އިންޑިއާ ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ސެޕްޓެމްބަރ 2021 - 16:05
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައީ މިދިޔަ އޮގަސްޓް މަހު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ އިދާރާ އިން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 143،599 ޓޫރިސްޓުން ރާއްޖެ އައެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 4,631 ޓޫރިސްޓުންނެވެ.
މިއީ މި އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 41 ޕަސެންޓުގެ އިތުރުވުމެކެވެ. ޖުލައި މަހު ރާއްޖެ އައީ 101،818 ޓޫރިސްޓުންނެވެ.
މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން އެ މަހު 54،094 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އުޅެނީ ރަޝިއާ އެވެ. އެ ގައުމުން 17،069 ޓޫރިސްޓުން އައިސްފައި ވެ އެވެ. ލިސްޓުގެ ތިންވަނައިގައި އުޅޭ ޖަރުމަނުން މިދިޔަ މަހު އައީ 9،916 ޓޫރިސްޓުންނެވެ.
މި އަހަރުގެ މެދުތެރެއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށްވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން އައުން މަނާ ކުރުމުންނެވެ. ނަމަވެސް މިހާރު އެ ގައުމުތަކަށް ރާއްޖެ ވަނީ ހުޅުވާލައިފަ އެވެ.
މިދިޔަ މަހު އިންޑިއާ އިން އައި ގިނަ ޓޫރިސްޓުންނަކީ އެހެން ބައެއް ގައުމުތަކަށް ދިއުމަށް ކަރަންޓީނުގެ މުއްދަތު ރާއްޖޭގައި ހޭދަ ކުރަން އައި މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންބަރު
03 September 2021
މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރަން ރާއްޖެއައި ކަރަންޓީން ފަތުރުވެރިންތޯ؟؟
އައިނު
05 September 2021
ކިހިނެއްވީ؟ ޔޫރަޕުން އައީމަތަ ފަތުރުވެރިންނަށްވަނީ؟
ހސވސ
03 September 2021
143599... 31 ދުވަހަށް ވަނީ 4631. 30 ދުވަހަށް ވަނީ 4786 . އެވަރެޖު ބަލނީ 30 އިން ނޫންތޯ؟