ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

އިލެކްޝަންސް ކޮމިޝަނުން މައްސަލަ ނިންމީ މަހްލޫފާ އެއްކޮޅަށް

01 ސެޕްޓެމްބަރ 2021 - 22:03

6 comments

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ މައްސަލަ ބަލައި ދިނުމަށް އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަ މަހުލޫފާ އެއްކޮޅަށް ނިންމައިފި އެވެ.

މަހްލޫފް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އެ ކޮމިޝަނުން އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާ ނަމަ، އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ޕާޓީގެ އަސާސީ ގަވާއިދުގައި އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ފިޔަވައި، ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައެއް ނެތެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އާ ޝަރުތުތަކެއް ކަނޑައާޅަ ނަމަ، އެކަން ކުރެވޭނީ އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެ އެވެ.

އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން މީގެ ކުރިން ވަނީ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި ތުހުމަތުތަކުން ބަރީއަވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތާއި ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނަށް އެމްޑީޕީގެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

އިންތިހާބާ ގުޅޭގޮތުން އެމްޑީޕީގެ ނިންމުން އައިއިރު، އޭސީސީން ދިޔައީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަހުލޫފުގެ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލައިގައި ދައުވާކުރަން އޭގެ ފަހުން ފޮނުވާފައިވެ އެވެ. އެހެންވެ، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް އެމްޑީޕީން އެންގުމުން، އެކަން އަލުން ބަލައި ދިނުމަށް އޭނާ ވަނީ ޕާޓީގައި އެދިވަޑައިގެންފަ އެވެ.

މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާ އަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެ އިންތިހާބު ބާއްވަން ކައިރިވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އީސީ އަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭގޮތުން މަހުލޫފު ވިދާޅުވެފައި ވަނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމުމަކީ އެ ޕާޓީން ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި އިދިކޮޅު އަދި ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.

މަހުލޫފުގެެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެންގި އެވެ. އެކަމަކު، އެ މައްސަލަ އިސްތިއުނާފުކުރުމުން ކޮމިޓީން ވަނީ އިންތިހާބުގައި އޭނާ އަށް ވާދަކުރެވޭނެ ކަމަށް ނިންމައިފަ އެވެ.

6 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

02 September 2021

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ރަނގަޅު. އަދި ހަމަ އެގޮތަށް މާނަކުރުމުގައި އޮޅުން އަރުވާލައިގެން އުޅޭ ޤއ ގެ 72 ހ އާއި ށ ވެސް ތަފުސީލްކޮށް އިގޭގޮތަށް މިމާއްދާތަކަށްވެސް އިސްލާޙް ގެންނާން ހުށަހަޅުއްވާ. # ހައްދިހަ ދޭއް ހ ގައި ސާފުކޮށް އޮތީ "ކޮންމެ އިދާރީ ދާއިރާއަކުން" މެންބަރަކު ހޮވާން ވާނެކަމަށް. ޤއ ގައި ވާ އެހެން ހުރިހާ ކަންކަމަށް (މިސާލަކަށް ލާމަރުކަޒީ ނިޒާމުފަދަ) ރިޔާއަތް ކުރާއިރު އެބުނަނީ ދާއިރާގެ ރަށްވެއްސެއްގެ ވާހަކަން އެގި ހާމަވޭ.

ސިކުނޑިޒީރޯ1

02 September 2021

އީސީ އާއެކުގާ ސަރީފޫ އޭ ނެތީމަ ދެރަވެއްޖެ!

ސިކުނޑިޒީރޯ

02 September 2021

މަހުލޫފް އަޅާފަހުރި ޓައިން ދޭހަވާއެއްޗެއް ބުނެދެވިދާނެތޯއެވެ..

ބެހޭ

02 September 2021

ބެހޭ ކަންކަމާ ބެހެންދަސްކުރީމަ ސަޅިވާނެ.

ރ ސޯލިހް

01 September 2021

ވެލްކަމް ބެކް ޓުދަ ޓީމް......

ބަބްލޫ

01 September 2021

ބޯހަލާކު.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454