޭ ޓެސްޓުތަކެއްގެ ނަތީޖާ ފޮނުވުމުގައި ދިމާވި މައްސައެއްގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން މިފަހަރު ވެސް ރާއްޖެ ނުނެގުމުން އެ ގައުމަށް ކަނޑައަޅާފައި ހުރި ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19ގެ ކޭސްތައް މަދުވެފައި ވެކްސިން ރޭޓު އިތުރުވި ނަމަވެސް ރެޑް ލިސްޓުން ނުނަގާތީ ކަންބޮޑުވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭން މިހާރު "ޖީނޯމް ސީކުއެންސިން" ހަދާ ކަމަށާއި މި ފަހަރުގެ ރިވިއު އަށް އެ ކަންތައް ލަސްވުމަކީ ސަބަބަކަށް ވެދާނެތޯ ފަރަހަނާޒް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
Deeply disappointing that the UK continues to keep the Maldives on the red list despite low case numbers & high vaccination rates. We have just started regular genome sequencing too. Perhaps it came too late for this review? @grantshapps @tariqahmadbt https://t.co/FNJz1PkD0K
— Farah Faizal 🎈🇲🇻 (@DrFarahFaizal) August 26, 2021
ކަންބޮޑުވުން ފާޅުކޮށް ޑރ. ފަރަހަނާޒް ކުރެއްވި ޓްވީޓް--
"ޖީނޯމް ސީކުއެންސިން" އަކީ ގައުމެއްގައި ފެތުރޭ ކޮވިޑްގެ ވޭރިއެންޓް ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. ކުރިން ރާއްޖެ ރެޑް ލިސްޓުން ނުނަގާ އޮތީ މި ޓެސްޓުތަކުގެ ފަސް ޕަސެންޓް ޕޮޒިޓިވިޓީ އަޕްޑޭޓް ނުކުރާތީ ކަމަށް ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވަނީ ވިދާޅުވެފަ އެވެ.
އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން އެ ގަައުމަށް ދަތުރު ކުރާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެ އެވެ. މި މުއްދަތުގައި ކަރަންޓީން ވާން ޖެހޭނީ އެކަމަށް ހާއްސަކޮށްފައި ހުންނަ ފެސިލިޓީއެއްގަ އެވެ. އަދި ހުރިހާ ހަރަދެއް ވެސް ކުރަން ޖެހޭނީ އަމިއްލައަށެވެ.
އިނގިރޭސި ވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ނަމަވެސް އެ ގައުމުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖެ އަންނަ އިނގިރޭސިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މި ފަހަރުގެ ރިވިއުގައި ރާއްޖެ އެމްބާ ލިސްޓަށް ލާނެ ކަމަށް ގިނަ ބަޔަކު ތިބީ އުއްމީދުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތީޖާބަލާނީ
27 August 2021
ޖީނޯމް ސީކުއެންސިންގ ފޮނުވީމަ އެއިން ދައްކާ އެއްޗަކަށް ބަލާނެ ނޫންބާ؟ ބަލާއިރު މާ ރީތި ގޮތަކަށް މަންޒަރު ފެންނަން ނެތީހެން ހީވަނީ.
ކޮތަރު
27 August 2021
ރާއްޖެމިހާރު މަޝްހޫރުވެފައޮންނަނީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި. ގިނައިން ޕްރޮމޯޓްކުރަނީވެސް ކަރަންޓީން ޕެކޭޖްތަށް!! އެފަދަ ތާކަށް ޓޫރިސްޓުންނެއް ނާންނާނެ، އަންނާނީ ޓްރާސިޓްވާ ލޭބަރުން.
އަލީ!
27 August 2021
އިންޑިޔާމީހުންގެ ކަރަންޓީން ފެސިލިޓީއަކަށް ރާއްޖެހެދީމަވާނީ އެހެން. މުޅިމާލެ/ހުޅުމާލެ ފުރިފަ އިންޑިޔާމީހުން.
ޝަމީލު
27 August 2021
ދެން އެންބަސީގެ ބޭނުމެއް ނެތެއްނު! ހަމަ ބޭކާރު ހަރަދު ކުރަން ހުންނަ ތަނެއް.
ަނެކްސްޓް
27 August 2021
ޢެމީހުން ރެޑްލިސްޓާ ބްލެކް ލިސްޓް ހަދައިގެން އުޅެނީ ކަމެއް ވެގެންދޯ. މިރާއްޖޭގައި ނެތް އެއްވެސްލިސްޓެއް ހަމަ އެތެރެވާންނީ
ހަޑިގިއްލާ
27 August 2021
ޢެއްކަލަސޮރުގެ ކަމަކަށްވާނީ... އިބޫއަށް ކުރެވުނު ޖެއްސުމެއް ކުރާނެ
އެލިޒަބަތު
27 August 2021
މަ އޭރުވެސް ބުނިން ދޯ ނުދޭނަމޭ
ފޭކު
27 August 2021
އަންނި ގެ ދުއްޕާން ތީ. ހަމަ ޔަގީން.
ގުވާން
27 August 2021
އެމީހުންގެ އޭޖެންޓް ބުނާގޮތަށް ނޫންތަ އެހަދަނީ.
އަޗާތަޅާ
27 August 2021
ޜައްޔިތުންގެ މަޖިލިހުގެ ރައީސް ދެ މަގާމުގެ.މުސާރަފުޅު ހިއްޕަވައިގެން ތިޔަތާގަ އަޗާތަޅަނީތޯ.