ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އާ ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
05 ސެޕްޓެމްބަރ 2021 - 12:26
މިދިޔަ ހުކުރު ދުވަހު ވިއްކި 200 މިލިއަން ޑޮލަރުގެ ސުކޫކާއެކު، މި އަހަރުގެ މިހާތަނަށް ސަރުކާރުން ވިއްކި ސުކޫކުގެ އަދަދު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރައިފި އެވެ.
މި އަހަރުގެ މާޗު މަހު 200 މިލިއަން ޑޮލަރު އަދި އޭޕްރިލް މަހު 100 މިލިއަން ޑޮލަރުގެ ސުކޫކެއް ސަރުކާރުން ވިއްކާފައިވާއިރު، މި ސުކޫކު އަނބުރާ ދައްކަން ޖެހޭނީ 2026 ގަ އެވެ.
ސުކޫކުގެ މުއާމަލާތު ކުރިއަށް ގެންދަނީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލް އާއި ކްރެޑިޓް ސުއިޒް އަދި އެޗްއެސްބީސީ އާއި ޖޭޕީ މޯގަން އަދި ސްޓެންޑަޑް ޗާޓަޑް ބެންކް މެދުވެރިކޮށެވެ.
މި މަހު ސުކޫކު ވިއްކީ 10.5 ޕަސެންޓު އީލްޑް ރޭޓުންނެވެ. މި ސުކޫކު ވިއްކައިގެން ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތެއް އަދި ސަރުކާރުން ހާމަ ކޮށްފައި ނުވެ އެވެ.
މިދިޔަ މާޗު އަދި އޭޕްރިލް މަހު ސުކޫކު ވިއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. އެ ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޭދަކުރީ ދައުލަތުގެ ދަރަނި ދެއްކުމަށެވެ.
ސަރުކާރުން ސުކޫކް އިޝޫ ކުރުމުގައި މޯގޭޖް ކުރުން ފަދަ ގޮތަކަށް ޕްރޮޕަޓީ ބޭނުންކުރި ނަމަވެސް މިއީ ކޮންވެންޝަނަލް އުސޫލުތަކުގައި އޮންނަ ގޮތަށް ކުރާ ކަމެއް ނޫނެވެ. ސުކޫކް އިޝޫ ކުރާއިރު، ދެ ފަރާތުގެ ހިއްސާ އޮންނަ ގޮތަށް އެސްޕީވީ [ކުންފުންޏެއް] އުފައްދައި އެ އެސްޕީވީގެ ނަމުގައި، ސްކޫކް ސެކިއަ ކުރެވޭ ވަރުގެ ޕްރޮޕަޓީ ހުންނަން ޖެހެ އެވެ. ކުންފުނީގެ ވިޔަފާރި ފަށާނީ ސްކޫކް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ހޯދުމަށެވެ. އާންމު މޯގޭޖް އުސޫލުގައި އޮންނަ ގޮތަށް، ދަރަނި ނުދެއްކުމުން މޯޖޭގް ވިއްކައެއް ނުލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
05 September 2021
މިއަހަރު 500 މިލިއަން ޑޮލަރު،،،، 7.7 ބިލިއަން ޑޮަލރުގެ ލޯން ނަގައިފި އެވެ. އެފައިސާ ދައްކަން ޖެހޭނީ މިވެރިކަން ނިމި އެހެން ވެރި ކަމެއްގަ އެވެ. ގެއްލުން ރައްޔިތުންނަށެވެ. ލޯން ނެގި މީހުންނަށް ފައިދާ އެވެ.
އަންކޮން
05 September 2021
ކޮންވެންޝަނަލް އުސޫލު މީހުންނަށް އޮޅުވާލަން އާ ގޮތްގޮތް ނެރުނަސް ތި ވާނީ އެކައްޗަކަށް. ވިޔަފާރިވެރިންގެ ވިޔަފާރި ހުންނާނީ ޒަމާނަށް އަންނަ ބަދަލާ އެއްގޮތަށް މީހުންގެ ބޯކާލައިގެން ފައިދާ ހޯދަން އަމާޒު ހިފާފަ. ސުކޫކާ ބެހޭ ގޮތުން މީހުން އެހާ ހޭލުންތެރިނުވީމަ މިހެންނޭ އެހެންނޭ ކިއިދާނެ. އެންމެ ފަހުން ތިއީ ހަމަ ދެރުވުމަކަށްނުވާނަމަ އެކަނި ތި ވާނީ ތަފާތު އެއްޗަކަށް.
