މާލެ - ޖުލައި 14، 2021- ރަށައް ދިއުމަށް އާއިލާއެއް ލޯންޗައް އަރަނީ .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
01 ސެޕްޓެމްބަރ 2021 - 22:15
އެޗްޕީއޭ އިން އަމަލުކުރަން ފެށި އާ މިންގަނޑުގެ ތެރެއިން، ވަކި އަދަދަކަށް މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 28 ރަށަކަށް ޕީސީއާރު ޓެސްޓް ހެދުމަކާ ނުލައި ދަތުރުކުރަން މިރޭ ހުއްދަދީފި އެވެ.
އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ނަމަ، މި މަހުން ފެށިގެން ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރަން ހުއްދަ ދޭން އެޗްޕީއޭ އިން ވަނީ ކުރިން ނިންމައިފަ އެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދަތުރުކުރަން ހުއްދަ ދިން ރަށްތަކުގައި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު، އެ ރަށްތަކުގައި ދިރިއުޅޭ 65 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެސް ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.
މި ރަށްތަކުގެ ތެރެއިން ގެސްޓް ހައުސް ހުންނަ ރަށްތަކުގައި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.
ކޮވިޑް ޓެސްޓާ ނުލައި މިހާރު 28 ރަށަކަށް ދެވޭނެhttps://t.co/CY7NVQ04Lj pic.twitter.com/RzYDMMN9nT
— Mihaaru (@Mihaarunews) September 2, 2021
ރާއްޖޭގައި މިހާރު 12 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް ވެކްސިން ދެމުން އަންނައިރު، މިހާތަނަށް 300،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ވެކްސިން ފުރިހަމަ ކޮށްފަ އެވެ.
ގިނަ ބަޔަކު ކޮވިޑް ވެކްސިން ޖަހަން ބާރު އެޅުވުމުގެ ގޮތުން ސަރުކާރުން ވަނީ ވެކްސިން ނުޖަހާ މީހުންނަށް ދަތިކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައި، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވަރަށް ބޮޑެތި ލުއިތައް ވެސް ދީފަ އެވެ.
ކޮވިޑް ކޭސްތައް މާލެ ސަރަހައްދުގައި މިހާރު މަދު ނަމަވެސް، ބައެއް ރަށްރަށުގައި ކޭސްތައް ވަނީ ވަރަށް މައްޗަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭ.ކޭ
02 September 2021
ހިރިމަރަދޫ މިހާރުވަނީ ލިސްޓުން އުނިކުރެވިފައި. އެރަށަކީ ވެކްސިން ފުރިހަމަނުވާ ރަށެއް
މމަޖުބޫރު
01 September 2021
ރާއްޖެތެރޭގެ އާބާދީ ބޮޑެތި ރަށްރަށުގެ ރައްޔިތުން ނޫޅޭ ކޮންމެހެން ވެކްސިން ނުޖެހިގެންނެއް. އެމީހުން ތިބޭނީ ގިނައިން ރަށުގައި. ވެކްސިން ނުޖެހިގެން ތެޅިގަތީ ރިސޯޓްގައި މަސައްކަތްކުރާ މަސައްކަތްތެރީން.
ރިސޯޓް ބޯއީސް
01 September 2021
ތިޔަ ވެކްސިންގެ 02 ޑޯޒް ޖަހައިގެން ތިބެތިބެ ރިސޯޓުން ފައިބާކަށް ހުއްދައެއް ނުދިން. އެކަމަކު ބޮޑު ބަންދަށް މާލޭ މީހުން ރަށްތަކަށް ދަތުރުކުރަން ބޭނުންވީމމައި ވަގުތުން އުސޫލު ބަދަލުވެއްޖެ. އެބަދަލުގެ ދަށުން ރިސޯޓް މުވައްޒަފުންނަށް ޝަރުތުތަކަކާ ލައިގެން ނަމަވެސް މަހުޖަނުންގެ ބިމުން ފައިކަނޑާލަން ފުރުސަތު ލިބުނު. ކުރިންވެސް އެކަން އެގޮތަށް ކުރެވެން އޮއްވައި ސަރުކާރުން ނުކޮށް ހިފެހެއްޓީ ރިސޯޓް މުވައްޒަފުންނަށް ޖެއްސުންކުރަން.
6643
02 September 2021
ރިސޯޓުގަކުގަ މަސައްކަތް ކުރާ ދިވެހިންނަކީ ހާދަ ކަންތައް ބޮޑުބަޔެކޭ. ޝުކުރުކުރުމެއް ނެއް. ތާއަބަދު ކުސްތަޅާލަ ތަޅާލަ. ބިދޭސީންނަށް ރިސޯޓުތަކުން ވަޒީފާ ދޭން ބޭނުންވަނީ ސަބަބުތަކެއް އޮވެގެންކަން މިހާރު އެންމެނަށްވެސް އިނގިއްޖެ.
ރިސޯޓް ބޯއީސް
02 September 2021
6643 އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ހިލާފަށް ރިސޯޓް މުވައްޒަފުން ތިބެނީގާތްގަނޑަކަށް އަހަރުދުވަހު އާއިލާއާއި ދުރުގައި.ކުރިން ކުރި ކޮމެންޓްގައި އެވަނީ ހަމަހަޤީޤަތް.ވެކްސިން ޖެހީމައި ސަރުކާރުން ލުއިދޭނެމޭ ބުނީމައި ގިނަ ރިސޯޓް މަސައްކަތްތެރީން ވެކްސިންޖެހީ. އެކަމަކު ލުއިނުދީ ގާތްގަނޑަކަށް 07ނުވަތަ 08 މަސް ހިފަހައްޓާލި. އޮފް ދުވަސް ނަގައިގެން އެމީހުން ތިބެންޖެހުނީ ރިސޯޓްގައި. މާލޭމީހުންޗުއްޓީއަށް ދާންވީމައި އުސޫލުބަދަލުކުރޭ