ކޭޝްފްލޯ
05 September 2021
ތިޔަ ސްކޫކަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްނުކުރެވިގެން ފައިސާ ހޯދަންވިއްކާއެއްޗެއް. ދައުލަތަށް ލިބޭ ފައިސާއާއި ނުބައްދަލު ޕޭރޯލްއެއް އޮންނަ ގައުމެއްގައި އުފެއްދުންތެރިކަން ކުރިއަރާނެ ގޮތެއް ނޯންނާނެ. އަބަދުވެސް ޖެހޭނީ ދަރަންޏަށް ފައިސާ ނަގަނަގާ ތިބެން. ތިކަމުން ސަލާމަތްވާނީ، ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރެވިގެން ކޮންމެ ގޮތަކުންވިޔަސް. ދައުލަތުން މުސާރަދޭ ބޭކާރު ކުންފުނިތަކާއި ކޮމިޝަންތައް އުވާލެވިގެން. ވޯޓަށް ވަޒީފާ ދިނުން ހުއްޓިގެން
ޢަރުޒަބީލް
05 September 2021
100 ގެ ވާހަކައެއް ކުރުކޮށް މިއޮތީ ބުނެފަ ، ނޫނެކޭ ބުނަންކެރޭ ސަރުކާރެއް މިރާއްޖޭގައި ގާއިމްވެގެން ދަރަނިން ސަލާމަތްވެވޭނީ ، ހީލޭ ރައްޔިތުންނަށް ކަންކަން ކޮށްދޭން ވައުދުވެގެން އަންނަ ސަރުކާރުތައް ފެއިލްވާނެ ، އެވަރުގެ އިގްތިސާދެއްނޫން މިރައްޖެއަކީ
އަދުމަދު
05 September 2021
މީ ދިވެހިރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ނާގާބިލު ފައިނޭންސް މިނިސްޓަރ. މިކަލޭގެދިވެހިންގެ މުސްތަގުބަލް ފަނޑުކޮށް އެންމެން ދަރުވައިލައިފި.
ކަޓަމަރާނީ
05 September 2021
އެމިނިސްޓަރ މުއްސަދިވެއްޖެއެއްނު. ބޮޑެތި އޮޑިދޯނިފަހަރު މިހާރު ކުއްލިއަކަށް ހޯދިވާހަކަ އެބައަޑުއަހަން. މިމީހުންނަކީ ދަރަނި ނަގައިގެން މުސާރަދީފައި ޓެކްސްފައިސާއިން މުއްސަނދިވެގެން ރައްކާވާނެބައެއް،
ޝޯމޭން
05 September 2021
ދިވެހިރާއްޖެއަކީ ދުރުރާސްތާ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލެވިފައިވާ ގައުމެއް ނޫން. ކޮންމެ ދިމާލަކުން އިންތިހާބުވެގެން މި އަންނަ ބަޔަކު މިތިބެނީ 5 އަހަރު ނޫނީ 3 އަހަރު. އެމުއްދަތުގެ ވައުދު ފުއްދަން ކޮންމެބަޔަކު އަންނައިރު އެމުއްދަތު ފަހަނައަޅާ ގޮއްސަ އޮންނަ ތާރީހެއްގަ ތިބޭބައެއްގެ ބޮލުގަ މިހާރު މިތިބަ މީހުންގެ ދަރަނި އެޅޭގޮތައް އޮންނަ އޮތުން، މި ކޮންކަހަލަ ލޮޖިކެއްތަ؟ މަށަށް ހަމަ އުޅެއުޅެ ނުވިސްނުނު. ކޮންމެސް މީހަކު މިޔަށް ޖަވާބެއްދީބަލަ.
ރަދިފު ބިން ރަފައިދާ
05 September 2021
ސުކޫކެކޭ ހުސްނޫއެކޭ ކިޔާނެކަމެއްނެތް. މޮޅެތި ބަސްބަސް ކިޔާބަހައްޓާފާ ތިޔަދަރުވާލަނީ އަނބިމީހާގެ ފިރިމީހާގެ ކާފަދަރިންގެ ކާފަދަރިން.